08 އޮކްޓޯބަރ 2019
ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބޭ މީހުން މިހާރު ކަށަވަރުވެފައިވާތީ، ފްލެޓްތައް މި މަހުގެ ތެރޭގައި ހަވާލުކޮށް ނިންމަން މަސައްކަތްކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބޭ މީހުން މިހާރު ކަށަވަރުވެފައިވާތީ، ފްލެޓްތައް މި މަހުގެ ތެރޭގައި ހަވާލުކޮށް ނިންމަން މަސައްކަތްކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މޭޔަރު އަބްދުﷲ (ސޯބެ) މިއަދު "މިހާރު" އަށް ވިދާޅުވީ ހިތަދު އާއި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަތުރު ހަމަވެގެން ފްލެޓްތައް ލިބޭ މީހުން ކަށަވަރުވެފައިވާ ކަމަށެވެ. އެގޮތުން ދެ އަވަށުން ފްލެޓް ލިބޭ މީހުންގެ އާންމުކޮށްފައި ވަނީ އެއް ވަރަކަށް މާކްސް ލިބުނު މީހުންގެ މެދުގައި ގުރުއަތުލައިގެން ފްލެޓް ލިބޭ މީހުން ކަށަވަރުކުރުމަށް ފަހު އެވެ.
Addu City gai alhaafaiva flat thakah kurimathi levvi beyfulhunge therein point ge gothun evvaru vi beyfulhunge medhugai guru negun kuriyah dhany pic.twitter.com/GN8Fgvnu0z
— Addu City Council (@AdduCityCouncil) October 6, 2019
"މިހާރު ދެން މިއޮތީ ލިބެނީ ކޮން ފްލެޓެއްތޯ ބެލުމަށް، ފްލެޓް ލިބޭ މީހުންގެ މެދުގައި ގުރުލުން،" އޭނާ ވިދާޅުވި އެވެ. "ހިތަދޫގައި މިރޭ އަދި ހުޅުމީދޫގައި މާދަމާ އެ މަސައްކަތްކުރިއަށް ދާނެ."
ހިތަދޫން ދޫކުރަނީ 264 ފްލެޓެވެ. ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ހަވާލުކުރަނީ ކުރިމަތިލި މީހުންގެ ތެރިން ޝަރުތު ހަމަވި މީހުންނަށް ދޭ 20 ފްލެޓެވެ.
ސޯބެ ވިދާޅުވި ގޮތުގައި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން އެކަމަށް ހާއްސަ ކުރެވިފައިވާ ފަރާތްތަކުގެ ބެލުމުގެ ދަށުންނެވެ.
"މި މަސް ނިމުމުގެ ކުރިން ފްލެޓްތައް އެއްކޮށް ހަވާލުކޮށް ނިންމުން ޓާގެޓަކީ،" އޭނާ ވިދާޅުވީ އެވެ.
ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ކުރިން 25،000ރ. ދައްކަން ޖެހުނު ނަމަވެސް އެ އަދަދު ވަނީ 19،000ރ. އަށް ދަށްކޮށްފަ އެވެ. އަދި އިންސްޓޯލްމަންޓަށް ވެސް ފައިސާ ދެއްކޭނެ އެވެ. މީގެ އިތުރުން މަހު ފީގެ ގޮތައި ފްލެޓް ވެރިފަރާތަކަށް ހަލާސްވެންދެން 20 އަހަރު ވަންދެން މަހަކު 3،000ރ. ދައްކަން ޖެހެ އެވެ.
ފްލެޓްތައް ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ އިރު ފްލެޓްތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ އެންމެ ފަހުގެ މަސައްކަތްތައް ވެސް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އައްޑޫ ފްލެޓްތައް އިމާރާތްކޮށް ނިމިފައިވާތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. މި ފަހަރު މި ހަވާލުކުރާ ފްލެޓްތަކަކީ ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދިޔަ ދެވަނަ ހައުސިން ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރި ފްލެޓްތަކެވެ.
ސަރުކާރުން އެންމެ ފުރަތަމަ އައްޑޫގައި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު ފޭދޫގައި އިމާރާތްކުރި 25 ހައުސިން ޔުނިޓެއްގައި 2012 އިން ފެށިގެން މީހުން އަންނަނީ ދިރިއުޅެމުންނެވެ.
މި ސަރުކާރުން ވެސް ވަނީ އައްޑޫގައި 1،500 ހައުސިން ޔުނިޓް އަޅަން ނިންމައިފަ އެވެ. އަދި އެ ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އޮގަސްޓް މަހު ވަނީ ހުޅުވާލައިފަ އެވެ.
އައްޑޫން ފްލެޓް ލިބޭ ދާއިމީ ލިސްޓް އާންމުކޮށްފި
އައްޑޫގެ 1،500 ހައުސިން އަށް ފައިސާ ދައްކަން 20 އަހަރު
ހުޅުދޫ ފްލެޓްތަކުގެ ޕޮއިންޓް ލިސްޓް އާންމުކޮށްފި
އައްޑޫން އިތުރު 41 ފްލެޓަކަށް ފުރުސަތު ހުޅުވާލައިފި
އައްޑޫގެ ފްލެޓްތަކުގެ މަރާމާތު ފައިސާ ހަވާލު ކުރަނީ
އައްޑޫގެ ފްލެޓްތައް ހަވާލުކުރަން ފަށައިފި
އައްޑޫގައި އަލަށް އަޅާ ހައުސިން ޔުނިޓްތަކަށް ހުޅުވާލައިފި
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް