25 ނޮވެމްބަރ 2019
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގެ ވަގުތީ ނަތީޖާ އެ ޕާޓީން މިރޭ އިއުލާންކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގެ ވަގުތީ ނަތީޖާ އެ ޕާޓީން މިރޭ އިއުލާންކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ވަގުތީ ނަތީޖާ އިއުލާން ކުރީ ނައިބު ރައީސްކަމުގެ އިންތިޚާބުން ނާކާމިޔާބުވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި 11 މައްސަލައާ ގުޅޭ ކަންކަން ވެސް ސާފުކޮށްދިނުމަށް ފަހު ކަމަށެވެ.
"އަސްލަމް ހުށަހެޅުއްވި ކަންކަން ވެފައި އޮތް ގޮތް ލިޔުމުން ސާފުކޮށްދިނުމަށް ފަހު އަޅުގަނޑުމެން ނަތީޖާ މި އިއުލާންކުރީ،" އަނަސް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާ ވާދަކުރައްވައި ބޮޑު ތަފާތަކުން ބަލިވި އަސްލަމް މިއަދު ވިދާޅުވެފައި ވަނީ އިންތިޚާބު ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި، އިންތިޚާބާ ގުޅޭ 11 ކަމެއް އޭނާ އެމްޑީޕީ އަށް ހުށަހެޅުއްވި އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން މި އިންތިޚާބުގައި ވޯޓު ދިނީ 25،102 މީހެކެވެ.
އެމްޑީޕީ ލީޑަރޝިޕް އިންތިޚާބު 2019 ގެ ވަގުތީ ނަތީޖާ pic.twitter.com/cLKQQdtspu
— MDP Secretariat (@MDPSecretariat) November 24, 2019
އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގެ ވަގުތީ ނަތީޖާ
ޕާޓީގެ ރައީސްކަމުގެ މަގާމު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިފާއު ކުރެއްވީ 24،202 ވޯޓުންނެވެ. އެމަނިކުފާނު އެ މަގާމުގައި ދެވަނަ ދައުރަކަށް ހުންނެވުމަށް ނުފެންނަ ކަމަށް ވޯޓު ދިނީ 421 މީހެކެވެ. ރައީސްކަމުގެ އިންތިޚާބުގެ ސައްހަ ވޯޓުގެ އަދަދަކީ 24،623 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 479 އެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ނަޝީދު ފިޔަވައި އިތުރު މީހަކު ކުރިމަތި ނުލާތީ އެ މަގާމަށް ބޭއްވީ ފެންނަ ނުފެންނަ ވޯޓެކެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ނައިބު ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ޝިފާޒް ހޮވީ 13،815 ވޯޓުންނެވެ. އަސްލަމަށް ހޯއްދެވުނީ 10،840 ވޯޓެވެ. ސައްހަ ވޯޓުގެ އަދަދަކީ 24،655 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 447 އެވެ.
ނަޝީދަށް މަގާމު ދިފާއު ކުރެއްވުނީ 23،000 ވޯޓުން
މި ކާމިޔާބީ އަކީ އާއްމު މެމްބަރުންގެ އިތުބާރު: ޝިފާޒް
އެމްޑީޕީގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
އެމްޑީޕީގެ އިންތިހާބު: ވޯޓުލާން 87،000 މީހުން
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް
ނަޝީދުގެ މައްސަލަ އެޖެންޑާގައި ހިމަނަން އެދިއްޖެ
އެއްވެސް ކަމެއް ކުރާނީ ނަޝީދު ވަކިކޮށްފައި: އެމްޑީޕީ
ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން ފާސްކޮށްފި
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
ނަޝީދަށް ސީދާ މެސެޖު ކުރިން، ހައްލު ނުވި: އަސްލަމް