24 ސެޕްޓެމްބަރ 2019
ފުވައްމުލަކުގައި ސަރުކާރުން އިމާރާތް ކޮށްދީފައިވާ ފްލެޓްތަކުގެ ތެރެއިން 40 ފްލެޓުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ފުވައްމުލަކުގައި ސަރުކާރުން އިމާރާތް ކޮށްދީފައިވާ ފްލެޓްތަކުގެ ތެރެއިން 40 ފްލެޓުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ފުވައްމުލަކުގައި ސަރުކާރުން 200 ފްލެޓެއް އިމާރާތް ކޮށްދީފައިވެ އެވެ. މި ފަހަރު މި އިއުލާން ކުރީ މީގެ ކުރިން ދޫނުކުރަން އިއުލާން ނުކުރާ 60 ފްލެޓްގެ ތެރެއިން 40 ފްލެޓަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ، ފުވައްމުލަކު ރައްޔިތުންނަށް ހާއްސަ ކޮށްފައިވާ ފްކެޓްތަކުގެ ތެރެއިން 35 ފްލެޓަށާއި އެ ސިޓި އަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ކަނޑައަޅާފައިވާ ފްލެޓްތަކުގެ ތެރެއިން މި ފަހަރު ހުޅުވައިލި ފަސް ފްލެޓް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
މި ފަހަރު 40 ފްލެޓަކަށް ކުރިމަތިލާން ހުޅުވާލި އިރު، ކުރިން އިއުލާންކުރި 140 ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންގެ ޕޮއިންޓް ލިސްޓް މިދިޔަ މަހުގެ ތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލުން އާންމުކޮށްފައިވެ އެވެ.
ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި އިތުރު 800 ހައުސިން ޔުނިޓް އަޅަން މި ސަރުކާރުން ވެސް ވަނީ ނިންމައިފަ އެވެ.
ފުވައްމުލަކު ފްލެޓްތަކުގެ ޕޮއިންޓް ލިސްޓް އާންމުކޮށްފި
އައްޑޫ/ފުވައްމުލަކުގެ ދަފްތަރު ވެސް ހައުސިންގެ ދަށަށް
ފުވައްމުލަކު ގިނަ ބައެއްގެ ވަޒީފާއާ މެދު ސުވާލުތަކެއް!
ފުވައްމުލަކު ކައުންސިލްތަކުގެ މުދާ ހަވާލެއް ނުކުރި!
ފުވައްމުލަކު ފްލެޓްތަކަށް މުއްދަތު އިތުރުކޮށްފި
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތުކުރަނީ
ވަޒީފާގެ މައިދާނަށް ޒުވާނުން ނެރެން ޕްރޮގްރާމެއް
ވާލުގެ އުނދަގޫ ބޮޑުވުމުން ބަޑިޖަހައިގެން މަރަނީ!
ފުވައްމުލަކު ކައިރިއަށް ފީނުމަށް ފީ ނުނަގާނެ
ކުދި ވިޔަފާރިތަކަށް ފުވައްމުލަކު ކައުންސިލުން ލޯނު ދެނީ