17 ނޮވެމްބަރ 2019
ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީގޮތުން އުޅުނު ކަމަށް ރިޔާސީ ކޮމިޝަންގެ ތަހުގީގުން ހާމަވި، ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއަައިއެލް) ގައި އަދާކުރަމުން އައި ވަޒީފާ އިން މިއަދު ސަސްްޕެންޑްކޮށްފި އެވެ.
ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީގޮތުން އުޅުނު ކަމަށް ރިޔާސީ ކޮމިޝަންގެ ތަހުގީގުން ހާމަވި، ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއަައިއެލް) ގައި އަދާކުރަމުން އައި ވަޒީފާ އިން މިއަދު ސަސްްޕެންޑްކޮށްފި އެވެ.
ޖީއެމްޒެޑްއައިއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) "މިހާރު" އަށް ވިދާޅުވީ ޝާން އެ ކުންފުނީގައި އަދާކުރަމުން އައީ ތިލަފުށީ ސައިޓް ސުޕަވައިޒަރެއްގެ މަގާމު ކަމަށާއި އޭނާ ސަސްޕެންޑްކުރި ކަމުގެ ލިޔުން، ރިޕޯޓް ނެރުނު ދުވަހު ހަވާލު ނުކުރެވުނީ ބަންދު ދުވަހަކަށް ވާތީ ކަަމަށެވެ.
"މުއައްސަސާތަކަށް ރިޕޯޓް ފޮނުވީ ހުކުރު ދުވަހު، އެއީ ބަންދު ދުވަހެއް، އިއްޔެ އަކީ ވެސް ބަންދު ދުވަހެއް. މިއަދު އޮފީސް ހުޅުވުމާ އެކު އަޅުގަނޑުމެން ވާނީ ޝާން ސަސްޕެންޑްކުރި ކަމުގެ ލިއުން އޭނާއާ ހަވާލުކޮށްފައި. މައްސަލަ ބަލާ ނިމެންދެން އޭނާ އެ ހުރީ ސަސްޕެންޑްކޮށްފައި،" އިބޫ ވިދާޅުވި އެވެ.
ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އިސް އެކްޓްވިސްޓަކަށް މިހާރު އުޅޭ ޝާން އަކީ މިހާރުގެ ސިޔާސީ ބައެއް އިސް ބޭފުޅުންގެ ގާތް އެކުވެރިއެކެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެ ހުކުމެއް އައީ ހ. ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ. އޭނާ މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ހުމާމާ އެކު ޝާން ވެސް ހަމަލާގައި ބައިވެރިވި ކަމަށް ކުރި ދައުވާ ސާބިތު ނުވެ 2016 ވަނަ އަހަރު އޭނާ މިނިވަންވީ އެވެ. އެކަމަކު އެ މައްސަލަ އިސްތިއުނާފެއް ވެސް ނުކުރެ އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިން ވިދާޅުވެފައި ވަނީ ޝާންގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ޝާން ބައިވެރިވިކަން ހާމަކުރެވޭ ވަރުގެ ހެކި ފުލުހުންގެ އަތުގައި އެބަހުރި ކަމަށެވެ.
ގޭންގު ކުށްތަކާ ގުޅިގެން ޝާންގެ ފައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓެގު ވެސް އެޅުވި އެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި ހުމާމާއި ޝާން އާއި އޭރު އުމުރުން 18 ނުފުރޭ ކުއްޖަކު ވެސް ބައިވެރިވި އެވެ. އަދި މީގެ އިތުރުން އެހެން ބަޔަކު ވެސް ބައިވެރިވާ ކަމަށް ބެލެވޭ ކަމަށާއި އެކަމަކު އެ މީހުން ރާއްޖޭން ބޭރަށް ގޮސްފައި ވާތީ އެ މީހުންގެ މައްސަލަ ތަހުގީގެއް ނުކުރެވެ އެވެ.
ރިޕޯޓްގައި ޝަހީމަށް ކުރީ ދޮގުތުހުމަތު: އިދިކޮޅު
ރިޕޯޓް އާއްމުވި މައްސަލަގައިގައި ޝުމްބާއާ ސުވާލުކޮށްފި
ކޯޓު އަމުުރަށް އެދެން ޖެހޭނީ ކޮމިޝަނުން:ސީޕީ
މަރުގެ ތުހުމަތަށް ހައްޔަރުކުރީ ކުއްޖާގެ ދެ އެކުވެރިން!
ޝަހީމްގެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހަށް
ސަބް ކޮމިޓީގެ ރިޕޯޓުގައި ސަޓޯގެ ނަމެއް ނެތް
އަފްރާޝީމްގެ މަރާ ގުޅޭ ގިނަ ކަންކަން މަޖިލީހުން ބަލަނީ
ރިޕޯޓާ ގުޅިގެން އެހީތެރިކަމަށް އަދި ނޭދޭ: ޕޮލިސް
4 މިލިއަނާ ގުޅޭ ގޮތުން ޖާގެ އޯޑިއޯ ވީތަނެއް ނޭނގޭ!
އަދުލުއިންސާފާ ނުލައި ތަރައްގީގެ ބޭނުމެއްނެތް: ރައީސް