24 ސެޕްޓެމްބަރ 2019
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޓޯސޫ ކްރިސްޓިއަން ވައްދާލި ގޯލާ އެކު އެކަކު މަދުކޮށް ކުޅުނު ދަ ގްރާންޑޭ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސްއާ 2-2 އިން އެއްވަރުކޮށްފި އެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޓޯސޫ ކްރިސްޓިއަން ވައްދާލި ގޯލާ އެކު އެކަކު މަދުކޮށް ކުޅުނު ދަ ގްރާންޑޭ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސްއާ 2-2 އިން އެއްވަރުކޮށްފި އެވެ.
މި މެޗުން މޮޅުވެގެން ދެ ވަނަ އަށް އެރެން އޮތް އީގަލްސް މިހާރު އޮތީ 14 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ދަ ގްރާންޑޭ އޮތީ ހަތަރު ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި 20 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ކްލަބް ގްރީންސްޓްރީޓްސް އެވެ.
މިރޭގެ މެޗުގައި ލީޑު ނެގީ ދަ ގްރާންޑޭ އެވެ. މި ގޯލް 20 ވަނަ މިނެޓުގައި ޖެހީ ޔަސްފާދު ހަބީބް (މުލަކޭ) އެވެ. ދަ ގްރާންޑޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ފޮނުވާލި ބޯޅަ އީގަލްސްގެ ކުޅުންތެރިޔަކު ބޮލުން ފަހަތަށް ޖައްސާލުމުން މުލަކޭ އަރައި އެ ބޯޅަ ގޯލަށް ވައްދާލީ އެވެ. އެ ބޯޅަ އަށް އެރި އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އާއި އެ ޓީމުގެ ޑިފެންޑަރު މުޑިއަރައި ވެއްޓުނީ އެވެ.
އޭގެ އަށް މިނެޓު ފަހުން އީގަލްސް އަށް އެއްވަރުކޮށްދިނީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. އޭރިއާ ބޭރުން އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ބޯޅަ އޭނާ ރިޒޭ އަށް ދިނުމުން އޭނާ ވަނީ އަލުން އެ ބޯޅަ ސެންޓޭ އަށް ދީ އޭރިއާ ތެރެއަށް ވަދެފަ އެވެ. ދަ ގްރާންޑޭގެ ދެ ޑިފެންޑަރުންގެ ދޭތެރެއިން ސެންޓޭ އަލުން ރިޒޭ އަށް ޖައްސާލުމުން އޭނާ އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލީ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސް އަށް ލީޑު ނަގައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ފަހަތުން ކުރިއަށް ވައްޓާލި ބޯޅައަކަށް އަރައި، އޭރިއާ ތެރެއިން ހަންނަ ވަނީ އެހާމެ ރީއްޗަށް ދަ ގްރާންޑޭގެ ޑިފެންޑަރު ކައިރިން ސަލާމަތްވެ ބޯޅަ ގޯލަށް އަމާޒުކޮށްލައިފަ އެވެ. ހަންނަގެ ކުއްލި ހަރަކާތްތަކާ އެކު ދަ ގްރާންޑޭގެ ގޯލްކީޕަރު ވެސް މާބޮޑު ހަރަކާތެއް ނުކުރެވުނެވެ.
ދަ ގްރާންޑޭ އަށް މެޗުގެ ތެރެއަށް އަލުން އައުމަށް އުނދަގޫތަކެއް ކުރިމަތިވީ 78 ވަނަ މިނެޓުގައި އަހުމަދު ހަސަން އަށް ރަތްކާޑެއް ދެއްކުމުންނެވެ. އެއާ އެކު އީގަލްސް އިން މެޗު ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ނަމަވެސް މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ދަ ގްރާންޑޭ އިން މަންޒަރު ބަދަލުކޮށްލި އެވެ. މުލަކޭ ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ، ޓޯސޫ ވަނީ ބޮލުން ޖަހައި ކީޕަރު ސުޖަންގެ އަތްނުފޯރާ ފަށުން މަތީ ކަނަށް ވައްދާލައިފަ އެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ފުރަތަމަ ހާފުގައި ދަށްކޮށް ދިޔަ ނަމަވެސް ދެ ވަނަ ހާފަށް ނުކުތީ އެކަންކަން ރަނގަޅުކޮށްގެން ކަމަށާއި އެއްވަރުވުމުން ހިތްހަމަޖެހޭ ކަމަށެވެ.
"އެކަމަކު މިއީ އަޅުގަނޑުމެންނަށް ފުލް ޕޮއިންޓްސް ނެގޭނެ މެޗެއް. ނަސީބު ދިމާކުރި ގޮތުން، ފުރުސަތު ލިބި ބޭނުން ނުހިފުނީ. އެކަމަކު ކުޅުންތެރިންގެ މަސައްކަތަށް ތައުރީފް ހައްގު. ވަރަށް ބޮޑު ހިތްވަރެއް ލައިގެން އަނބުރާ މިއައީ ދެ ވަނަ ހާފުގައި،" އިންމަ ބުންޏެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ނަމަވެސް ދެ ވަނަ ހާފުގައި، ހާއްސަކޮށް ފަހު 25 މިނެޓު ދިޔައީ އެއްވެސް ކޮންޓްރޯލެއް ނެތި ކަމަށާއި އެކަމާ ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ.
"އެ ޓީމަށް ހައްގު ޕޮއިންޓެއް މިއީ. އެހާ ވެސް ރަނގަޅަށް ކުޅުނު. އަޅުގަނޑުމެންނަށް އެއްވެސް ކޮންޓްރޯލެއް ނެތި ދިޔައީ. ސީނިއާ ކުޅުންތެރިންގެ ފަރާތުން ލީޑު ކުރުމުގެ ބައި ވަރަށް ދަށްކޮށް ދިޔައީ،" މޯހަން ބުންޏެވެ.
އީގަލްސް ލީގުގެ ދެ ވަނަ ކަށަވަރުކޮށްފި
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
އީގަލްސް އިން މާޒިޔާއާ ދެ ޕޮއިންޓަށް ކައިރިކޮށްފި
"ބްރޭކްތައް އަންނާތީ ފެންވަރު ހިފަހައްޓަން އުނދަގޫ"
އީގަލްސް އޮތީ ގޯސް ހިސާބެއްގައެއް ނޫން: މޯހަން
ވެޓެރަންސް ލީގުގެ ފުރަތަމަ މޮޅު އީގަލްސް އަށް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޓީސީ އާއި އީގަލްސް މޮޅުވެ ގަދަހަތަރެއްގެ ވާދަ ފޯރިގަދަ
ދަ ގްރާންޑޭ އަތުން އީގަލްސް އަށް މުހިންމު މޮޅެއް