28 ސެޕްޓެމްބަރ 2016
ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލްތަކުގެ މެޖޯރިޓީ ޕީޕީއެމަށް ދޭންޖެހޭ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލްތަކުގެ މެޖޯރިޓީ ޕީޕީއެމަށް ދޭންޖެހޭ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީ އިން މާލޭގައި ޝޯރޫމެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، ފެނުގެ ނިޒާމް ގާއިމްކޮށްފައިވަނީ އެންމެ ފަސް ރަށެއްގައި ކަމަށެވެ. އެ ހިދުމަތް އޭރު ލިބެމުން ދިޔައީ އާބާދީގެ 25 ޕަސެންޓަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައިވަނީ 30 ރަށެއްގައި ކަމަށްވާއިރު، އެ ހިދުމަތް އޭރު ލިބެމުން ދިޔައީ އާބާދީގެ 37 ޕަސެންޓަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އިތުރު 10 ރަށެއްގައި ފެނުގެ ނިޒާމް އަދި އެހެން 10 ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި އާބާދީގެ 75 ޕަސެންޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު، ވަރަށް ބާރަށް ކުރަންޖެހޭ މަސައްކަތްތަކެއް. އެހެން ނަމަވެސް މި މަސައްކަތް މިދަނީ ކުރެވެމުން،" ތޯރިގް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ޝޯރޫމް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރު ތޯރިގް އިބްރާހިމާއި އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް އަދި ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން.---ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުން ވެސް މުހިންމު ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، އަންނަ ޖެނުއަރީ 14 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރަށް މެޖޯރިޓީ ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުރިހާ ކައުންސިލެއްގެ މެޖޯރިޓީ ވެސް ސަރުކާރު ހިންގާ ޕީޕީއެމަށް ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެން މިދަންނަވާ ސަބަބަކީ އަޅުގަނޑުމެންގެ ސަރުކާރުން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، އަޅުގަނޑުމެންގެ ޓާގެޓަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން އެ ކަންތައްތައް ކާމިޔާބުކުރައްވަމުން އެ ގެންދަވަމުން ދާތީ،" ތޯރިގް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ޝޯރޫމް މިރޭ ހުޅުވައި ދެއްވުމަށް ފަހު، އެތަނުގައި ހުރި ބައެއް ތަކެތި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އަދި އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ބައްލަވައިލައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އަދި އިދިކޮޅު ފަރާތްތަކުން އެ ގޮންޖެހުންތައް ސަރުކާރަށް ކުރިމަތި ކުރުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިހާރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނުމާ ގުޅިގެން ފިއްތުންތައް ކުރިމަތިކުރުން ކަމަށް ތޯރިގް ވިދާޅުވި އެވެ.
"އެ ކަންކަމާ ހާސްވާނެ ކަމެއް ނެތް. ކުރިއެރުން ދުވަހަކަށް ވުރެ ދުވަހެއް ދާނީ ކުރިއަށް. ކުރިއެރުމަަކަށް ބަދަލެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.
އާ ކައުންސިލްތަކާ ދެމެދު ވެސް ސިޔާސީ "ބޮޑު ފާރު"
ވޯޓު ލާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފި
ދެ ވަނަ ދައުރު ނިމެނީ، މާޒީގެ ތަޖުރިބާ ކުރިމަގަށް
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
އެމްޑީޕީގެ 400 ޓިކެޓަށް ވާދަކުރާކަށް ނުޖެހުނު
ޑީއާރުޕީގެ އަމާޒަކީ ގިނަ ގޮނޑިތަކެއް ހޯދުން: ޖާބިރު
އަންނަ އަހަރު 980 ކައުންސިލަރުން އިންތިހާބު ކުރާނެ
އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދެނީ
ލޯކަލް އިންތިހާބަށް ކުރިމަތިލުން މި މަހުގެ ނިޔަލަށް
ކުށްވެރިންނަށް ވާދަކުރެވޭ އިސްލާހު ބަލައިގަނެ ކޮމެޓީއަށް