Roadha Mihaaru
ނިލަންދޫ އާއި ދަ ގްރާންޑޭ އެއްވަރު

ނިލަންދޫ އާއި ދަ ގްރާންޑޭ އެއްވަރު

03 ޖެނުއަރީ 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ އާއި ފ. ނިލަންދޫ ސްޕޯޓްސް ކްލަބް 1-1 އިން އެއްވަރުވެއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ އާއި ފ. ނިލަންދޫ ސްޕޯޓްސް ކްލަބް 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ދަ ގްރާންޑޭ އޮތީ 21 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ނިލަންދޫ އޮތީ 14 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 38 ޕޮއިންޓާ އެކު މާޒިޔާ އެވެ.

މިއަދުގެ މެޗުގެ ހަތް ވަނަ މިނެޓުގައި ނިލަންދޫން ވަނީ ޓޮޝިކީ އޮކަމޮޓޯގެ ލަނޑުން ލީޑު ނަގައިފަ އެވެ. ދަ ގްރާންޑޭ އަށް އެއްވަރުކޮށްދިނީ އަޔާޒް އަހުމަދެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މި ލިބުނީ ވަރަށް ރަނގަޅު އެއް ޕޮއިންޓް ކަމަށާއި ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދޭ ކަމަށެވެ. އޭނާ ބުނީ ޕްރެކްޓިސް ވެސް ކުރިއަށްދަނީ ވަރަށް ދަށްކޮށް ކަމަށާއި މިއަދުގެ މެޗު ކުޅުނުއިރު ބެންޗުގައި ތިބީ އިތުރަށް އެންމެ ދެ ކުޅުންތެރިން ކަމަށެވެ. އެހެންވެ މި ހާލަތުގައި ދަ ގްރާންޑޭ ފަދަ ޓީމެއްގެ އަތުން ޕޮއިންޓެއް ލިބުން ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ކުޅުމާ މެދު ޝަކުވާއެއް ނެތް ކަމަށެވެ. އެކަމަކު ކުރީ މެޗުގައި ދިމާވި ކަންތައް މިއަދު ވެސް ތަކުރާރުވީ ކަމަށާއި އެގޮތުން ނިންމާލުންތަކުގައި އެ ޓީމުގެ ކުޅުންތެރިން ސަމާލުވާން ޖެހޭ ކަމަށް އޭނާ ބުންޏެވެ.