29 ޖެނުއަރީ 2020
އަލްޓިމެޓް ލަގްޒަރީ ޓްރެވަލް ރިލޭޓެޑް އެވޯޑްސް (އަލްޓްރާ) އިން ދޭ އިންޑިއާ ކަނޑުގެ "ބެސްޓް ހޮޓެލް" އެވޯޑު ރާއްޖޭގެ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށް ލިބިއްޖެ އެވެ.
އަލްޓިމެޓް ލަގްޒަރީ ޓްރެވަލް ރިލޭޓެޑް އެވޯޑްސް (އަލްޓްރާ) އިން ދޭ އިންޑިއާ ކަނޑުގެ "ބެސްޓް ހޮޓެލް" އެވޯޑު ރާއްޖޭގެ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށް ލިބިއްޖެ އެވެ.
މި އެވޯޑު ރީތިރަށަށް ލިބުނީ ދުބާއީގެ އެމަރެލްޑް ޕެލެސްގައި ބޭއްވި ހަފުލާއެއްގަ އެވެ. މިއީ އިނގިރޭސި ވިލާތުގެ "ޓެލެގްރާފް" އާއި "އަލްޓްރާ ޓްރެވަލް" ގެ ކިޔުންތެރިންގެ ވޯޓުން ހޮވާ އެވޯޑެކެވެ. އެގޮތުން، ކިޔުންތެރިން ވޯޓު ދޭނީ އެބަޔަކަށް އެންމެ ކަމުދާ އެއާލައިނާއި ޓުއާ އޮޕްރޭޓަރުން އަދި ހޮޓެލްތަކާއި މަންޒިލްތަކަށެވެ.
އަލްޓްރާ އިން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށް ދިން އެވޯޑު-- ފޮޓޯ: ވަން އެންޑް އޮންލީ ރީތިރަށް
މި އެވޯޑު ރީތިރަށް ރިސޯޓުން ކާމިޔާބުކުރީ ރާއްޖެ އާއި އިންޑިއާ ކަނޑުގައި ފާހަގަކޮށްލެވޭ ރިސޯޓުތަކާ ވާދަކޮށްގެންނެވެ. މި ރިސޯޓުތަކުގެ ތެރޭގައި އަނަންތަރާ ކިހަވަހަށް މޯލްޑިވްސް ވިލާސް އާއި ނިޔާމަ ޕްރައިވެޓް އައިލެންޑާއި ވޮއްމުލި އަދި ސީޝެލްސްގެ ނޯތު އައިލެންޑްސް ހިމެނެ އެވެ. އަލްޓްރާގެ އޭޝިއާ އަދި އެފްރިކާގެ "ބެސްޓް ހޮޓެލް" ގެ އެވޯޑު ވެސް 2017 ވަނަ އަހަރު ރީތިރަށް ރިސޯޓުން ވަނީ ކާމިޔާބު ކޮށްފަ އެވެ.
މާލެ އަތޮޅުގައި ތަރައްގީ ކޮށްފައިވާ މި ރިސޯޓަކީ މަޝްހޫރު ތަރިންނަށް ވެސް ކަމުދާ ރިސޯޓެކެވެ. އެކި ދާއިރާތަކުން އެންމެ މަޝްހޫރު ސެލެބްރިޓީން މި ރިސޯޓުގައި ޗުއްޓި ހޭދަ ކޮށްފައިވެ އެވެ.
ރީތިރަށުގައި 130 ވިލާ ހުރެ އެވެ. އަދި މޫދު ކުޅިވަރާއި އެކި ގައުމުތަކުގެ ކުޒީންގެ އިތުރުން ސްޕާ އަދި ޔޯގާ އާއި ޖިމް ގެ ހިދުމަތް ވެސް މި ރިސޯޓުން ލިބެ އެވެ.
ފޯބްސް ޓްރެވަލް ލިސްޓުގެ ކުރީގައި ރާއްޖޭގެ ހަ ރިސޯޓެއް
"ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ރާއްޖެ އަށް
ފޯބްސްގެ ފަސް ތަރީގެ އެވޯޑު ރާއްޖޭގެ ހަ ރިސޯޓަކަށް
ޖޯލި ރިސޯޓުން 77 މިލިއަނަށް ވިލާ ވިއްކަނީ
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ
ޑޮލަރު މާރުކުރުމަށް އެއްވެސް ލުޔެއް ނުދެން: ގަވަރުނަރު
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
ޑޮލަރުގެ ގަވާއިދަށް 173 ރިސޯޓުން ރަޖިސްޓްރީވެއްޖެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި