Roadha Mihaaru
ގާސިމްގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ

ގާސިމްގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ

07 ޑިސެމްބަރ 2019

ޓެކްސީ ޑުރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޓެކްސީ ޑުރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި މަރާލާފައި އޮއްވައި ފެނުނު ގާސިމް، 59، ގެ މަރާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް މި ވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ގާސިމް މަރާ ގުޅޭ ގޮތުން އެއްވެސް ތަފްސީލެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ. އޭނާގެ އެކުވެރި ބައެއް ޑްރައިވަރުން ގަބޫލު ކުރާގޮތުގައި ގާސިމް މަރާލާފައިވަނީ ފޭރުމަށް ފަހުގަ އެވެ.

Gasim ah evaru kollan jehey sababeh neiy: Rahumaiytherin

Gasim ah evaru kollan jehey sababeh neiy: Rahumaiytherin

The most trusted news source in the Maldives

Mihaaru

ގާސިމް މަރާ ގުޅޭގޮތުން ޑްރަވައިވަރުންގެ ބަސް

ހުޅުމާލޭ ސެންޓްރަލް ޕާކުގެ އުތުރުން އޮންނަ ރީތިގަސް މަގާ ގުޅިފައިވާ ހަނި، އަނދިރި ގޯޅިއެއްގައި، ޒަހަމްތަކަކާ އެކު ގާސިމް އޮތްއިރު ކައިރީގައި އޮތީ ލޭގެ ކޯރެއް ހެދިފަ އެވެ. އެ ހިސާބުގައި އޮތް އޭނާގެ ކާރުގައި ވެސް ލޭ ހުރި ކަމަށް އޭނާގެ އެކުވެރިން ބުންޏެވެ.

ބެލެވޭ ގޮތުގައި ގާސިމަށް ހަމަލާދިނީ ދަތުރެއްގައި އެރި ބައެކެވެ.