Roadha Mihaaru
ހަމަދު ސްކޫލުގެ 35 ކެޑޭޓަކު ހުވާކޮށްފި

ހަމަދު ސްކޫލްގެ ކެޑޭޓުން ހުވާކޮށްފި

26 ސެޕްޓެމްބަރ 2016

ލ. ގަމު ހަމަދު ބިން ހަލީފާ އާލް ސާނީ ސްކޫލުގެ 35 ކެޑޭޓަކު ރޭ މަގާމުގެ ހުވާކޮށްފި އެވެ.

ލ. ގަމު ހަމަދު ބިން ހަލީފާ އާލް ސާނީ ސްކޫލުގެ 35 ކެޑޭޓަކު ރޭ މަގާމުގެ ހުވާކޮށްފި އެވެ.

ގަމުގައި ހުންނަ ހަމަދު ސްކޫލުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި 35 ދަރިވަރަކު ކެޑޭޓުކަމުގެ ހުވާކުރިއިރު، އޭގެ ތެރެއިން 11 ކުއްޖަކާ ހަތިޔާރު ހަވާލުކުރުން ވެސް އޮތެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިއާގެ ޔުނިޓަ އިންޓަނޭޝަނަލް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޝަކީނާ ސޯފިއާ އެވެ. އޭނާ ލ. އަތޮޅަށް ވަޑައިގެން އުޅުއްވަނީ ސްކޫލުތަކުގެ އިސްވެރިންނަށާއި ބައެއް ޓީޗަރުންނަށް ސްލޫލް ލީޑަޝިޕާ ގުޅޭ ވޯކްޝޮޕެއް ހިންގުމަށެވެ.

ހަމަދު ސްކޫލުގެ ކެޑޭޓުން ހުވާކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ބައެއް ބެލެނިވެރިންނާއެކު ފޮޓޯއެއް ނަގަނީ.

ހަމަދު ސްކޫލުގެ ކެޑޭޓުން ހުވާކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ބައެއް ބެލެނިވެރިންނާއެކު ފޮޓޯއެއް ނަގަނީ.

ހަމަދު ސްކޫލުގެ ކެޑޭޓް ހަރަކާތުގެ އިންޗާޖް މުހައްމަދު ޝަރީފް ވިދާޅުވީ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށް ފަހު ސްކޫލުގައި ކެޑޭޓް ހަރަކާތްތައް އަލުން ފެށިއިރު، މިހާރު 72 ކެޑޭޓުން އެބަތިބި ކަމަށެވެ.

"ކެޑޭޓު ހަރަކާތުގެ ސަބަބުން، ކުދިންގެ އަޚުލާގު ރަނގަޅުވެ، ކަންކަމަށް އިސްނެގުމުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވޭ. ކެޑޭޓު ހަރަކާތުގެ ފޮނިމީރުކަން މިދަނީ ފެންނަމުން،" އޭނާ ވިދާޅުވި އެވެ.