Roadha Mihaaru

38 އަހަރަށް ފަހު ފްލަމެންގޯ އަށް ދެކުުނު އެމެރިކާގެ ޗެމްޕިއަންކަން ލިބިއްޖެ

ލީމާ، ޕެރޫ (ނޮވެމްބަރު 24) - ދެކުނު އެމެރިކާގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބެޓެޑޯރެސްގެ ފައިނަލުގައި ރޭ ފަހު ވަގުތު ވައްދާލި ލަނޑުތަކާ އެކު އާޖެންޓީނާގެ ރިވަ ޕްލޭޓްގެ މައްޗަށް 2-1 އިން ކުރި ހޯދައި ބްރެޒިލްގެ ފްލަމެންގޯ އިން 38 އަހަރަށް ފަހު މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ދެކުނު އެމެރިކާގެ ޗެމްޕިއަންކަން ފްލަމެންގޯ އަށް
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

24 ނޮވެމްބަރ 2019

ލީމާ، ޕެރޫ (ނޮވެމްބަރު 24) - ދެކުނު އެމެރިކާގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބެޓެޑޯރެސްގެ ފައިނަލުގައި ރޭ ފަހު ވަގުތު ވައްދާލި ލަނޑުތަކާ އެކު އާޖެންޓީނާގެ ރިވަ ޕްލޭޓްގެ މައްޗަށް 2-1 އިން ކުރި ހޯދައި ބްރެޒިލްގެ ފްލަމެންގޯ އިން 38 އަހަރަށް ފަހު މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ކޮޕާ ލިބެޓެޑޯރެސް ތަށި ފްލަމެންގޯ އިން އެންމެ ފަހުން އުފުލާލީ 1981 ވަނަ އަހަރު އެވެ. މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގެ ތަށި ހޯދުމަށް ފަހު ފްލަމެންގޯ އިން އަމާޒުހިފާފައިވަނީ އަންނަ މަހު ގަތަރުގައި އޮންނަ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށެވެ.

ޕެރޫގެ އެސްޓަޑިއޯ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 15 ވަނަ މިނިޓްގައި ރިވަ ޕްލޭޓަށް ލީޑުނަގައިިދިނީ ރަފައެލް ސަންޓޯސް ބޯރޭ އެވެ. މުޅި މެޗުގައި ކަހަލަ ގޮތަކަށް ރިވަ ޕްލޭޓުން ޑޮމިނޭޓްކޮށްގެން ކުޅުނު މި މެޗުގައި ފްލަމެންގޯ އިން ނަތީޖާ އަނބުރާލީ މެޗުގެ ފަހު ވަގުތުގަ އެވެ. ދެ ގޯލު ވެސް ޖެހީ އިންޓަ މިލާނުގެ ލޯން އެއްބަސްވުމެއްގެ ދަށުން ފްލަމެންގޯ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ބާބޯސާ (ގަބިގޯލް) އެވެ.

ފްލަމެންގޯގެ ފަހު ގޯލު ޖެހުމަށް ފަހު ބާބޯސާ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ފްލަމެންގޯގެ ފަހު ގޯލު ޖެހުމަށް ފަހު ބާބޯސާ އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރިވަ ޕްލޭޓުން މި މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި އެ ޓީމުގެ އެޒެކީލް ޕަލާސިއޯސް އަށް ރަތް ކާޑެއް ދެއްކުމުންނެވެ.

ކުރިން ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ޑިއޭގޯގެ ކެޕްޓަންކަމުގައި ކުޅޭ ފްލަމެންގޯ ރޭގެ މެޗުން މޮޅުވުމުން އެ ޓީމު ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. އަދި ކޮޕަ ލިބެޓެޑޯރެސް ފައިނަލެއްގައި އާޖެންޓީނާގެ ޓީމެއް އަތުން ބްރެޒިލް ޓީމެއް މޮޅުވުމުން ބްރެޒިލްގެ އެހެން ކްލަބްތަކުން ވެސް މި އުފާފާޅުކުރުމުގައި ބައިވެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަމަނުޖެހުންތައް ބޮޑުވުމުން މިދިޔަ އަހަރުގެ ކޮޕާ ލިބެޓެޑޯރެސް ފައިނަލުގެ ފަހު ލެގު ކުޅުނީ ރެއާލް މެޑްރިޑް ދަނޑުގަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ރިވާ ޕްލޭޓުން ވަނީ 3-1 އިން ބޮކަ ޖޫނިއާސް ބަލިކޮށްފަ އެވެ.