12 ނޮވެމްބަރ 2019
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލާގެ ތަހުގީގު އަޑުއެހުމަށް ފަނޑިޔާރު އާދަމް ހާޒިރުވެ ވަޑައިނުގަތީ އެ ކޮމިޝަނުން ބަލަަމުންދަނީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލޭނެ މައްސަލަތަކެއް ކަމަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލާގެ ތަހުގީގު އަޑުއެހުމަށް ފަނޑިޔާރު އާދަމް ހާޒިރުވެ ވަޑައިނުގަތީ އެ ކޮމިޝަނުން ބަލަަމުންދަނީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލޭނެ މައްސަލަތަކެއް ކަމަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްތަކުގެ ބޭރުން ނިންމާފައިވާ ނިންމުންތަކުގެ މައްސަލަ ބަލަން ޖޭއެސްސީން ކުރިން އޮތީ ނިންމައިފަ އެވެ. އެ މައްސަލާގައި ފަނޑިޔާރު އާދަމްގެ ސުލޫކީ މައްސަލައެއް ވެސް ބަލަން ނިންމައި، އެ މައްސަލާގެ ތަހުގީގު އަޑުއެހުމެއް މިއަދަށް ތާވަލްކުރި އެވެ. އެކަމަކު ފަނޑިޔާރު އާދަމް ހާޒިރުވެ ވަޑައިގަތުމަށް އުޒުރުވެރިވުމުން އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން އާންމުކުރި ބަޔާނެއްގައިވަނީ ފަނޑިޔާރަކު މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނިންމާފައިވާ އެއްވެސް ނިންމުމަކާ ގުޅިގެން އެެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރެއްގައި ކަނޑައަޅާފައިވާ ކަމަށާއި އެހެންވެ ޖޭއެސްސީން މިހާރު ބަލަމުންދާ މައްސަަލަތަކަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ފަނޑިޔާރު އާދަމް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަތަކުގައި ޖޭއެސްސީ އަށް ހާޒިރުވާން އަންގައި، ފޮނުވި ނޯޓިސްއަކީ ބާތިލް އަމުރެއް ކަމަށް ފަނޑިޔާރު އާދަމް ދެކެވަޑައިގަންނަވާ ކަމަށާއި އަދި ގާނޫނުއަސާސީން ލިބިދޭ ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމުގެ ހައްގުގެ ދަށުން އެ މައްސަލާގެ ތަހުގީގަށް ހާޒިރުވާން އުޒުރުވެރިވެ ވަޑައިގަންނަވާ ކަން ފަނޑިޔާރު އާދަމް ޖޭއެސްސީ އަށް އަންގަވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ މައްސަލާގައި ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ކުރިން ހަމަޖެއްސި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ޖޭއެސްސީން ކުރިން ނިންމީ ވެސް ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގަކުން ގަސްދުގައި މަހްރޫމް ކުރުމުގެ ގޮތުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ފަނޑިޔާރު އާދަމްގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އެ މައްސަލާގައި އުއްތަމަ ފަނޑިޔާރަށް ޖޭއެސްސީގެ ތަހުގީގު ރިޕޯޓް ފޮނުވުމުން އެމަނިކުފާނު ވެސް ވަނީ އެއީ އެ ކޮމިޝަނަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ވިދާޅުވެ، ކޮމިޝަންގެ ރިޕޯޓާ ހަވާލުވެ ވަޑައިގަތުމަށް ދެކޮޅު ހައްދަވައިފަ އެވެ. އަދި އެ ރިޕޯޓަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ އަސާސެއް ވެސް ނެތް ކަމަށް އެމަނިކުފާނު ވަނީ ޖޭއެސްސީ އަށް އަންގަވައިފަ އެވެ.
ފަނޑިޔާރު އާދަމް އުޒުރުވެރިވާތީ އަޑުއެހުން ކެންސަލް
އާދަމް މުހައްމަދު، ޖަމީލްއާ މުއާމަލާތްކުރި މައްސަލައެއް
ފަނޑިޔާރު އާދަމްގެ ތަހުގީގު އަޑުއެހުން ފަސްކޮށްފި
ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ހުޅުވާލަނީ
ފަނޑިޔާރު އާދަމްގެ މައްސަލަ ހުޅުވާލަން އެދިވަޑައިގެންފި
ތިން ފަނޑިޔާރުންނަށް ނަސޭހަތްދޭން ޖޭއެސްސީން ނިންމައިފި
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"