Roadha Mihaaru
އިސް ފަނޑިޔާރު ޝުޖާއުއަށް މަރުގެ އިންޒާރު ދީފި

އިސް ފަނޑިޔާރު ޝުޖާއުއަށް ހަމަލާދޭން މަސައްކަތްކޮށް، މަރުގެ އިންޒާރު ދީފި

20 ޑިސެމްބަރ 2019

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މިއަދު މީހަކު ހަމަލާދޭން މަސައްކަތްކޮށް، މަރުގެ އިންޒާރު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މިއަދު މީހަކު ހަމަލާދޭން މަސައްކަތްކޮށް، މަރުގެ އިންޒާރު ދީފި އެވެ.

އިސް ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދިނީ އޭނާ ކ. މާފުށީގައި ހުންނަވަނިކޮށެވެ. އިތުރު މީހަކާ އެކު މާފުށީގެ ތަނެއްގައި އޭނާ ހުންނަވަނިކޮށް މީހަކު ގޮސް މަރުގެ އިންޒާރު ދިނީ އޭނާއަށް ހަމަލާދޭން މަސައްކަތް ކުރުމަށް ފަހު ކަމަށް ވެސް ވެއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ފުލުހުންނަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކުރިކަމެއް ސާފެއް ނުވެ އެވެ.

އިސް ފަނޑިޔާރު ޝުޖާއުއަށް މީހަކު މަރުގެ އިންޒާރު ދިންއިރު، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ގޭގެ ދޮރަށް ބަޔަކު ކޯރާޑިއަކުން ގެއްލުންދިން މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ. އެ މައްސަލަ ވެސް އޭރު ފުލުހުން ބަލަން ފެށި އެވެ.