03 ޑިސެމްބަރ 2019
އަފްޣާނިސްތާނުގައި ދިވެއްސެއްގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.
އަފްޣާނިސްތާނުގައި ދިވެއްސެއްގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހ. މޫންލައިޓްވެލީ، އަލީ ޝާފިއުގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އަފްޣާނިސްތާނުގައި އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭނާ އާއި އޭނާގެ އަންހެނުންނާއި ދަރިންނާ އެކު އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސުން ހައްޔަރު ކުރުމަށް ފަހު ކަމަށެވެ.
އެ ބަޔާނުގައި ވަނީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އަދި ޕާކިސްތާނުން ޝާފިއު އަފްޣާނިސްތާނަށް ދަތުރުކުރީ އެ ގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގޮތްޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޚޮރަސާން ޕްރޮޮވިންސާ ގުޅުމަށް ކަމަށާއި އަދި އައިއެސްއާ ގުޅުންހުރި ވީޑިއޯއެއް އޭނާގެ އަތުން ފެނުނު ކަމަށް ވެސް އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބުމުން އަފްޣާނިސްތާނުގެ ފުލުހުންނާ ގުޅިގެން ދިވެހި ފުލުހުން ޚާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށާއި އޭނާ އެ ގައުމަށް ފޮނުވުމުގައި ހަރަކާތްތެރިވި އިސް މީހުންގެ މައުލޫމާތު ވެސް އަފްޣާނިސްތާނުގެ ފުލުހުންނާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ޝާފިއުގެ މައްޗަށް އަފްޣާނިސްތާނުގެ ފުލުހުން ތަހުގީގު ހިންގައި، ޝަރީއަތް ކުރުމަށް ފަހު ޓެރަރިޒަމްގެ ކުށުގައި އޭނާގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
މީގެ އިތުރުން އެ ބަޔާނުގައިވަނީ އޭނާ އަކީ ދީނީ ހަރުކަށި ފިކުރުގެ މީހެއް ކަމަށާއި އޭނާ ސީރިއާއަށް ދިއުމަށްޓަކައި 2015 ވަނަ އަހަރު ފުރަން އުޅެނިކޮށް ވެސް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި ބ. ހިބަޅިދޫއިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަމަށާއި އެކަމަކު ކުށް ސާބިތު ކުރެވޭނެ ހެކި ނެތުމުން 2016 ވަނަ އަހަރު އޭނާ ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.
ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި ޝާފިއުގެ މައްޗަށް ކުށް ސާބިތު ނުކުރެވިގެން އޭނާ ދޫކޮށްލީ ކަމަށް ފުލުހުންގެ ބަޔާނުުގައި އޮތަސް، އެ މައްސަލާގައި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ދައުލަތުން ނުކުރެ އެވެ. އެ މައްސަލާގައި ދައުވާކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށެވެ.
އަފްގާނުގެ ނުރައްކާ ރާއްޖެއަށް އޮތުމުން ފިޔަވަޅުތަކެއް
އަފްޣާނިސްތާނު ޖަލުގައި ތިބި ދިވެހި އާއިލާ ދޫކޮށްލައިފި
އަަޅުގަނޑު ނަމަ ބައިޑަންއަށް މާފެއް ނުކުރާނަން: ވަހީދު
އަފްޣާންގެ ރައްޔިތުންނަށް ރާއްޖޭން އެހީވާން ޖެހޭ:ޝަހީދު
ތާލިބާނުން ބަލައިގަތުން ރާއްޖެ އަށް ފަސޭހައެއް ނުވާނެ
ތާލިބާން ސަރުކާރު ބަލައިގަތުމާމެދު ވަކި ގޮތެއް ނުނިންމާ
ޝާފިއުގެ ދަރިން ރައްކާތެރި މާހައުލަކަށް ގެންދަނީ
އަފްޣާނިސްތާނުގައި ދިވެއްސަކަށް އަނިޔާއެއްނުކުރޭ: ޕޮލިސް
އައިސިސްގެ ދިވެހި ހަނގުރާމަވެރިންތަކެއް އަމާން ދީފި
ތާލިބާނުގެ މަންދޫބާ ސަފީރު ބައްދަލުކުރީ ހުއްދަނެތި