Roadha Mihaaru
ރާއްޖޭގެ ޑައިވިން ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފި

ރާއްޖޭގެ ޑައިވިން ދުނިޔޭގެ ރެކޯޑް ފޮތުގައި ލިސްޓްކޮށްފި

19 ނޮވެމްބަރ 2019

މިދިޔަ އޮކްޓޫބަރު ރާއްޖެއިން މުގުރާލި ފްރީ ޑައިވިން ރެކޯޑް ގިނީސް ވޯލްޑް ރެކޯޑު ފޮތުގައި ރަސްމީކޮށް ލިސްޓުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އޮކްޓޫބަރު ރާއްޖެއިން މުގުރާލި ފްރީ ޑައިވިން ރެކޯޑް ގިނީސް ވޯލްޑް ރެކޯޑު ފޮތުގައި ރަސްމީކޮށް ލިސްޓުކޮށްފި އެވެ.

ރާއްޖެ އިން އެންމެ ގިނަ ޑައިވަރުން އެއް ފަހަރާ ފްރީ ޑައިވް ކުރުމުގެ ރެކޯޑް ހެދީ 521 ޑައިވަރުންނާ އެކު އެކު އެވެ. މީގެ ކުރިން މި ރެކޯޑް ހަދާފައިވަނީ އިޓަލީންނެވެ. މި ރެކޯޑް 2009 ވަނަ އަހަރު ހަދާފައި ވަނީ 280 މީހުންނާ އެކު އެވެ. މި ރެކޯޑް މުގުރާލުމަށް ޑައިވަރުން 30 ސިކުންތު ވަންދެން މޫދު އަޑީގައި ތިބެން ޖެހެ އެވެ.

ބަރޮސް މޯލްޑިވްސް ރިސޯޓުގައި ކުރިއަށްދިޔަ މި ޑައިވް ކުރުމުގެ ހަރަކާތުގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.

އެންމެ ގިނަ ޑައިވަރުން އެއް ފަހަރާ ފްރީޑައިވް ކުރުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލަން ބަރޮސް މޯލްޑިވްސްގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ--. ފޮޓޯ:ނިޝާން އަލީ/ މިޙާރު

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ބޭއްވި މި ހަރަކާތުގެ އިތުރުން އަންނަ އަހަރު ވެސް މިފަދަ އިތުރު ޑައިވިން ރެކޯޑެއް މުގުރާލުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ރަށެއްގެ ވަށައިގެން 500 މީހުންނާ އެކު ސްކޫބާ ޑައިވިނަށް ދިއުމުގެ ރެކޯޑު ހަދާނެ ކަމަށް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓް

ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ތަފާތު އެގި ގޮތްތަކަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން އަންނަ އަހަރު ވެސް ގިނަ ހަރަކާތްތަކެއް ރާވާފައިވެ އެވެ.