30 ނޮވެމްބަރ 2019
ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުން އިންޑިއާ ވަކިވުމާ އެކު، ކޮންމެ ދުވަހަކު މެޗެއް ކުޅެން ޖެހޭ ގޮތަށް މުބާރާތް ލީގު އުސޫލުން ކުރިއަށްގެންދަން ނިންމުމުން ރާއްޖޭން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުން އިންޑިއާ ވަކިވުމާ އެކު، ކޮންމެ ދުވަހަކު މެޗެއް ކުޅެން ޖެހޭ ގޮތަށް މުބާރާތް ލީގު އުސޫލުން ކުރިއަށްގެންދަން ނިންމުމުން ރާއްޖޭން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ކުރިން ރާވާފައި އޮތީ ދެ ގްރޫޕަށް ބަހާލައިގެން ކުޅެ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. އެކަމަކު އިންޑިއާ ވަކިވެ ފަސް ޓީމަށް ވުމުން ނިންމީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ.
މިހާރު އޮތްގޮތުން ރާއްޖޭން ލީގު ބުރުގެ ހަތަރު މެޗު ކުޅެން ޖެހޭނީ އަރާމުކުރަން 24 ގަޑިއިރު ވެސް ނުލިބި ޖެހިޖެހިގެން ހަތަރު ދުވަހު އެވެ. ފުރަތަމަ މެޗުގައި ހޯމަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅެފައި ދެ ވަނަ މެޗުގައި އަންގާރަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝާ އެވެ. އަދި ތިން ވަނަ މެޗުގައި ބުދަ ދުވަހު ބޫޓާނާ ވާދަކުރުމަށް ފަހު، ހަތަރު ވަނަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެކަމަކު ފައިނަލަށް ހޮވިއްޖެ ނަމަ ތިން ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.
Changing the format and fixtures after the final draw is unacceptable and ridiculous. New fixture is absolute madness giving teams less than 24hrs rest after matches. @NocNepal or @theanfacom hasn’t taken appropriate action based on @MaldivesFA protest. @theafcdotcom @FIFAcom pic.twitter.com/iprMvmKl4n
— Hussain Jawaz (@jawaaz) November 29, 2019
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުބާރާތުގެ ގުރުނެގުމަށް ފަހު ފޯމެޓާއި މެޗު ޝެޑިއުލަށް ބަދަލު ގެނައުމަކީ ޖޯކެއް ކަމަށާއި މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އާ ޝެޑިއުލްގެ ދަށުން ކޮންމެ ޓީމަކަށް ކޮންމެ މެޗަކަށް ފަހު އަނެއް މެޗުގެ ކުރިން އަރާމުކުރަން ލިބެނީ 24 ގަޑިއިރަށް ވުރެ މަދުންކަން ފާހަގަކޮށް ޖަވާޒް ވިދާޅުވީ މިކަމުގައި ރާއްޖޭން ހެދި ދެކޮޅު ހެދުންތަކަށް، ނޭޕާލުގެ އޮލިމްޕިކް ކޮމިޓީން ވެސް އަދި ނޭޕާލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް އެދެވޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
މުބާރާތަށް ފުރުމުގެ ކުރިން ކޯޗު ޕީޓާ ސެގާޓް ވެސް ވަނީ އިންޑިއާ ނުކުޅޭތީ ޝެޑިއުލަށް ބަދަލު ގެންނަން އުޅޭ ވާހަކަ އަޑުއިވިފައިވާ ކަމަށާއި އެކަމަކު އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.
"އަހަރެމެންގެ ވިސްނުން ހުރީ ދެ ވަނަ ދުވަހު އިންޑިއާއާ ކުޅެން އޮތް މެޗަށް. އެ ދުވަހު އިންޑިއާ ނެތިއްޔާ އަހަރެމެންނަށް މެޗު ލިބުނީ. މުބާރާތުގެ ގުރުއަތުލުން ބާއްވާފައި ފެށެން ހަތަރު ވަރަކަށް ދުވަހަށް ވެފައި އޮއްވައި ޝެޑިއުލް ބަދަލުކުރެވިގެން ނުވާނެ،" ސެގާޓް ބުންޏެވެ.
ކުރިން އޮތްގޮތުން ރާއްޖެ އާއި އިންޑިއާ އަދި ލަންކާ އެއް ގްރޫޕެއްގައި އޮތުމުން އިންޑިއާ ވަކިވެއްޖެ ނަމަ ރާއްޖެ އާއި ލަންކާ އަށް އޮޓޮމެޓިކުން ސެމީ ފައިނަލުން ފުރުސަތު ލިބުނީ އެވެ.
ރާއްޖޭން މުބާރާތަށް ދިޔައީ ރަން މެޑަލް ހޯދުމުގެ އަމާޒުގަ އެވެ. ސަރަހައްދީ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ރާއްޖޭން ކާމިޔާބުކޮށްފައިވީ ނަމަވެސް ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑެލް ލިބިފައެއް ނުވެ އެވެ. ލިބުނު ކާމިޔާބީތަކަކީ 1984 އާއި 2010 ގައި ލޯ މެޑަލް އަދި 1991 ގައި ރިހި މެޑަލް ހޯދުމެވެ.
ފުޓްބޯޅައިން ރަނަށް ކުރި އުއްމީދު ފެނަށް!
ޒިންމާ ނަގާފައި ވެސް ސެގާޓް ދެއްކީ ބަހަނާ!
ސެގާޓުގެ ހިތްހަމަޖެހުމަކީ އަމިއްލަ ބާރު އޮތުން
ފުޓްބޯޅަ: ބަންގާޅު އަތުން ވެސް ރާއްޖެއަށް ޕޮއިންޓެއް
ފުރަތަމަ މެޗު އަބަދުވެސް އުނދަގޫވާނެ: ސެގާޓް
ފުޓްބޯޅަ: ރާއްޖެ އާއި ލަންކާ އެއްވަރުވެއްޖެ
ޝެޑިއުލް ބަދަލުކުރި މައްސަލައިގައި ސެގާޓް ރަތަށް
ސަމުއްޓެއާ މެދު ކޯޗު އުއްމީދުގައި
އަމާޒަކީ ތާރީހީ ކާމިޔާބެއް ހޯދުން: ސެގާޓް
އަކޫ އާއި ހަމްޕު އަދި ފޭދޫ އިއްބެ ޒުވާން ޓީމަށް!