Roadha Mihaaru
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާގެ ގާނޫނާ ޚިލާފް!

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވެސް ވަޒީފާގެ ގާނޫނާ ޚިލާފް، ގޯސްކޮށް ވަކިކުރި މީހަކަށް އަލުން ވަޒީފާ ދޭން އަންގައިފި

24 އޮކްޓޯބަރ 2019

ގާނޫނާ ޚިލާފަށް ވަޒީފާ އިން ވަކިކުރާ މައްސަލަތައް ބަލާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެތަނުގެ މުވައްޒަފަކު ގާނޫނާ ޚިލާފަށް ވަކިކުރި މައްސަލައެއް ގައި އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނާ ޚިލާފަށް ވަޒީފާ އިން ވަކިކުރާ މައްސަލަތައް ބަލާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެތަނުގެ މުވައްޒަފަކު ގާނޫނާ ޚިލާފަށް ވަކިކުރި މައްސަލައެއް ގައި އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ވަޒީފާ އިން މިދިޔަ މެއި މަހު ވަކިކުރީ އެތަނުގެ ޑިރެކްޓަރެކެވެ. އެ މައްސަލައިގައި އޭނާ ޓްރައިބިއުނަލާ ދެކޮޅަށް ދައުވާކުރީ ސިވިލް ކޯޓުގަ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ އެ މުވައްޒަފު ޓްރައިބިއުނަލްގެ ޑިރެކްޓަރު ކަމުން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާއި ޓްރައިބިއުނަލްގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި މުވައްޒަފުން ވަކި ކުރުމުގައި ގާއިމް ކުރަންޖެހޭ މައުޟޫއީ އަދުލުވެރި ކަމާއި އިޖްރާއީ އަދުލުވެރިކަން ވެސް ޓްރައިބިއުނަލުން އޭނާ ވަކި ކުރުމުގައި ގާއިމް ކޮށްފައި ނެތް ކަމަށް ހުކުމްގައި ވެ އެވެ. އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން ވެސް މިހާރު އިންކާރު ނުކުރާ ކަމަށް ހުކުމުގައިވެ އެވެ.

ޓްރައިބިއުނަލަށް ހުކުމް ގައި އަންގާފައި ވަނީ އޭނާ ކުރިން ހުރި ވަޒީފާ ހަތް ދުވަސް ތެރޭގައި އަނބުރާ ދިނުމަށާއި ވަކިކުރި ތާރީޚުން ފެށިގެން މިއަދާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް 15 ދުވަސް ތެރޭގައި އޭނާ އަށް ދިނުމަށެވެ.

އޭނާ ވަޒީފާ އިން ވަކި ކުރުމުން ލިބުނު ގެއްލުމުގެ ބަދަލަށް އެއް ލައްކަ ރުފިޔާ އާއި ވަކީލަށް ޚަރަދު ކުރަން ޖެހުނު 15،000ރ. އެ މައްސަލައިގައި ނަގައިދޭން އެދުނަސް، ސިވިލް ކޯޓުން ނިންމީ އެ ފައިސާ ދައްކަން ނޭންގޭނެ ކަމަށެވެ.