28 ނޮވެމްބަރ 2019
މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅައިން ތާރީހީ ކާމިޔާބަކަށް ރާއްޖޭން އަމާޒުހިފާއިރު އެކަން ހާސިލްކުރަން ޓީމުން ކުރާ މަސައްކަތުގައި އަނިޔާގައި ހުރި ގައުމީ ޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަށް މުބާރާތުގެ ކޮންމެވެސް ހިސާބަކުން ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.
މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅައިން ތާރީހީ ކާމިޔާބަކަށް ރާއްޖޭން އަމާޒުހިފާއިރު އެކަން ހާސިލްކުރަން ޓީމުން ކުރާ މަސައްކަތުގައި އަނިޔާގައި ހުރި ގައުމީ ޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަށް މުބާރާތުގެ ކޮންމެވެސް ހިސާބަކުން ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.
ގޭމްސްގައި ވާދަކުރުމަށް އިއްޔެ ނޭޕާލަށް ފުރި ސްކޮޑުގައި ހިމެނެނީ 18 ކުޅުންތެރިންނެވެ. އަނެއް ދެ ޖާގަ އަކީ ސަމުއްޓެގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު)ގެ ޖާގަ އެވެ. ހަމްޕު އަމިއްލަ ސަބަބެއްގައި ފަހުން ޓީމާ ގުޅޭއިރު، އަދިވެސް ސަމުއްޓެގެ އަނިޔާއާ ގުޅޭގޮތުން އެއްކޮށް ގޮތެއް ނުނިމެ އެވެ.
ސަމުއްޓެގެ ފައިގެ ކުޑަހުޅަށް އަނިޔާވީ މި މަހު 19 ވަަނަ ދުވަހު މާލޭގައި ގުއާމް އަތުން 3-1 އިން ރާއްޖެ މޮޅުވި މެޗުގަ އެވެ. ވަގުތުން އޭނާ ބަދަލުކުރިއިރު، ފަހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ. ސަމުއްޓެގެ ފަރުވާގެ ކަންތައްތައް މިހާރު ވެސް ކުރިއަށްދާއިރު، ސެގާޓް ހުރީ އުއްމީދުގަ އެވެ.
"ސަމުއްޓެ އަށް އަދިވެސް އޮތީ 50-50 ޗާންސެއް. އެ ވަރުގެ ފުރުސަތެއް އޮތަސް އަހަރެން ބޭނުން އޭނާ ގެންދަން. މި ވަގުތު އޮތް ހާލަތަށް ބަލާއިރު އަނިޔާއިން ރަނގަޅުވެ ސެމީ ފައިނަލުގައި އޭނާ އަށް ކުޅެވުނަސް ރަނގަޅު. އަހަރެން ދެކޭ ހުވަފެނަކީ ސަމުއްޓެ އަށް ކުޅެވުން،" ސެގާޓް ބުންޏެވެ.
ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ވާދަކުރާނީ ކޮންމެ ގައުމެއްގެ ވެސް 23 އަހަރުން ދަށުގެ ޓީމެވެ. އެކަމަކު އެއަށް ވުރެ ދޮށީ ތިން ކުޅުންތެރިން ހިމެނުގެ ފުރުސަތު އޮންނާނެ އެވެ. ސަމުއްޓެ، 23، އަކީ މުބާރާތުގައި ވާދަކުރެވޭ އުމުރުގެ ކްރައިޓީރިއާ އަށް ފެތޭ ކުޅުންތެރިއެކެވެ. ސީނިއާ ކުޅުންތެރިންގެ ގޮތުގައި ހަމްޕުގެ އިތުރުން ގެންދަނީ ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.
2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ލަންކާއާ ދެކޮޅަށް ނުކުތް ރާއްޖޭގެ ފުރަތަމަ އެގާރަ. -- ފޮޓޯ: އިމޭޖަސް.އެމްވީ
"ސަމުއްޓެ މުހިއްމުވާ އަނެއް ސަބަބަކީ އޭނަ އާއި އަކޫ އެކުގައި ވަރަށް މޮޅު. އަނެއްކާ އޭނަ އަކީ އުމުރަށް ބަލާއިރު ވެސް އަހަރެމެންނަށް ބޭނުންކުރެވޭނެ ވަރަށް މުހިއްމު ކުޅުންތެރިޔެއް،" ސެގާޓް ބުންޏެވެ.
އޭނާ ބުނީ ސަމުއްޓެ އަނިޔާގައި ހުއްޓައި މި ކަހަލަ ގޮތަކަށް މުބާރާތަކަށްދާއިރު، އޭނާ ކުޅެމުން އަންނަ ކްލަބް މާޒިޔާގެ ވެސް ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ގައުމީ ޓީމުގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އޮންނާނީ ކްލަބްތަކުގެކަން ގަބޫލުކުރާކަމަށް ސެގާޓް ބުންޏެވެ.
ޒުވާން އުމުރުގައި ގައުމީ ޓީމުން ފުރުސަތު ހޯދި ސަމުއްޓެ އަކީ މިދިޔަ އަހަރު ރާއްޖޭން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔެކެވެ. ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ އދ. މަހިބަދޫ އަށް އުފަން ސަމުއްޓެ ވަނީ އެންމެ ފަހުން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.
މުބާރާތުގެ ޝެޑިއުލް މިހާރު އޮތްގޮތުން ރާއްޖެ ފުރަތަމަ މެޗުގައި އަންނަ މަހު ދެ ވަނަ ދުވަހު ކުޅޭނީ އިންޑިއާއާ އެވެ. ދެ ވަނަ މެޗުގައި ހަތަރު ވަނަ ދުވަހު ސްރީ ލަންކާއާ ކުޅޭނެ އެވެ. ސެމީ ފައިނަލަށް ގޮސްފިނަމަ މެޗު އޮންނާނީ އަންނަ މަހު އަށް ވަނަ ދުވަހު އެވެ. ފައިނަލް އޮންނާނީ 10 ގަ އެވެ.
ފުޓްބޯޅައިން ރަނަށް ކުރި އުއްމީދު ފެނަށް!
ޒިންމާ ނަގާފައި ވެސް ސެގާޓް ދެއްކީ ބަހަނާ!
ސެގާޓުގެ ހިތްހަމަޖެހުމަކީ އަމިއްލަ ބާރު އޮތުން
ފުޓްބޯޅަ: ބަންގާޅު އަތުން ވެސް ރާއްޖެއަށް ޕޮއިންޓެއް
ފުރަތަމަ މެޗު އަބަދުވެސް އުނދަގޫވާނެ: ސެގާޓް
ފުޓްބޯޅަ: ރާއްޖެ އާއި ލަންކާ އެއްވަރުވެއްޖެ
ޝެޑިއުލް ބަދަލުކުރި މައްސަލައިގައި ސެގާޓް ރަތަށް
އިންޑިއާ ނުކުޅޭތީ ފުޓްބޯޅަ އިވެންޓަށް ބޮޑު ބަދަލެއް!
އަމާޒަކީ ތާރީހީ ކާމިޔާބެއް ހޯދުން: ސެގާޓް
އަކޫ އާއި ހަމްޕު އަދި ފޭދޫ އިއްބެ ޒުވާން ޓީމަށް!