31 އޮކްޓޯބަރ 2019
އަމިއްލަ ނަފުސު ދެކެ ލޯބިވާ އަދި އަބަދު ވެސް އަމިއްލަ ކަންކަމަށް އިސްކަންދޭ މީހުންނަށް ޑިޕްރެޝަނާއި ސްޓްރެސް ފަދަ މައްސަލަތައް ދިމާވުން ކުޑަ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
އަމިއްލަ ނަފުސު ދެކެ ލޯބިވާ އަދި އަބަދު ވެސް އަމިއްލަ ކަންކަމަށް އިސްކަންދޭ މީހުންނަށް ޑިޕްރެޝަނާއި ސްޓްރެސް ފަދަ މައްސަލަތައް ދިމާވުން ކުޑަ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
އަމިއްލަ ނަފުސު ދެކެ ލޯބިވާ މީހުންނަށް ނަފުސާނީ ގޮތުން ކުރިމަތިވަނީ ކޮން ކަހަލަ މައްސަލަތަކެއްތޯ ދެނެގަތުމަށް އިނގިރޭސިވިލާތުގެ ކްއީންސް ޔުނިވަސިޓީ ބެލްފާސްޓުން ކުރި ދިރާސާގައި ބުނި ގޮތުގައި އެއީ މީހާ "ޕޮޒިޓިވްކޮށްދޭ" ކަމެކެވެ.
ޕާސަނަލިޓީ އެންޑް އިންޑިވިޖުއަލް ޑިފެރެސެސް އާއި ޔޫރަޕިއަން ސައިކޭޓްރީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އަމިއްލަ ނަފުސު ދެކެ ލޯބިވުމަކީ ބޮޑާ ކަމުގެ ސިފައެއްގެ ގޮތުގައި ބައެއް މީހުން ގަބޫލުކުރިޔަސް މުޅި މަންޒަރަށް ބަލާއިރު އެހީ ހަގީގަތެއް ނޫނެވެ.
މި ދިރާސާ އަށް 700 އެއްހާ މީހުންނާ އެ މީހުންގެ އަމިއްލަ ނަފުސާ ދޭތެރޭ ދެކޭ ގޮތާ ބެހޭ ގޮތުން ތިން ކަރުދާހަކުން ސުވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަބްކްލިކިނަލް ނާސިޒަމް މެންޓަލް ޓަފްނެސް އަދި ސިމްޕްޓަސްންސް އޮފް ޑިޕްރެޝަނާއި ޕާސީވްޑް ސްޓްރެސްއާ ބެހޭ ގޮތުން ސުވާލުކޮށްފައިވެ އެވެ.
"ވަލްނަރެބަލް ކެޓަގަރީއަކީ ކަންކަމުން ރެކެން އުޅޭ ޒާތުގެ ނުވަތަ ކަންކަމާ ކުރިމަތިލުމުގައި ފަސްޖެހުންތަކެއް ހުންނަ މީހުން."
ދިރާސާގައި ބުނިގޮތުގައި ނާސިޒަމް ނުވަތަ އަމިއްލަ ނަފުސު ދެކެ ލޯބިވުން ބެހެނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ތިމާ ދޭތެރޭ ވަރަށް ފުޅާކޮށް ވިސްނާ މީހުންނާއި ތަންކޮޅެއް ނާޒުކު މީހުންނެވެ.
ދިރާސާ ޓީމްގައި ހިމެނޭ ކްއީންސް ސްކޫލް އޮފް ސައިކޮލޮޖީގެ ޑރ. ކޮޒްޓާސް ޕެޕަޖިއޯޖިއޯ ވިދާޅުވި ގޮތުގައި އަމިއްލަ ނަފުސާ ދޭތެރޭ ފުޅާކޮށް ވިސްނާ މީހުންނަކީ ކަންކަމާ ކެރިގެން އަމިއްލަ ނަފުސުގެ އިތުބާރާއެކު ކުރިމަތިލާ މީހުންނެވެ. މިކަމުގެ ސަބަބުން އެފަދަ މީހުން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރަން މަގުފަހިވުމާއި ކާމިޔާބު މީހަކަށްވުމަށް ބާރުއަޅައިދޭ ކަމަށް ވިދާޅުވި އެވެ.
"އެފަދަ މީހުން ކަންކަމާ ދޭތެރޭ އަބަދުވެސް ދެކޭނީ ޕޮޒިޓިވްކޮށް. އެކަމުގެ ސަބަބުން އެ މީހުންގެ މެންޓަލް ހެލްތު ވަރުގަދަވޭ،" ކޮޒްޓާސް ވިދާޅުވި އެވެ. "އެކަމަކު އެއާ ހިލާފަށް ވަލްނަރެބަލް ކެޓަގަރީ އަކީ ކަންކަމުން ރެކެން އުޅޭ ޒާތުގެ ނުވަތަ ކަންކަމާ ކުރިމަތިލުމުގައި ފަސްޖެހުންތަކެއް ހުންނަ މީހުން. މިކަމުގެ ސަބަބުން އެ މީހުން ނަފުސާނީ ގޮތުން ބަލިކަށިވޭ."
އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ނަފުސު ދެކެ ލޯބިވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ވިޔަސް، އެކަމުގައި ހައްދެއް އޮންނަން ވާނެ އެވެ. އަދި މާ ބޮޑަށް "އޯވަ-ކޮންފިޑެންސްވުމަކީ" ވެސް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
އެކަނިވެރިކަން ފިލުވައިދޭން ބުޅާ
ނަފުސާނީ މައްސަލަތަކާ ދުރުވާނެ ފަސް ގޮތެއް
ނަފުސާނީ މައްސަލަތައް ހިއްސާކުރުމުން ސިކުނޑިއަށް ލުއިވޭ
އެންމެ ރެއެއްގެ ނިދި ނުލިބުނަސް ހުރިހާ ކަމެއް ގޯސްވޭ
މަސައްކަތްކުރާ ވަގުތު ގިނަވުމުން މަރުތައް އިތުރުވަނީ
ލޮކްޑައުންގައި އަންހެނުންނަށް ނަފްސާނީ މައްސަލަތައް ގިނަ
ޑިޕްރެޝަނާ ދެކޮޅަށް ތާޒާ މޭވާ އާއި ތަރުކާރީ
ޖިންސީ ތަފާތުކުރުންތަކާ ހެދި އަންހެނުންނަށް ޑިޕްރެޝަން
ބިރުވެރި ހުވަފެނަކީ ނަފުސާނީ ބަލީގެ އަލާމާތަކަށް ވެދާނެ
އައިސީޔޫން ނަފްސާނީ މައްސަލަތަކުގެ ބިރު