Roadha Mihaaru
އެމްޑީއެންގެ އިސް މީހުން ފުލުހަށް ހާޒިރު ކުރަނީ

އެމްޑީއެންގެ އިސް މީހުން ފުލުހަށް ހާޒިރު ކުރަން ޗިޓް ފޮނުވަން ފަށައިފި

19 އޮކްޓޯބަރ 2019

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް އެ ޖަމިއްޔާގެ އިސް ބައެއް މީހުން ހާޒިރުވުމަށް ޗިޓް ފޮނުވަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް އެ ޖަމިއްޔާގެ އިސް ބައެއް މީހުން ހާޒިރުވުމަށް ޗިޓް ފޮނުވަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްލާމް ދީނާއި ރަސޫލާ އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރަން ޖެހޭ މީހުން ހާޒިރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ބައެއް މީހުންނަށް ޗިޓް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހާޒިރު ކުރަނީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެނގިފައިވާގޮތުގައި އެ ރިޕޯޓު ލިޔުނު އެއްވެސް މީހަކު ރާއްޖެ އަކު މިހާރު ނެތެވެ. ރިޕޯޓުގެ މައްސަލަ ބޮޑުވި އިރު، އެމްޑީއެންގައި އިސްކޮށް އުޅުއްވި ޝަހިންދާ އިސްމާއިލް ހުންނެވީ ޖަރުމަނުގަ އެވެ. އެ ޖަމިއްޔާގައި، މި ރިޕޯޓް ލިއުމުގައި ދެން އުޅުނު ބައެއް މީހުން ވެސް މިހާރު ރާއްޖޭގައި ނެތެވެ.

ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ ވަނީ ޔޫތު މިނިސްޓްރީން ސަަސްޕެންޑް ކޮށްފަ އެވެ. ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ކުރިން ވިދާޅުވެފައި ވަނީ އެމްޑީއެންގެ މައްސަލަ ފުލުހުން ބަލަމުން ދަނީ ޚާއްސަ އިސްކަމެއް ދީގެން އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި އެއްވެސް ފަރާތަކާ މެދު ޖެހިލުން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

MDN ge report ge massala balamun dhanee haassa iskameh dheegen: Hameed

MDN ge report ge massala balamun dhanee haassa iskameh dheegen: Hameed

The most trusted news source in the Maldives

Mihaaru

އެމްޑީއެން ރިޕޯޓްގެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށް ކޮމިޝަނާ ވިދާޅުވި.

އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފަ އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.