އަމީތާބް ބައްޗަން އާއި އަޔޫޝްމަން ކުރާނާ މުހިއްމު ރޯލްތަކުން ފެންނަ ފިލްމު "ގުލާބޯ ސިތާބޯ" ރިލީޒްކުރާ ތާރީހު އަނެއްކާ ވެސް ބަދަލުކޮށްފި އެވެ.
01 ނޮވެމްބަރ 2019
އަމީތާބް ބައްޗަން އާއި އަޔޫޝްމަން ކުރާނާ މުހިއްމު ރޯލްތަކުން ފެންނަ ފިލްމު "ގުލާބޯ ސިތާބޯ" ރިލީޒްކުރާ ތާރީހު އަނެއްކާ ވެސް ބަދަލުކޮށްފި އެވެ.
އަންނަ މަހު ގެނެސްދޭން ތާވަލްކުރުމަށް ފަހު އަންނަ އަހަރުގެ އެޕްރީލް މަހުގެ 24 އަށް ފިލްމު އޮތީ ފަސްކޮށްފަ އެވެ. ފިލްމުގެ ތާރީހަށް ގެނައި ބަދަލާ އެކު، "ގުލާބޯ ސިތާބޯ" ރިލީޒްކުރުން މިހާރު ވަނީ މަހެއްހާ ދުވަހަށް އަަވަސްކޮށްފަ އެވެ.
އެގޮތުން ޝޫޖިތު ސިރްކާ ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. މިހާރު ޝޫޓިން ވެސް ނިންމާފައިވާ މި ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން "އޮކްޓޯބާ" އަށް ފަހު، ޝޫޖިތު ގެނެސްދޭ ފުރަތަމަ ފިލްމެވެ.
"ގުލާބޯ ސިތާބޯ" ގެ ދެ ތަރިން ކުރިން ވެސް ވަނީ އޭނާއާ އެކު މަސައްކަތްކޮށްފަ އެވެ. އަޔޫޝްމަންގެ އަލަތު ފިލްމަކީ ސުޖިތު 2012 ގައު ގެނެސްދިން "ވިކީ ޑޯނާ" އެވެ. އަމީތާބް ކުޅުނު "ޕީކޫ" އަކީ ޝޫޖިތު މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ފިލްމެވެ.
IT'S OFFICIAL... New release date... #GulaboSitabo to release *earlier*: 28 Feb 2020... Stars Amitabh Bachchan and Ayushmann Khurrana... Directed by Shoojit Sircar... Here's the first look of Ayushmann from the film: pic.twitter.com/wCZMZMXx29
— taran adarsh (@taran_adarsh) October 30, 2019
"ގުލާބޯ ސިތާބޯ" ގެ މަސައްކަތް ފެށިއިރު، ޝުޖިތު ވަނީ ވިކީ ކޯޝަލްއާ އެކު އިންޑިއާގެ ތާރީހީ ހަނގުރާމަވެރިއެއް ކަމަށްވާ "އުދަމް ސިންގް" ގެ ވާހަކަ ކިޔައިދޭ ފިލްމެއްގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.
މީގެ ދެ އަހަރު ކުރިން ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްއާ އެކު ގެނެސްދިން ފިލްމު "ޕޯސްޓަރު ބޯއި" އިން ޑައިރެކްޝަނަށް ނުކުތް އެކްޓަރު ޝްރެޔަސް ތަލްޕަޅޭގެ ދެވަނަ ފިލްމު އިއުލާންކޮށް، އޭގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
Thank you so much mere bhai @Tutejajoginder. M keeping fingers crossed. It’s a fantastic story, laced with loads of humour. https://t.co/SZEzbjY8od
— Shreyas Talpade (@shreyastalpade1) October 30, 2019
އޭނާ ޑައިރެކްޓްކޮށް، އެކްޓް ވެސްކުރާ ފިލްމުގެ ނަމަކީ "ސަރު ކާރު ސޭވާ މޭ" އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ހަރީހަރަން އައްޔަރާއި ރާޖް ބަޓަޗާރިއާ އެވެ. ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. އެހެންވެ މީގެ އިތުރު ކާސްޓުންނަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ.
"ސަރު ކާރު ސޭވާ މޭ" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ހޫނު މޫސުމުގަ އެވެ.
ޝްރެޔަސްއަކީ ކޮމެޑީ ރޯލްތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރެކެވެ. އޭނާ ވަނީ "ހައުސްފުލް" އާއި "ގޯލްމާލް" ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.
ކުރިން އަންނަ މަހުގެ 29 ގައި ގެނެސްދޭން ނިންމާފައި އޮތް ސައިފް އަލީ ޚާންގެ ރޮމޭންޓިކް ކޮމެޑީ "ޖަވާމި ޖާނެމަން" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
The team of #JawaaniJaaneman pose for a happy picture. pic.twitter.com/TDD0leK4zn
— Filmfare (@filmfare) July 31, 2019
ސައިފް އަލަށް އުފެއްދި ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އިން ޕްރޮޑިއުސްކޮށް، ނިތިކް ކައްކަރު ޑައިރެކްޓްކޮށްފައިވާ ފިލްމު އަންނަ އަހަރަށް ފަސްކުރި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ. "ޖަވާނި ޖާނެމަން" ގެ މަންޒަރުތައް ޖުލައި އާއި އޮގަސްޓް މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ވަނީ ނަގައި ނިންމައިފަ އެވެ. މި ފިލްމަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ ބޮލީވުޑަށް ތައާރަފުވާ ފިލްމު ވެސް މެ އެވެ. އެގޮތުން އޭނާ ފިލްމުގައި ފެނިގެންދާނީ ސައިފްގެ ދަރިއެއްގެ ރޯލުންނެވެ.
ތައްބޫ ވެސް މުހިއްމު ރޯލަކުން ފެނިގެންދާ "ޖަވާނި ޖާނެމަން" އަކީ ޒުވާން އަންހެން ކުއްޖަކާއި ދުވަސްވީ ކަމަށް ގަބޫލުނުކުރާ ހިތް ޒުވާން ބައްޕައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ކަރަން ޖޯހަރުގެ ފިލްމު "ޑްރައިވް" ގެ ލަވަތަކުގެ ތެރެއިން "ބްލެކް ކާ" ބެލުންތެރިންނަށް ދައްކާލައިފި އެވެ.
Beats that will leave your heart spiking for the miles! #BlackCar song out now - https://t.co/6AlF1aPj2u@apoorvamehta18 @itsSSR @Asli_Jacqueline @Tarunmansukhani @DharmaMovies @NetflixIndia @javedmohsinMZK #SurajChauhan @ShivranjaniS @ItsAriffKhan @ZeeMusicCompany #Drive
— Karan Johar (@karanjohar) October 30, 2019
ޖެކްލިން ފެނަންޑޭޒާއި ސުޝާންތު ސިންގް ރާޖްޕޫތު ފެނިގެންދާ ލަވައިގެ މިއުޒިކް ހަދާފައި ވަނީ ޖާވިދު-މުހުސިނެވެ. ލަވަކިޔާފައި ވަނީ އެ ދެ މީހުންނާއި ސޫރަޖް ޗޯހަންގެ އިތުރުން އާރިފް ޚާނެވެ.
"ޑްރައިވް" އަކީ ތަރުން މަންސުޚާނީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މި ފިލްމު ނެޓްފްލިކްސް އިން މިއަދު ސްޓްރީމްކުރަން ފަށާނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟
އަނެއްކާވެސް ބޮލީވުޑްގެ ފިލްމެއް ސީދާ ނެޓްފްލިކްސް އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޑްރައިވް" ނޮވެމްބަރުގައި 1 ގައި ނެޓްފްލިކްސް އަށް
"ޑްރައިވް" ތިއޭޓަރަކަށް ނޫން، ނެޓްފްލިކްސް އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް