Roadha Mihaaru
ދީން ހަތިޔާރަކަށް ހެދުމަކީ ފުރައްސާރައެއް: ނަޝީދު

ދީން ހަތިޔާރަކަށް ހެދުމަކީ އެންމެ ބޮޑު ފުރައްސާރަ: ނަޝީދު

05 އޮކްޓޯބަރ 2019

އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ ދީނަށް ކުރާ އެންމެ ބޮޑު ފުރައްސާރަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ ދީނަށް ކުރާ އެންމެ ބޮޑު ފުރައްސާރަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލަ ހޫނުވެފައި ވަނިކޮށް ނަޝީދު ކުރެއްވި ޓުވީޓެއްގައި އިސްލާމް ދީނަށް ތައުރީފް ކުރައްވައި ނަޝީދު ވިދާޅުވީ އެ ދީނަކީ އެންމެ ފުރިހަމަ، މާތް، ތަހުޒީބު ދީން ކަމަށެވެ.

ނަޝީދު މިރޭ ކުރެއްވި ޓުވީޓު.

"ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ ބޮޑަށް އިސްލާމް ދީނަށް ފުރައްސާރަ ކުރުން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ދީނީ އިލްމްވެރިންތަކެއް އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ. އިލްމުވެރިން ސޯޝަލް މީޑިއާގައި ވެސް ދަނީ އެ އަޑު ވަރަށް ގަދައަށް އުފުލަމުންނެވެ. އަދި އެމްޑީއެން މިހާރުން މިހާރަށް އުވާލުމަށް ކަމާ ބެހޭ ފަރާތްތަކަށް ދަނީ ގޮވާލަމުންނެވެ.

އެމްޑީއެން އިން 2015 ގައި ރިޕޯޓު ތައްޔާރުކޮށް ޖެހިގެން އައި އަހަރު އާންމު ކުރި އެވެ. އެކަމަކު، އެހާ ބޮޑު ސަމާލު ކަމެއް އެ ރިޕޯޓަކަށް އޭރު އައިސްފައެއް ނުވެ އެވެ. އެ މައްސަލަ މި ފަހުން ހޫނުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް ލިޔެފައި ހުރި ކަން ފަޅާ އެރުމާ ގުޅިގެންނެވެ.

އެމްޑީއެން އިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. ނަމަވެސް ފަހުން ވެސް އަންނަނީ އެކަމުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

އެމްޑީއެންގެ އަމަލު ކުށްވެރިކޮށް އެ މައްސަލަ ބަލައި ދިނުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ގާނޫނެއް ހެދުމުގެ މަސައްކަތް ފެށިކަން މިރޭ އިއުލާންކޮށްފަ އެވެ.