Roadha Mihaaru

މިހާރު ސްޓައިލް: ބްރޯންޒް ގްލޯވިން މޭކަޕް

24 ސެޕްޓެމްބަރ 2016

މިއަހަރުގެ ސްޕްރިން ސަމަ ފެޝަން ވީކް ދުނިޔޭގެ ބޮޑު ފެޝަން ކެޕިޓަލްތަކުގައި ދަނީ ކުރިއަށެވެ. މިހާތަނަށް ފެނިގެންދިޔަ ޝޯ ތަކުން އެންމެ ފާހަގަވި މޭކަޕް ޓްރެންޑަކީ އެކި ވައްތަރުގެ އައި މޭކަޕެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

މިއަހަރުގެ ސްޕްރިން ސަމަ ފެޝަން ވީކް ދުނިޔޭގެ ބޮޑު ފެޝަން ކެޕިޓަލްތަކުގައި ދަނީ ކުރިއަށެވެ. މިހާތަނަށް ފެނިގެންދިޔަ ޝޯ ތަކުން އެންމެ ފާހަގަވި މޭކަޕް ޓްރެންޑަކީ އެކި ވައްތަރުގެ އައި މޭކަޕެވެ.

މިފަހަރުގެ ސްޓައިލް އެޕިސޯޑުގައި، މަޝްހޫރު މޭކަޕް އާޓިސްޓް ރިޒްނާ އަހްމަދު ދައްކާލަނީ ހިތްގައިމު ގްލޯވިން މޭކަޕެކެވެ. މިއީ ކޮންމެ މީހަކަށް ވެސް ޖައްސާލެވޭނެ މޭކަޕެކެވެ. ޕާޓީއަކަށް ނުވަތަ މިފަދަ ހާއްސަ މުނާސަބަތަކަށް މިއީ އެކަށީގެންވާ މޭކަޕެވެ.

ލޮލުގައި މޭކަޕް ޖެއްސުމުގެ ކުރިން އައި ޕްރައިމާއެއް ހާކާލުން ބުއްދިވެރި އެވެ. އޭގެ ސަބަބުން ގިނަ އިރު ވަންދެން މޭކަޕް ނުފޭދި ހުންނާނެ އެވެ. މި މޭކަޕް ކުރަން ރިޒްނާ ބޭނުންކުރީ މެކް ބްރޭންޑުގެ "ވޯމް" މޭކަޕް ޕެލެޓެވެ. "ވޯމް" ކުލަތަކަކީ މުށި، ރީނދޫ އަދި ރަން ފަދަ ކުލަ ތަކެވެ. ފުރަތަމަ، ލޮލުގެ އެތެރެ ކަނުގައި ރީނދޫ ރަން ކުލައިގެ އައި ޝެޑޯ ޖައްސާލާށެވެ. އެއަށް ފަހު ލޮލުގެ މެދުގައި ބްރޮންޒު ކުލައިގެ އައިޝެޑޯ ޖައްސާލުމަށްފަހު ލޮލުގެ ބޭރު ކަނުގައި ގަދަ މުށި ކުލައިގެ އައިޝެޑޯ ޖައްސާލާށެވެ. އެއަށްފަހު ކުލަތައް ބްލެންޑުކޮށް އެއް ކުލައިން އަނެއް ކުލައަށް ބަދަލުވާއިރު "ޓްރާންސިޝަން" ކުލައެއް ގޮތަށް މަޑު މުށި ކުލަ ލޮލުގަ ވަށައިގެން ޖައްސާލާށެވެ.

މޭކަޕް އާޓިސްޓް ރިޒްނާ ބުނާ ގޮތުގައި އައި މޭކަޕް ކުރާއިރު ލޮލުގެ ބައްޓަމާ އެއްގޮތަށް ކުލަތައް ޖެއްސޭތޯ ބަލަންވާނެ އެވެ. އޭނާގެ ފޭސްބުކް ޕޭޖު "ރިޒްނާ އަހްމަދު މޭކަޕް އާޓިސްޓް" ގައި މިޒާތުގެ އެކި އެޑްވާންސްޑް މޭކަޕް ފިލާވަޅުތައް ކިޔައިދެ އެވެ. ބްރޮންޒް ގްލޯވިން މޭކަޕް ކުރާއިރު، ލޮލުގައި ގިނަ ކުލަތައް ބޭނުންކޮށްފައި ހުރުމުން، ބުމަ، ތުންފަތް އަދި ބްލަޝް ނެޗުރަލްކޮށް ބަހައްޓަން މަސައްކަތް ކުރަން ވާނެ އެވެ.