Roadha Mihaaru
ޓެސްލާގެ ކާރުތަކަށް ޑިޒްނީ+ ވެސް އަންނަނީ

ޓެސްލާގެ ކާރުތަކަށް ޑިޒްނީ+ ވެސް އަންނަނީ

01 ޖެނުއަރީ 2020

ޓެސްލާގެ މި ފަހުގެ މޮޑެލްތަކަކީ ކާރު ތެރޭގައި ތިބެގެން ސްޓްރީމިން ސާވިސްގެ ހިދުމަތް ވެސް ލިބޭ އުފެއްދުންތަކެކެވެ. އެގޮތުން ނެޓްފްލިކްސް އާއި ޔޫޓިއުބް ވެސް ޓެސްލާގެ ފަހުގެ މޮޑެލްތަކުގައި ޓެސްލާގެ ތިއޭޓާ ސޮފްޓްވެއާގެ އެހީގައި ލިބެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓެސްލާގެ މި ފަހުގެ މޮޑެލްތަކަކީ ކާރު ތެރޭގައި ތިބެގެން ސްޓްރީމިން ސާވިސްގެ ހިދުމަތް ވެސް ލިބޭ އުފެއްދުންތަކެކެވެ. އެގޮތުން ނެޓްފްލިކްސް އާއި ޔޫޓިއުބް ވެސް ޓެސްލާގެ ފަހުގެ މޮޑެލްތަކުގައި ޓެސްލާގެ ތިއޭޓާ ސޮފްޓްވެއާގެ އެހީގައި ލިބެ އެވެ.

އެކަމަކު، ސްޓްރީމިންގެ ހިދުމަތް ބޭނުން ކުރެވޭނީ ކާރު ޕާކް ކޮށްފައި އޮންނަ ވަގުތު ތަކުގަ އެވެ. ދުއްވަމުން މި ހިދުމަތެއް ބޭނުމެއް ނުކުރޭނެ އެވެ.

އާ އަހަރާ އެކު އީލޮން މަސްކްގެ ޓެސްލާ އިން ދޭ އުފާވެރި ޚަބަރަކީ ޑިޒްނީ+ ވެސް ޓެސްލާގެ ތިއޭޓަ ސޮފްޓްވެއާ ގެންނަ ވާހަކަ އެވެ. ނަމަވެސް، އެއީ ކިހާ ހިސާބެއްގައި ކަމެއް ނުބުނެ އެވެ. އެކަމަކު، އީލޮންއާ ހަވާލާދީ ޓެކް ކްރަންޗުން ބުނަނީ މާ ލަހެއް ނުވާނެ ކަމަށެވެ.

ޑިޒްނީ+ އަކީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯ ޑިޒްނީން ތައާރަފުކޮށް، ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްލެޓްފޯމެކެވެ.

ޑިޒްނީ+ އިން އެ ކުންފުނީގެ 97 އަހަރުވީ ތާރީހުގައި ހިމެނޭ މުއްސަނދި ކޮންޓެންޓް ބަލައި ލެވޭނެ އެވެ.

މީގެ ތެރޭގައި ސީދާ އެ ސްޓޫޑިއޯގެ ފިލްމުތަކާއި މާލެވެލް ސްޓޫޑިއޯސް އާއި "ސްޓާ ވޯސް" ގެނެސްދޭ ލޫކަސް ފިލްމްސްގެ އުފެއްދުންތަކާއި ޕިކްޒާ، ޓްވެންޓިއެތު ސެންޗަރީ ފޮކްސް އަދި ނެޝަނަލް ޖޯގްރިފިކްގެ ކޮންޓެންޓްގެ އިތުރުން ސީދާ "ޑިޒްނީ+" އަށް ހާއްސަ ކޮށްގެން ގެނެސްދޭ އޮރިޖިނަލް އެތައް ކޮންޓެންޓެއް ހިމެނެ އެވެ.