Roadha Mihaaru
މިފަހަރު 5ޖީ ފޯނެއް ނޫން، ޓަޔަރެއް

މިފަހަރު 5ޖީ ފޯނެއް ނޫން، ޓަޔަރެއް

20 ނޮވެމްބަރ 2019

އިންޓަނެޓްގެ އަހުލުވެރިން 5ޖީގެ ވާހަކަ އެންމެ ބޮޑަށް ދައްކަނީ ސްމާޓްފޯނާ ގުޅުވައިގެންނެވެ. އެކަމަކު މި ފަހަރު މިއީ 5ޖީ އާއި ފޯނުގެ ވާހަކައެއް ނޫނެވެ. މިއީ 5ޖީ ޓަޔަރެއްގެ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނެޓްގެ އަހުލުވެރިން 5ޖީގެ ވާހަކަ އެންމެ ބޮޑަށް ދައްކަނީ ސްމާޓްފޯނާ ގުޅުވައިގެންނެވެ. އެކަމަކު މި ފަހަރު މިއީ 5ޖީ އާއި ފޯނުގެ ވާހަކައެއް ނޫނެވެ. މިއީ 5ޖީ ޓަޔަރެއްގެ ވާހަކަ އެވެ.

އިޓަލީގެ މަޝްހޫރު ޓަޔަރު ކުންފުނި ޕިރެލީން އީޖާދުކުރި މި ޓަޔަރަކީ އެއަށް ހާއްސަ މޮބައިލް އެޕެއްގެ އެހީގައި އޭގެ ހާލަތު އަބަދުވެސް ބަލައިލެވޭ އެއްޗެކެވެ. ޓަޔަރުގެ އެންމެ ހާއްސަ އެއް ފީޗާ އަކީ އޭގައި އެކުލެވޭ ސެންސަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 147 އަހަރުގެ ތާރީހެއް އޮތް ޕިރެލީ 5ޖީ ޓަޔަރު އުފެއްދީ އެރިކްސަނާއި އައުޑީ، ޓިމް، އިޓާލްޑިޒައިން އަދި ކޭޓީއެޗް ގުޅިގެންނެވެ. އަދި މި ކުންފުނިތަކުން މިހާރު ވަނީ މި ޓަޔަރު ކާރުގެ ފުރޮޅުތަކަށް ލައްވައިގެން ތަޖުރިބާ ވެސް ކޮށްފަ އެވެ.

މީގެ ޓަޔަރުން މަގުތަކުގެ ހާލަތާ ގުޅިގެން ޓަޔަރަށް އަންނަ ބަދަލުތައް އެޕަށް ފޮނުވައިދޭނެ އެވެ. އެހެންވެ މިއީ ވެހިކަލް ދުއްވަން އިންނަ މީހާ އަށް ވެސް މަގުތަކުގެ ހާލަތު ވަރަށް ރަނގަޅަށް އަންގައިދޭނެ އެއްޗަކަށް ވާނެ އެވެ.

ޕިރެލީން ބުނި ގޮތުގައި މިއީ ރައްކާތެރިކަމުގެ ވަރަށް ބޮޑު ފިޔަވަަޅަކަށް ވާނެ އެވެ. ނަމަވެސް ޓަޔަރާ ބެހޭ މާ ގިނަ ތަފުސީލުތަކެއް އަދި ހިއްސާއެއްނުކުރެ އެވެ. އެހެންވެ 5ޖީ ޓަޔަރު ބާޒާރަށް އަންނާނެ އިރެއް ކަށަވަރެއްނުވެ އެވެ.