20 އޮކްޓޯބަރ 2019
ފައިނަލުގައި ބ. އޭދަފުށީގެ މައްޗަށް 5-2 އިން ކުރިހޯދައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ތ. ތިމަރަފުށިން ހޯދައިފި އެވެ.
ފައިނަލުގައި ބ. އޭދަފުށީގެ މައްޗަށް 5-2 އިން ކުރިހޯދައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ތ. ތިމަރަފުށިން ހޯދައިފި އެވެ.
ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ ތިމަރަފުށްޓަކީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އިން ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި ހަމައެކަނި ޓީމެވެ. މި މުބާރާތުގެ ތަށި ތިމަރަފުށިން އެންމެ ފުރަތަމަ ހޯދީ 2016 ވަނަ އަހަރެވެ. ފަސް ފަަހަރު ބޭއްވި މި މުބާރާތުގެ އެންމެ ފުރަތަމަ ތަށި އުފުލާލީ 2015 ވަނަ އަހަރު ބ. ހިތާދޫ އެވެ. ދެން މި މުބާރާތުގެ ތަށި އުފުލާލީ މާލޭގެ ދެ ޓީމު ކަމަށްވާ ހެންވޭރާއި މާފަންނެވެ.
ހުޅުމާލޭ ރެހެންދި ސްކޫލް ޓާފް ދަނޑުގައި ރޭ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި ލީޑުނެގީ އޭދަފުށިންނެވެ. މި ލަނޑު ޖެހީ އުނައިޝް ޒުބައިރު އެވެ. ތިމަރަފުށްޓަށް އެއްވަރުކޮށްދިނީ އިސްމާއިލް މުނީޒު އެވެ. މެޗުގައި ދެ ވަނަ ފަހަރަށް އޭދަފުށްޓައް ލީޑުނަގައިދިނީ އަޙުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ. ދެ ވަނަ ފަހަރަށް ވެސް ތިމަރަފުށްޓައް އެއްވަރުކޮށްދިނީ މުނީޒު އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިމަރަފުށްޓައް ލީޑުނަގައިދިނީ ޓީމަށް މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިދިން ކެޕްޓަން އިބްރާހިމް ސިނާހު އެވެ.
ދެ ވަނަ ހާފްގައި އޭދަފުށިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް މި ހާފްގައި ވެސް ތިމަރަފުށީގެ ލީޑު ދަމަހައްޓަން އަލީ ޝިފާއު (ރޮނާ) އާއި އިބްރާހިމް އަސްވަދު (ގަބޭ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ތިމަރަފުށީގެ ފަހު ދެ ލަނޑު ވެސް ޖެހީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޒުވާން ކުޅުންތެރިޔާ މުނީޒް އެވެ. ފަހު ހާފްގައި ތިމަރަފުށީގެ ލީޑު ހިފަހައްޓައި މި ކާމިޔާބީ ހޯދުމުގައި އެ ޓީމުގެ ކޯޗު އަލީ ފަހުމީ (އައްޔަ)ގެ ނިންމުންތައް ފާހަގަކުރަން ޖެހެ އެވެ.
މުބާރާތުގެ އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމާއި ފެއާ ޕްލޭ ޓީމުގެ މަގާމު ލިބުނީ ފުޓްސަލްގައި ކާމިޔާބު ކޯޗެއް ކަމަށްވާ އަހުމަދު ނިޔާޒް (ނިޔާ)ގެ ކޯޗުކަމުގައި ކުޅުނު ށ. ގޮއިދޫ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އޭދަފުށީގެ ކޯޗު އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޝައްފާޒް (ސައްޕޭ) އެވެ.
އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ތިމަރަފުށީގެ ރޮނާ އާއި އަސްވަދާއި ލ. ގަން ޓީމުގެ ހުސައިން ޝަރީފް (އޮންލީ) އާއި އޭދަފުށި ޓީމުގެ ސޮބީ އަދި ގޮއިދޫ ޓީމުގެ އަލީ އިބްރާހިމް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ ތިމަރަފުށީގެ އަސްވަދު އެވެ.
އެންމެ ގިނަ ލަނޑު ޖެހި ތިން ކުޅުންތެރިއަކަށް ވަނީ ޓްރޮފީ ދީފަ އެވެ ބާރަ ލަނޑު ޖަހައިގެން ޓްރޮފީ ހާސިލްކުރި ތިން ކުޅުންތެރިންނަކީ ރ. އިނގުރައިދޫ ޓީމުގެ ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ އަލީ ހާފިޒް (ހާއްޕެ) އާއި ގޮއިދޫ ޓީމުގެ އަލީ އިބްރާހިމް އަދި ގއ. ކޮނޑޭގެ މުހައްމަދު އިންޝާއު އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަސްވަދު ޓްރޮފީއާ އެކު
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މި ފޯރިގަދަ މުބާރާތުގައި މި އަހަރު 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ. އަދި ދެ ވަނަ ޓީމަށް 25،000 ރުފިޔާ ދެ އެވެ.
ފުޓްބޯޅައިގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި ރާއްޖޭގެ ކޮންމެ ރަށަކުން އެއް ޓީމަށް އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި މާލޭގެ ކޮންމެ އަވަށަކުން ޓީމުތަކަށް ބައިވެރިވޭނެ އެވެ. އަދި މުބާރާތުގައި އަތޮޅު ޗެމްޕިއަނާއި ޒޯން ޗެމްޕިއަން އަދި މުޅި މުބާރާތުގެ ޗެމްޕިއަން ހޮވަ އެވެ.
ތިމަރަފުށި ބަލިކޮށް ޒޯން ޗެމްޕިއަންކަން ކުޑަހުވަދުއަށް
ތިމަރަފުށްޓާ ދެކޮޅަށް އަތޮޅު ފައިނަލްގައި ކިނބިދޫ
ފުޓްސަލްގެ ރަސްކަން ތިމަރަފުށިން ދިފާއުކޮށްފި
ގޯލްޑަން ފުޓްސަލް ކަޕުގެ ޗެމްޕިއަންކަން ތިމަރަފުށްޓަށް
ތިމަރަފުށި ބާރު ކަނޑުވާލުމަށްފަހު ގުރައިދޫން ކުއާޓާއަށް
ފުވައްމުލަކުގެ ވިދުން ތިމަރަފުށިން ފަނޑުކޮށްލައިފި
ފުޓްސަލް ދަނޑުތަކުގެ މައްސަލަ ހައްލުކުރަނީ
އޭދަފުއްޓާއި މާލެ ފަހަތުން ތިމަރަފުށި ދެވަނަ ބުރަށް
އޭދަފުއްޓަށް ހުއްޓުމެއް ނެތް، ޔަގީންކުރީ ދެވަނަ ބުރު
ނޯތުކާފްގެ ޗެމްޕިއަންކަން އޮބްލޫ ސިލެކްޓް ސަންގެލި އަށް