Roadha Mihaaru
"އެލީ ސާބް" ސެންޓް ލެކިއުޓުން ތައާރަފުކޮށްފި

"އެލީ ސާބް" ސެންޓް ލެކިއުޓުން ތައާރަފުކޮށްފި

17 ޑިސެމްބަރ 2019

ލެބަނަން އަށް ނިސްބަތްވާ ފެޝަން ޑިޒައިނަރު އެލީ ސާބްގެ ސެންޓު ލެކިއުޓުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ލެބަނަން އަށް ނިސްބަތްވާ ފެޝަން ޑިޒައިނަރު އެލީ ސާބްގެ ސެންޓު ލެކިއުޓުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

ލެކިއުޓުން މި ބްރޭންޑުގެ ނުވަ ސެންޓެއް ތައާރަފު ކޮށްފައިވާއިރު މިއީ މި ބްރޭންޑުގެ ސެންޓު ވިއްކުމަށް ރާއްޖޭގެ ކުންފުންޏަކަށް ލައިސަންސް ލިބުނު ފުރަތަމަ ފަހަރެވެ. އެލީ ސާބް ސެންޓު މިހާރު ލެކިއުޓްގެ ފިހާރަތަކުންނާއި އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

އެލީ ސާބް: އޭނާ އަކީ ދުނިޔޭގެ މަގުބޫލު ފެޝަން ޑިޒައިނަރެއް--

އެލީ ސާބް: އޭނާ އަކީ ދުނިޔޭގެ މަގުބޫލު ފެޝަން ޑިޒައިނަރެއް--

"އެލީ ސާބް" ބްރޭންޑުގެ ސެންޓަކީ ދުނިޔޭގެ އެންމެ މަގުބޫލު ސެންޓުތަކުގެ ތެރެއިން ޖާގަ ހޯދާފައިވާ ސެންޓެކެވެ. ދެހާސް އެގާރަ ވަނަ އަހަރު ދުނިޔޭގެ ބާޒާރަށް ނެރުނު މި ސެންޓަށް "ފްރެގްރެންސް ފައުންޑޭޝަންގެ" ފަރާތުން ވަނީ އެ އަހަރުގެ އެންމެ ކާމިޔާބު ސެންޓުގެ އެވޯޑު ލިބިފަ އެވެ. މި އެވޯޑަކީ އެމެރިކާ އާއި ޔޫކޭ އަދި ފްރާންސުގެ މާކެޓުގައި އެ ސެންޓު ހޯދި ކާމިޔާބީގެ ސަބަބުން އޭނާ އަށް ލިބުނު އެވޯޑެކެވެ.

އަލީ ސާބްގެ ސެންޓުގެ އިތުރުން އޭނާގެ ހެދުންތަކަކީ ވެސް ގިނަ ބަޔަކަށް ކަމުދާ ހެދުންތަކެކެވެ. ފެޝަން ދާއިރާ ކުރިއަރާފައިވާ ގައުމުތަކުގައި އޭނާގެ 160 ބުޓީކް ހުރެ އެވެ. އޭނާ އަކީ ފްރާންސްގެ އާއި އިޓަލީގެ ފެޝަން ފެޑަރޭޝަނުން ޖާގަ ލިބުނު ހަމައެކަނި އަރަބި ޑިޒައިނާ އެވެ.