27 އޯގަސްޓް 2016
ބުރުގާ އަޅަނީ އެކި ސްޓައިލްތަކަށް، އެކި ޒާތުގެ ފޮއްޗާއި ދަތި ބޭނުންކޮށްގެންނެވެ. ގޮތް ބޮޑު ނުވަތަ އެކި ތަންތަނުން ދަތި ޖަހަން ޖެހޭ ވައްތަރުގެ ސްޓައިލަކަށް ބުރުގާ އަޅަންވެއްޖެ ނަމަ ވަގުތު އޮންނަނީ ކުޑަވެފަ އެވެ. ބުރަކޮށް އުޅޭ އަންހެނުންނަށް މިއީ ވެސް ގެއްލިގެންދާ މުހިންމު ވަގުތެވެ. މީގެ އިތުރުން، ބުރުގާގައި ހުންނަ ދަތިން ތުއްތު ދަރިފުޅަށް އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު ވެސް އޮވެ އެވެ. އޮފީހަށް ނުވަތަ ބޭރަށް ދާން ލަސްވެގެން އުޅޭއިރު، ފަސޭހައިން އަޅާލެވޭނެ ބުރުގާއަކާ މެދު ވިސްނެނީ މިކަހަލަ ވަރަށް ގިނަ ކަންކަމާ ހެދި އެވެ. ޕިން ޖަހަން ނުޖެހޭ ނުވަތަ "އިންސްޓަންޓް" ބުރުގާ އަކީ މިކަމަށް އޮތް ހައްލެވެ.

ރާއްޖޭގެ ހިޖާބް ސްޓައިލިސްޓުންގެ ތެރޭގައި މަޝްހޫރު "ޝަމްސީޒް ބްރައިޑަލް ހިޖާބް" އިން މިދިޔަ އަހަރު އެމީހުންގެ ރެޑީ ޓު ވެއާ ބުރުގާ ކަލެކްޝަނެއް ތައާރަފު ކޮށްފައިވެ އެވެ. އެ ކަލެކްޝަނަށް މިހާރުވެސް ޑިމާންޑް ބޮޑެވެ. ހިޖާބް ސްޓައިިލިސްޓުން ކަމަށްވާ ޝައްމަ މުހައްމަދު އާއި ނިއުމާ އަހްމަދުގެ ރެޑީ ޓު ވެއާ ކަލެކްޝަންގައި ވަގުތުން އަޅާލެވޭނެ "ބްރައިޑަލް ހިޖާބް" އަދި ހާއްސަ މުނާސަބަތުތަކަށް އަޅާލެވޭނެ ބުރުގާ ވެސް ފަރުމާކޮށްފައިވެ އެވެ. މިބްރޭންޑުން މިފަހަރު ތައާރަފުކުރީ "ޕިންލެސް ބުރުގާ" ކަލެކްޝަނެކެވެ. މި ފަރުމާތަކާ ބެހޭ ގޮތުން ބައެއް ސުވާލުކޮށްލީމެވެ.
ޕިންލެސް ބުރުގާ އަކީ އަލަތު މައިންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ވައްތަރެއް. ދަތި ޖަހާފަ ހުންނަ ބުރުގާ އަކީ ތުއްތު ކުދިން ގެންގުޅޭ މައިންނަށް އެކަށީގެންވާ ވައްތަރެއް ނޫން. އަޅުގަނޑުމެންގެ ޕިންލެސް ބުރުގާ އަކީ ބޭރަށް ދާން ލަސްވެގެން އުޅޭ ގަޑިއެއްގައި ވެސް ފަސޭހައިން އަޅާލެވޭނެ ރީތި ވައްތަރެއް.
ބާޒާރުން ލިބެން ހުންނާނީ ހަމައެކަނި ސްޓޭންޑާޑް ފިކްސްޑް ސައިޒުތަކެއް. އަޅުގަނޑުމެންގެ ޕިންލެސް ބުރުގާ އަކީ ކަސްޓަމައިޒް ކޮށްލެވޭ ވައްތަރެއް. އެއީ ކޮންމެ މީހެއްގެ މޫނާއި ބޮލުގެ ބައްޓަމަށް ފިޓުވާ ގޮތަށް ތައްޔާރުކޮށްލަދެން. އަދި ކަސްޓަމަރުން ބޭނުންވާ ޑިޒައިނަކަށް ނުވަތަ އެމީހަކަށް ކަމުދާ ފޮއްޗަކުން ވެސް ފަރުމާކުރެވިދާނެ.
ޝަމްސީޒް ބްރައިޑަލް ހިޖާބްގެ ރެޑީ ޓު ވެއާ "ޕިންލެސް" ބުރުގާ
އަޅުގަނޑުމެން ކަސްޓަމައިޒްޑް ޕިންލެސް ބުރުގާ ފަރުމާކުރަން ފެއްޓިތާ އެހާ ގިނަ ދުވަހެއް ނުވާނެ. އެކަމަކު މިހާރުވެސް ފުދޭވަރަކަށް ގިނައިން ކަސްޓަމަރުންގެ އެދުމަށް ޕިންލެސް ބުރުގާ ސްޓައިލްސް ތައްޔާރުކޮށްދީފަ އެބަހުރި.
ޕްރިންޓަޑް ފޮތީގައި އަދި ޕްލެއިން ފޮތީގަ ޕިންލެސް ބުރުގާ ލިބެން ހުންނާނެ. އަދި ތަފާތު އެކި ވައްތަރުގެ ފޮއްޗާއި މެޓީރިއަލް ބޭނުންކޮށްގެން އެކި ޑިޒައިން ފަރުމާކުރަމުން މިދަނީ. އޮފީހަށާއި ރޭގަނޑުގެ މުނާސަބަތަކަށް އަޅާލެވޭނެ ޒާތުގެ ޑިޒައިންތައް ވަރަށް އަވަހަށް ލިބެން ހުންނާނެ.
އެއް މިނެޓުން އަޅާލެވޭނެ ބުރުގާ ސްޓައިލެއް
އަވަހަށް އަޅާލެވޭނެ ބުރުގާގެ ސްޓައިލްތަކެއް
ބުރުގާގެ އެކި ސްޓައިލްތައް ފޮޓޯއިން
ދިވެހިން ބުރުގާ އެޅި އެކި ސްޓައިލްތައް
ރަސްމީ ސްޓައިލަކަށް އަޅާލެވޭނެ ބުރުގާ
މިހާރު ސްޓައިލް: ފިރިހެނުންގެ ތިން ހެއާ ސްޓައިލެއް
މިއަހަރު މަގުބޫލު ވާނެ ޓްރެންޑްތައް
ލަންކާގެ ބިއުޓިޝަނެއް، ރާއްޖޭގައި 25 އަހަރު
އައިނު އަޅާ މީހުންނަށް ހާއްސަ ބުރުގާ ސްޓައިލެއް
ގްލިޓާ ސްމޯކީ އައި މޭކަޕް