30 ނޮވެމްބަރ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައިގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އެންމެ ބޮޑަށް "ރުޅި" ގަދަވެގެން އުޅެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މެދުގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައިގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އެންމެ ބޮޑަށް "ރުޅި" ގަދަވެގެން އުޅެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މެދުގަ އެވެ.
ޔާމީންގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި އެއީ ގާސިމް އަޑީގައި ހުންނަވައިގެން އިއްވި ހުކުމެކެވެ. އެކަމަކު މި ބަހުސްގައި ގާސިމްގެ ސަޕޯޓަރުން ވެސް ވަކި ދުލެއް ނުދިނެވެ. އެމީހުން ވެސް ރައްދުގައި ފޮނުވާލީ ބަހުގެ ހޫނު ހަމަލާތަކެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ހުކުމްކޮށްފަ އެވެ. އެ ހުކުމާ ގުޅިގެން ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި އެކްޓިވިސްޓުންގެ ނުރުހުން އަމާޒުވެފައިވާ އެއް ބޭފުޅަކީ ގާސިމެވެ. އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގާސިމް ރިޝްވަތު ދެއްވައިގެން ކުރި ހުކުމެއް ކަމަށް ބުނެ، ގާސިމަށް ރުޅިގަނޑު އަމާޒު ކުރި އެވެ. އެކަމަކު ގާސިމްގެ އަރިސް ބައެއް ބޭފުޅުން ވަނީ ޓުވިޓާގައި އެކަން ދޮގުކޮށްފަ އެވެ. އެއާ އެކު، އެ މައްސަލައިގައި ސޯޝަލް މީޑިއާގައި ތަފާތު ގިނަ ބަހުސްތަކެއް ވަނީ އުފެދިފަ އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީންގެ މައްޗަށް ކުރީ ނުފޫޒުން ފުރިފައިވާ ސިޔާސީ ހުކުމެއް ކަމަށެވެ. އެއީ އެމްޑީޕީން ރާވައިގެން ގާސިމްގެ ބައިވެރިވުމާ ވެސް އެކުގައި ކުރި ހުކުމެއް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރީ ޕީޕީއެމް/ޕީއެންސީގެ މައްޗަށް އަތްގަދަ ކުރުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
Fandiyaarunnah rishwath dheegen RY ge hukum Gasim Ibrahim ah ganevidhaane! Ekamaku Islam dheena dhivehi qaumu dheke loabivaa rayyithunge hiythakuga emanikufaanah oi loaibeh nuganeveyne! #FreePresidentYameenNow #PY2023
— Iraash Ali #FreeRY (@Iraashali) November 29, 2019
އިރާޝް އަލީ ނަމުގައި މީހަކު ކުރި ކޮމެންޓެއް.
އަހުމަދު ޝިޔާޒް ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ ޔާމީނަށް "ގާނޫނާ ހިލާފަށް" ހުކުމް ކުރުމުގެ އަޑީގައި ގާސިމް ހުންނެވި ކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރުންނަށް "ރިޝްވަތު ދިން" މައްސަލަ ބަލައިދޭން އޭނާ އެދުނީ، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ތަންތަން ޓެގްކޮށްގެންނެވެ.
އިރާޝް އަލީ ނަމުގައި ޔާމީން ދޫކޮށްލަން ގޮވާލައި ޓުވިޓާގައި ޝުއޫރު ފާޅުކުރި މީހަކު ބުނީ ގާސިމްގެ ނުފޫޒުގައި ހުކުމެއް ކުރެވިދާނެ ކަމަށާއި ނަމަވެސް އިސްލާމް ދީނާއި ދިވެހި ގައުމު ދެކެ ލޯބިވާ ރައްޔިތުންގެ ހިތްތަކުގައި ޔާމީނަށް އޮތް ލޯބި ނުގަނެވޭނެ ކަމަށެވެ.
އޮނަރަބުލް ޤާސިމް އިބްރާހިމް އަކީ އެއްވެސް މީހަކަށް އަނިޔާވެރިވާނެ ބޭފުޅެއް ނޫން. އަދި އެއްވެސް މީހެއްގެ މައްޗަށް ހަސަދަވެރި ވާނެ ބޭފުޅެއްވެސް ނޫން. އެކަން އެ މަނިކުފާން ވަނީ ސާބިިތުކޮށް ދެއްވާފަ! ދޮގު ޚަބަރު ފެތުރުން ދޫކޮށްލައްވާ. pic.twitter.com/v6dLCPfN24
— Ilham Ahmed (@ilhammaldives) November 29, 2019
އިލްހާމް އަހުމަދު ކުރެއްވި ޓުވީޓު
އެ ހުރިހާ ވާހަކައަކަށް ރައްދު ދެއްވި ގާސިމްގެ އެންމެ އަރިސް ބޭފުޅަކީ އޭނާގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދެވެ. އޭނާ ވިދާޅުވީ ގާސިމަކީ އެއްވެސް ބޭފުޅެއްގެ މައްޗަށް އަނިޔާވެރިވާނެ އަދި ހަސަދަވެރިވާނެ ބޭފުޅެއް ވެސް ނޫން ކަމަށެވެ.
އެކަން ގާސިމް ސާބިތުކޮށްދެއްވާފައި އޮއްވައި، ދޮގު ހަބަރު ފެތުރުން ދޫކޮށްލަން އިލްހާމް ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.
ރައީސް ޔާމީން އަށް ހުކުމް ކުރުމުގައި ފަޑިޔާރުން ނަށް އޮނަރަބުލް ގާސިމް އިބްރާހިމް ނުފޫޒް ފޯރުވިކަމަށް ބުނެ ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ފަތުރަމުން ގެންދަނީ އަސްލެއްނެތް ދޮގުވާހަކަތަކެއް. މިވާހަކަތައް ފަތުރަމުންދަނީ ވަކި ބަޔަކު ސިޔާސީ މަޤުސަދުތަކެއް ހާސިލް ކުރުމަށް ! pic.twitter.com/ZtBBFwi3k6
— Riyaz Rasheed (@riyaz_rasheed) November 28, 2019
ރިޔާޒް ރަޝީދު ކުރެއްވި ޓުވީޓު
ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާސިމް ޕޮލިޓިކަލް އެޑްވައިޒަރު ރިޔާޒް ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީނަށް ހުކުމް ކުރުމުގައި ފަނޑިޔާރުންނަށް ގާސިމް ނުފޫޒު ފޯރުވިކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަތުރަމުން ދަނީ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެއީ ސިޔާސީ މަގުސަދެއްގައި ފަތުރަމުން ދާ ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ވާހަކަތައް ނުދައްކަން އޭނާ އެދިވަޑައިގަތެވެ.
Edhuvahu athugai hippevee Hon. Qasim. Kithanmme bodu kesseh dhevviyas, dhuvahaku ves ehves insaanakah Hon. Qasim aniyaaveri eh nuvaane. Mikamah @Banafsaa ves hekivaane. #HiyHeyoQasim pic.twitter.com/Ps3TJasmah
— Yamin Rasheed (@YaminRasheed) November 28, 2019
ޔާމީން ކުރެއްވި ޓުވީޓު.
ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ ކިތަންމެ ބޮޑު ކެއްސެއް ދެއްވި ކަމަށް ވިޔަސް، ދުވަހަކު ވެސް ގާސިމް އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ ކަމަށެވެ. އަދި އަބްދުއްރަހީމް ޓެގް ކުރައްވައި އޭނާ ވިދާޅުވީ އެކަމަށް އަބްދުއްރަހީމް ވެސް ހެކިވެވަޑައިގަންނަވާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި މި ބަހުސަށް އަދިވެސް ނިމުމެއް ނެތެވެ.
ލީޒާ ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ ގާސިމަށް ވެރިކަން ލިބިވަޑައިނުގަންނަވާނެކަން އިލްހާމަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ގާސިމަށް އޮންނާނީ ބޭކާރު ގޮތުގައި ހަރަދު ކުރެއްވުން ކަމަށާއި ގާސިމް "ގުނބޯ" ހެއްދި ވަރަކަށް ފައިސާ ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ގާސިމަށް ތަކުރާރުކޮށް ފާޑުކިޔަސް މިހާތަނަށް ގާސިމް ދެއްކެވީ ޔާމީނަށް ހަމްދަރުދީ އޮތްކަމުގެ މޫނެވެ. މަނީލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އޭރު އަމުރު ނެރުމުން ގާސިމް ގޮވާލެއްވީ އެމަނިކުފާނު ދޫކޮށްލުމަށެވެ.
އޭރުގައި ގާސިމް ވިދާޅުވީ "ވާނުވާ ޖަހާފައި" ޖަލުގައި ބެހެއްޓުމަކީ އޭނާ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރޭ އަމުރުތަކަށް، ޖަލު މީހުން ކިޔަނީ "ވާނުވާ ޖެހުމެ"ވެ.
"އެހެންވީމާ މި ދަންނަވަނީ އިންޓެލިޖެންސް ރިޕޯޓުގެ ފެންވަރު އަޅުގަނޑުމެން ދަންނަމޭ. އެހެންވީމާ އަޅުގަނޑު ގޮވާލަން ބޭނުންވަނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާނުވާ ޖަހާފައި ޖަލަކު އެހެން ނުބޭންދޭނެއޭ. މިހާރުން މިހާރަށް ދޫކުރައްވާށޭ،" ޔާމީންގެ ސަރުކާރުގެ ދުވަސްވަރު "ވާނުވާ" ޖެހުމުގެ ތަޖުރިބާ ކުރައްވާފައިވާ އަދި އެކަމާ ދެކޮޅަށް އޭރު ވެސް އަޑުއުފުއްލެވި ގާސިމް ވިދާޅުވި އެވެ.
"އަނިޔާވެރިނުވާނަމޭ ކިޔައިގެން އަބްދުﷲ ޔާމީން އެހެން ޖަލަށް ލައިގެން ނުބޭންދޭނެ. ދޫކުރާށޭ. ދޫކުރާށޭ. ވާނުނާ ޖަހާފައި ނުބޭންދޭނެ. އަދުލް އިންސާފު ލިބެން ޖެހޭނީ ހުރިހާ އެންމެންގެ މައްޗަށް ވެސް ހަމަހަމަކޮށް."
އެކަމަކު ޔާމީނަށް ހުކުމް އިއްވުމަށް ފަހު، އެކަމާ ބެހޭ ގޮތުން ގާސިމް އަދި ވަކި އެއްޗެކޭ ވިދާޅެއްނުވެ އެވެ.
ޔާމީންގެ ވެރިކަމުގައި ގާސިމް ހައްޔަރުކޮށް އަދި ބޭހަށް ސިންގަޕޫރަށް ފޮނުވާލުމުން ފިއްލަވައިގެން ޖަރުމަނަށް ވަޑައިގެން ގޮތަށް، ރިޔާސީ އިންތިހާބު ނިމެދެން ހުންނެވީ ޖަރުމަނުގަ އެވެ. މިދިއަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމަށް ބައިވެރިވެވަޑައިނުގެންނެވުނީ ޔާމީންގެ ވެރިކަމުގައި، އޭނާގެ މައްޗަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމުގެ ސަބަބުންނެވެ.
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
ފުއްގިރި މައްސަލަ:ތަހުގީގު ފައިލްތައް ދޭން އަންގައިފި
ފުއްގިރި މައްސަލަ މަޑުޖައްސާލަން އަންގައިފި
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"
ފުއްގިރި މައްސަލަ އަވަސް ކުރާތީ ޔާމީންގެ ނުރުހުން
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
އިސްތިއުނާފުން ޔާމީނަކީ މައުސޫމު މީހެއްކަން ސާބިތުވާނެ
ޔާމީން ވާދަކުރައްވަން ގާނޫނީ ޝަރުތެއް އުނިވެއްޖެ
ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި