Roadha Mihaaru
ގާ އަޅާ މެޝިނެއްގެ ދަށުވެ ބިދޭސީއަކު މަރުވެއްޖެ

ގާ އަޅާ މެޝިނެއްގެ ބެލްޓު ދަށުވެ ބިދޭސީއަކު މަރުވެއްޖެ

03 އޮކްޓޯބަރ 2019

ސަން ސިޔާމް ގުރޫޕުން ނ. ދިގުރަށުގައި ހަދާ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު، ގާ އަޅާ މެޝިނެއްގެ ދަށުވެ އިއްޔެ މަރުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަން ސިޔާމް ގުރޫޕުން ނ. ދިގުރަށުގައި ހަދާ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު، ގާ އަޅާ މެޝިނެއްގެ ދަށުވެ އިއްޔެ މަރުވެއްޖެ އެވެ.

ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓު ދަށުވެގެން ހިނގި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 25 އަހަރުގެ ބިދޭސީ އެކެވެ. އޭނާގެ ގައުމެއް އަދި ނަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަން ކޮންސްޓްރަކްޝަން ގުރޫޕުގައި މަސައްކަތް ކުރާ އެ ބިދޭސީ މީހާ އިއްޔެ އިރުއޮއްސި 6:20 ކަން ހާއިރު ނ. މަނަދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

އެ މީހާ އަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މަރުގެ މައްސަލަ ބަލަމުންނެވެ.