22 ސެޕްޓެމްބަރ 2019
ރިލީޒްކުރާނެ ތާރީހު ދެ ފަހަރަކަށް އިއުލާންކޮށް، ތާރީހު ކަށަވަރު ނުވެ އޮތް، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ދިގުލައިގެން ގޮސްފައިވާ ފިލްމު "ޑްރައިވް" ސިނަމާތަކުގައި ރިލީޒްކުރުމުގެ ބަދަލުގައި ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ރިލީޒްކުރާނެ ތާރީހު ދެ ފަހަރަކަށް އިއުލާންކޮށް، ތާރީހު ކަށަވަރު ނުވެ އޮތް، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ދިގުލައިގެން ގޮސްފައިވާ ފިލްމު "ޑްރައިވް" ސިނަމާތަކުގައި ރިލީޒްކުރުމުގެ ބަދަލުގައި ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ކަރަން ވަނީ އެ ވާހަކަ ފިލްމުގެ ދެ ތަރިންގެ ފޮޓޯތަކަކާ އެކު ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ވަރަށް އަވަހަށް ފިލްމު ނެޓްފްލިކްސް އަންނާނެ ކަމަށެވެ. "ޑްރައިވް" ގެ ތަރިންނަކީ އެކީގައި އަލަށް ފިލްމެއް ކުޅުނު ސުޝާންތު ރާޖްޕޫތާއި ޖެކްލިން ފެނަންޑޭޒެވެ.
Shifting into high gear with #Drive! Coming onto your #Netflix screens soon.@apoorvamehta18 @itsSSR @Asli_Jacqueline @Tarunmansukhani @DharmaMovies @NetflixIndia pic.twitter.com/XjNj3ZQJSw
— Karan Johar (@karanjohar) September 20, 2019
މި ފިލްމުގެ ޑައިރެކްޓަރަކީ ދަރުމާ އިން 2008 ގައި ގެނެސްދިން "ދޯސްތާނާ" ގެ ޑައިރެކްޓަރު ތަރުން މަންސުޚާނީ އެވެ. "ޑްރައިވް" އެންމެ ފުރަތަމަ ރިލީޒްކުރާ ގޮތަށް އޮތީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެކަމަކު ފަހުން ވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 އަށް ބަދަލުކޮށްފަ އެވެ. އެކަމަކު އެ ދެ ތާރީހުގައި ވެސް ފިލްމު ރިލީޒްނުކުރެވި، އެކަމާ ބެހޭ ގޮތުން މީޑިއާތަކުން ތަފާތު ވާހަކަތަކެއް ދެކެވެމުން ދަނިކޮށް ފިލްމު ރިލީޒްކުރާނެ ކަމަށް ބުނެ ކަރަން އެންމެ ހުން އިއުލާންކުރި ތާރީހަކީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.
ނަމަވެސް އެ ތާރީހުގައި ވެސް "ޑްރައިވް" ގެނެސްނުދެވެމުން ބައެއް މީޑިއާތަކުން ވަނީ މި ފިލްމު ރިލީޒްކޮށްފާނެކަމާ ދޭތެރޭ ސުވާލު ވެސް އުފައްދައިފަ އެވެ.
ކުރިން ރޭވި ގޮތަށް "ޑްރައިވް" ގެ މަސައްކަތް ކުރިއަށް ނުދިޔަ ސަބަބެއް ކަރަން މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން މި އެކްޝަން ތުރިލާ ރިލީޒްނުކުރެވި ދިގުލައިގެން ދިޔައީ އެއަށް ޑައިރެކްޓްކޮށްފައި ކޮށްފައި ހުރި މަސައްކަތްތަކާ ދޭތެރޭ ކަރަން ހިތްހަމަނުޖެހިގެންނެވެ.
"ޑްރައިވް" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ނިންމި އިރު، ދަރުމާ އިން ވަނީ އެ ޕްލެޓްފޯމާ ގުޅިގެން އުފެއްދުންތަކެއް ގެނެސްދޭން އަތުވެސް ގުޅާލައިފަ އެވެެ.
އަނެއްކާވެސް ބޮލީވުޑްގެ ފިލްމެއް ސީދާ ނެޓްފްލިކްސް އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޑްރައިވް" ނޮވެމްބަރުގައި 1 ގައި ނެޓްފްލިކްސް އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަރަންގެ "ޑްރައިވް" ދެން ރިލީޒްނުކޮށްފާނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް