01 އޮކްޓޯބަރ 2016
އެކި ގޮތްތައް ބުރުގާ އެޅުން ފަހަކަށްއައިސް ގިނަވެއްޖެ އެވެ. ދޫކޮށް ނުވަތަ އުސްކޮށް ބުރުގާ ސްޓައިލް ކޮށްލެވިދާނެ އެވެ. އަދި ޕްލެއިން ފޮތީގެ ނުވަތަ ވިދާ، ޕްރިންޓު ކޮށްފައި ހުންނަ ބުރުގާއަކުން އެމީހަކަށް ކަމުދާ ސްޓައިލަކަށް ވެސް އަޅާލެވިދާނެ އެވެ.
އެކި ގޮތްތައް ބުރުގާ އެޅުން ފަހަކަށްއައިސް ގިނަވެއްޖެ އެވެ. ދޫކޮށް ނުވަތަ އުސްކޮށް ބުރުގާ ސްޓައިލް ކޮށްލެވިދާނެ އެވެ. އަދި ޕްލެއިން ފޮތީގެ ނުވަތަ ވިދާ، ޕްރިންޓު ކޮށްފައި ހުންނަ ބުރުގާއަކުން އެމީހަކަށް ކަމުދާ ސްޓައިލަކަށް ވެސް އަޅާލެވިދާނެ އެވެ.
ނަމަވެސް، ސަމާލުވާންޖެހޭ ވަރަށް މުހިއްމު ކަމެއް ވެ އެވެ. އެއީ ބުރުގާ އަޅާ، ހެދުން ލައި ތައްޔާރުވާއިރު އެމީހަކު ތައްޔާރުވާ މުނާސަބަތަކާ ގުޅުވާލުމެވެ.
ޕާޓީއަކަށް ދާއިރު ވިދާ ފޮއްޗެއްގެ ބުރުގާއެއް ކަމުދާނެ އެވެ. އަދި އެއާ އެކު ހެދުމުގައި ވެސް ވިދާ ގޮތެއް ހުރެފައި ހެދުމާ ގުޅޭ ގަހަނާ އަޅާލުމުން ނަލަ ވާނެ އެވެ. ނަމަވެސް، އޮފީހަށް ދާއިރު މިގޮތަށް ގޮތްބޮޑުކޮށް ހެދުން އެޅުމުން ކަމަކު ނުދެ އެވެ. ރަސްމީ މުނާސަބަތަކަށް އެކަށީގެންނެއް ނުވާނެ އެވެ.
މިހާރު ސްޓައިލްގެ އެޕިސޯޑްގައި ބުރުގާ ސްޓައިލިސްޓް ނިއުމާ އަހްމަދު ދައްކާލަނީ އޮފީހަށް ނުވަތަ މިފަދަ ރަސްމީ މުނާސަބަތަކަށް އަޅާލެވޭނެ ބުރުގާ ސްޓައިލެކެވެ. ބުރުގާ ސްޓައިލް މޮޑެލް ކުރީ ޔައުލާ މާޒިން އެވެ.
ރަސްމީ މުނާސަބަތަކަށް ބުރުގާގެ ސްޓައިލް ސާދާ ގޮތަކަށް ބަހައްޓާށެވެ. އަދި ނިއުޓްރަލް ކުލަތައް (އަޅި، ކްރީމް، ކަޅު، ބެއިޖް ފަދަ ކުލަތައް) ގުޅޭނެ އެވެ. ބުރުގާގައި ޖަހާ ދަތިވެސް މާ ބޮޑު، ގޮތް ބޮޑު ޑިޒައިނެއްގެ ބަދަލުގައި ސާދާ ޑިޒައިނެއް މާ ކަމުދާނެ އެވެ.
އަވަހަށް އަޅާލެވޭނެ ބުރުގާގެ ސްޓައިލްތަކެއް
ބުރުގާގެ އެކި ސްޓައިލްތައް ފޮޓޯއިން
ދިވެހިން ބުރުގާ އެޅި އެކި ސްޓައިލްތައް
އެއް މިނެޓުން އަޅާލެވޭނެ ބުރުގާ ސްޓައިލެއް
ޕިން ނުޖަހާ އަޅާލެވޭ ދިވެހި ބުރުގާ
މިހާރު ސްޓައިލް: ފިރިހެނުންގެ ތިން ހެއާ ސްޓައިލެއް
މިއަހަރު މަގުބޫލު ވާނެ ޓްރެންޑްތައް
ލަންކާގެ ބިއުޓިޝަނެއް، ރާއްޖޭގައި 25 އަހަރު
އައިނު އަޅާ މީހުންނަށް ހާއްސަ ބުރުގާ ސްޓައިލެއް
ގްލިޓާ ސްމޯކީ އައި މޭކަޕް