Roadha Mihaaru
ހަނިމާދޫ ބަނދަރު ހެދުން އެމްޓީސީސީ އަށް

ހަނިމާދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

24 ސެޕްޓެމްބަރ 2019

ހދ. ހަނިމާދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހދ. ހަނިމާދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީން ސޮއި ކުރެއްވީ އެތަނުގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ހަނިމާދޫ ބަނދަރުގައި 355 މީޓަރުގެ ބޭރުތޮއްޓެއް ލާނެ ކަމަށެވެ. އަދި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 50 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މުޅި އެކު، 57 މިލިއަން ރުފިޔާ ޚަރަދުކުރާ މި މަޝްރޫއު ނިންމަން އެއް އަހަރާއި ދެ މަސް ދުވަހުގެ މުއްދަތެއް ޕްލޭނިިން މިނިސްޓްރީން ވަނީ އެމްޓީސީސީ އަށް ދީފަ އެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށާއި ވ. ފެލިދޫގެ ބަނދަރު ބޮޑުކުރުމާއި އއ. ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ މި މަހު ހަވާލުކޮށްފަ އެވެ. އެ ތިން މަޝްރޫ އަށް ކަނޑައަޅާފައި ވަނީ 47.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.