02 ފެބުރުއަރީ 2020
އިންޑިއާއިން ދޭ 46 މިލިއަން ރުފިޔާގެ އެހީގައި ހަ މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އިންޑިއާއިން ދޭ 46 މިލިއަން ރުފިޔާގެ އެހީގައި ހަ މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރެވެ.
މި އެހީ ދެނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ސްކީމުގެ ދަށުންނެވެ. އެހީގައި އައްޑޫގެ ފަސް ސަރަހައްދެއްގައި އީކޯ ޓޫރިޒަމް ތަރައްގީކުރުމާއި ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ހެދުން ހިމެނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޝާހިދު ވިދާޅުވީ އައްޑޫގެ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައި ތަރައްގީކުރާ ޓޫރިޒަމް ޒޯނުތަކަކީ، ޓޫރިޒަމް ކުރިއެރުވުމަށް ވަރަށް މުހިއްމު ތަންތަނަށް ވާނެ ކަމަށެވެ.
އެ ސިޓީގައި ހިންގާ މަޝްރޫއުގެ އަގު 38 މިލިއަން ރުފިޔާއަށް އަރަ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ހޯރަފުށީގައި ގާއިމްކުރާ ޕެން ޕްލާންޓުން އާއްމުންނަށް ސާފު ފެން ލިބޭނެ އެވެ. އެ މަޝްރޫއުގެ އަގަކީ އަށް މިލިއަން ރުފިޔާ އެވެ.
އިންޑިއާގެ އެހީގައި 46 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތަށްފަހު، އައްޑޫގެ މޭޔަރު ސޯބެ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަފީރު ސުދިރު ވިދާޅުވީ މި ހަ މަޝްރޫއުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ ކަމަށެވެ. މި މަޝްރޫއުތަކުގެ ފައިދާ ސީދާ ރައްޔިތުންނަށް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއިން ހަމައެކަނި ބޮޑެތި މަޝްރޫއުތަކަށް ސަމާލުކަން ދިނުމުގެ ބެލުމުގައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް އަންނާނެ ކަންކަމަށް ވެސް ހޭދަކުރާނެ އެވެ. އިޖުތިމާއީ ދާއިރާއިން މިހާރު ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް ފެށުމުގެ ބާރު މިހާރު އޮންނާނީ ކައުންސިލްތަކުގެ އަތްމަތީގަ އެވެ.
އެ ރަސްމިއްޔާތަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ގޭދޮރު އެޅުމާއި މަސް ފެކްޓްރީގެ ތިން މަޝްރޫއެއް އިންޑިއާގެ އެހީގައި މިހާރު ވެސް އެ ސިޓީގައި ހިންގަމުން އަންނަ ކަމަށެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާނީ ޓޫރިޒަމަށް އިއުލާނުކޮށްފައިވާ ފަސް ސަރަހައްދުގެ މަގުތަކާއި ބީޗު ރީތިކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެތަންތަނުން ދޫކޮށްފައިވާ 63 ބިމުގައި ސިޓީ ހޮޓަލާއި ގެސްޓްހައުސް އަޅަން ވާއިރަށް، އެ ސަރަހައްދުތަކުގެ މަގުތަކާއި ބީޗުތައް ރީތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
9 މަޝްރޫއަކަށް އިންޑިއާއިން 85 މިލިއަން ރުފިޔާ ދީފި
އިންޑިއާގެ އެހީގައި ހިންގާ އިތުރު މަޝްރޫއުތަކެއް
އިންޑިއާގެ ފޮރިން މިނިސްޓަރު އައްޑު އަށް
ރާއްޖެއަށް ދޭ އިންޑިއާގެ ހިލޭއެހީގެ އަދަދު އިތުރުކޮށްފި
"އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމުނުވާތީ"
އިންޑިއާގެ އެހީގައި ކޮޅުފުށީގައި މަގު ބައްތި ހަރުކޮށްފި
ޖަމީލް/އުމަރު އެއްބަސްނުވާ އާ ކަމެއް ނުކުރޭ: ޝާހިދު
ޕޮލިސް އެކަޑެމީއާ މެދު އުމަރުގެ ހޫނު ރައްދެއް ޝާހިދަށް
ޕޮލިސްއެކަޑެމީ އަޅާތީ ޝާހިދުގެ ޝުކުރު ޖަމީލާއި އުމަރަށް
ހުޅުމާލެ ސެންޓްރަލް ޕާކާއި ޖެޓީ ތަރައްގީކުރަން ފަށައިފި