01 ޑިސެމްބަރ 2019
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒް ކުރައްވަނީ މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒް ކުރައްވަނީ މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ހުކުމް އިއްވަން ކްރިމިނަލް ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތަށް ފަހު އެމަނިކުފާނު ގެންދިޔައީ މާލޭ ޖަލަށެވެ. މެޑިކަލް ޓެސްޓްތައް ހަދައި މާފުށީ ޖަލަށް ބަދަލުކުރީ އިއްޔެ އެވެ.
މާލޭ ޖަލުގައި ޔާމީން ހުންނެވީ ވަރަށް ކުޑަ، އުނދަގޫ ގޮޅިއެއްގައި ކަމަށް ބުނެ ވަކީލުން ޝަކުވާ ކުރި އެވެ. ޖަލުން، ޔާމީނާ ބައްދަލުކުރުމަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަނުން އަންނަނީ އެ ޝަކުވާތައް، ތަހުގީގުކުރަމުންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސްކަން ކުރެއްވި ޔާމީނަށް ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޖަލުގައި ދޭން ޖެހޭ އެންމެހައި ހައްގުތަކާއި ރައްކާތެރިކަން އަންނަނީ ފޯރުކޮށްދެމުން ކަމަށެވެ.
ޔާމީން ހުންނެވި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ، އެމަނިކުފާނުގެ ވެރިކަމުގައި ކޯޓުތަކުން ހުކުމް އިއްވި ސިޔާސީ ބޭފުޅުން ބައިތިއްބަން ހާއްސަކޮށް ހެދި ތަނެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަން އެމަނިކުފާނު ވެސް ހުންނެވީ އެ ތަނުގަ އެވެ. ފަހުން، އެ ޔުނިޓް މަރާމާތުކޮށް، ޖާގަ އިތުރުކުރި އެވެ.
ނަޝީދަށް ފަހު، ޓެރަރިޒަމްގެ ހުކުމް އިއްވި ގިނަ ބޭފުޅުން ތިއްބެވީ އެތަނުގަ އެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ހިމެނިވަޑައިގަންނަވަ އެވެ.
ޔާމީންގެ ސަރުކާރުން އެ ޔުނިޓް ހެދީ، ޖަލަށް ހުކުމް ކުރާ ސިޔާސީ ބޭފުޅުންނަށް ޚާއްސަ ރައްކާތެރިކަމެއް ދިނުމަށެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
މި ދައުވާގައި ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފްގެ މުއްދަތު ނިމެންދެން އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން ވަކީން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވައިފަ އެވެ.
ޔާމީންގެ ބައްދަލުވުންތަކަށް ހުރަސް ނާޅަން: ކަރެކްޝަންސް
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
ޔާމީން ގެ އަށް ބަދަލުކޮށްފި
މެޑިކަލް ޓެސްޓްތަކަށް ފަހު ޔާމީން މާފުށީ ޖަލަށް
ހިތުގެ ޑޮކްޓަރުގެ ލަފަޔަށް ޔާމީން އެޑްމިޓްކޮށްފި
ޔާމީން އަނބުރާ ޖަލަށް ގެންގޮސްފި
ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި
ޔާމީން ހުންނެވީ ސާބިތުކަންމަތީ: ވަކީލު
ޔާމީން އޮންނެވި ގޮޅި އޭސީކޮށްފައި، ޚިދުމަތް ފުރިހަމަ
20 ގައިދީއަކަށް ރައީސް އަދަބު ލުއިކޮށް ދެއްވައިފި