ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނަށް މަޖިލީހުން ޖަވާބުދާރީ ވެވޭނީ އިދިކޮޅު މެމްބަރުންގެ ލީޑަރަކީ ކޮން ބޭފުޅެއްކަން ސާވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
03 ފެބުރުއަރީ 2020
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއްވެވި ރިޔާސީ ބަޔާނަށް މަޖިލީހުން ޖަވާބުދާރީ ވެވޭނީ އިދިކޮޅު މެމްބަރުންގެ ލީޑަރަކީ ކޮން ބޭފުޅެއްކަން ސާވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވިި ޖަލްސާގައި، ރައީސް ރިޔާސީ ބަޔާން އިއްވަވައި ނިންމެވުމުން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބުދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެމްބަރުން ގިނަ ޕާޓީން ކަމަށެވެ. އެގޮތުން ޖަވާބު ދެއްވާނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ފަހު އޮންނަ ޖަލްސާއެއްގައި ކަަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަފުޅުގައި ރައްދު ދެއްވީ، ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި އިރު، ކުރީގެ ރައީސް އަބަދުﷲ ޔާމީން ދޫކޮށްލަން ގޮވާލާ ބޯޑުތަކެއް ހިއްޕަައިގެން އިދިކޮޅު ބައެއް މެމްބަރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި ތިއްބެވި ތިއްބެވުމަށެވެ.
އެކަން ނަޝީދު ސިފަކުރެއްވީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން އިދިކޮޅު މެމްބަރުން ކުރެއްވި ކަމެއްގެ ގޮތުގަ އެވެ..
"އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ދެންމެ ތިޔަ އިއްވައިވައި ދެއްވި ރިޔާސީ ބަޔާނަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ޖަވާބެއް އެރުވުމުގެ މަަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރަނީ ސާދަ ދުވަހުގެ ތެރޭގައި އެކަން ކުރަން. ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަމުން ގެންދާ އިރުގައި، އެ ހިނދުގައި، ކުރިފުޅުމަތީގައި އެކަން ކުރުމެއް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަޔާނެއް ނުކުރޭ،" ނަޝީދު ވިދާޅުވި އެވެ.
ބޯޑުތަކުގައި ލިއެފައި ހުރި ލިއުންތަކަށް އަމާޒުކުރައްވާ އެމަނިކުފާނު ވިދާޅުވީ ވާދަވެރި ފަރާތްތަކުން، ރިޔާސީ ބަޔާނުގެ ޖަވާބެއްގެ ގޮތުގައި ދެތިން ކަމެއް ވިދާޅުވި ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މަސައްކަތް ކުރަނީ ވަރަށް ފުރިހަމައަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމުން، އެކަން ނަޝީދު ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވައިފަ އެވެ.
"ރައީސުލް ޖުމްހޫރިއްުޔާ އެބަ ފާހަގަކުރައްވާ މި މަޖިލިސް މަސައްކަތްކުރާލެއް ވަރަށް ފުރިހަމަ ކަމަށް. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތައް ހިމެނޭ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ އެ ފާހަގަކުރައްވަނީ،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
މަޖިލީހުގައި އެމްޑީޕީ ފިޔަވާ އެެހެން ޕާޓީތަކުގެ މެމްބަރުން ތިބި އަދަދުތައް ތަފްސީލުކޮށް ވިދާޅުވުމަށް ފަހު އެމަނިކުފާނު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ގަވައިދުގައި އޮންނަނީ ދިކޮޅު ލީޑަރަށް ކަމަށާއި އެހެންވީމާ އެ ލީޑަރަކީ ކޮން ބޭފުޅެއްކަން އޮޅުންފިލުވަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީތަކުގެ ތެރެއިން މެމްބަރުން އެންމެ ގިނައީ، ހަ މެމްބަރުންނާ އެކު، ޕީޕީއެމް އެވެ. އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. އޭނާއަކީ ޕީޕީއެމް-ޕީއެންސީގެ ވެސް ޕާލިމެންޓަރީ ލީޑަރެވެ.
ދެއްކީ ތިން ބާރު ވަކިން ހިންގުމުގެ މިސާލެއް: ރައީސް
މި އުޅެނީ ލައިގެން ކާނެ އެއްޗެއް ހޯދާކަށް ނޫން:ނަޝީދު
ރިޔާސީ ބަޔާނުގައި ވަނީ ދޮގާއި އޮޅުވައިލުން: އިބޫ
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
ބައިބައިވުންތަކުގެ ތެރޭގައި މަޖިލިސް މަޑުޖެހުމުގެ ބިރު!
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި
ސަރުކާރުގެ ވައްކަމުން އެމްޑީޕީއަކަށް ނުރެކެވޭނެ: ސައީދު