21 ސެޕްޓެމްބަރ 2019
މީހުން ދިރިއުޅޭ ސަރަހައްދުގައި ކެމިކަލް ގުދަންތައް ހުރުމުން ހިނގާފާނެ ނުރައްކާތެރި ހާދިސާއެއްގެ އިންޒާރު ދީ ރިލްވާން ލަތީފް ކުރި ޓުވީޓުގައި ފާހަގަކުރި ގުދަން އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި އެވެ.
މީހުން ދިރިއުޅޭ ސަރަހައްދުގައި ކެމިކަލް ގުދަންތައް ހުރުމުން ހިނގާފާނެ ނުރައްކާތެރި ހާދިސާއެއްގެ އިންޒާރު ދީ ރިލްވާން ލަތީފް ކުރި ޓުވީޓުގައި ފާހަގަކުރި ގުދަން އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި އެވެ.
އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަންތަކެއްގައި ރޯވެ، އެތައް ބައެއްގެ ދިރިއުޅުން އަޅިއަށް ވުމާ އެކު ސޯޝަލްމީޑިއާގައި ވައިރަލްވީ އެ ހާދިސާގެ ހިނގުމުގެ 10 މަސް ކުރިން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެފަދަ ގުދަންތަކުގެ މައްސަލަ ގެންނަން ރިލްވާން ކުރި ޓުވީޓެވެ.
ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ރިލްވާން ލަތީފް، ގެނައީ ރޭ ރޯވި ގުދަންތަކުގެ ވާހަކައެއް ނޫނެވެ.
މިދިޔަ ޑިސެމްބަރު، 21، 2018 ގައި އޭނާ ކުރި ޓުވީޓެއްގައި ކަމާބެހޭ އިދާރާތަކާއި އާއްމުންގެ ސަމާލުކަމަށް ގެނައީ، ގ. ފެހިމާގޭގައި، ފައިބަގްލާސްގެ މަސައްކަތަށް ބޭނުންވާ ކެމިކަލް ތާނގީތަކުން ފުރާލާފައި ހުރި ގުދަނުގެ ވާހަކަ އެވެ. ހާދިސާއެއް ހިނގަންދެން ފިޔަވަޅު ނާޅައި ބަލަން ތިބެންވީތޯ ސުވާލުކޮށްފައިވެ އެވެ.
ތޮއްޖެހުން ބޮޑު ސަރަހައްދުގައި ހިނގާފާނެ ނުރައްކަލެއްގެ އިންޒާރު ދީ އޭނާގެ ޓުވީޓުގައި ކަމާބެހޭ އިދާރާތައް ވެސް ޓެގުކޮށްފައިވެ އެވެ.
Guarantee Fiberglass Godown at G. Fehimaage. Storage for barrels of highly flammable chemicals.@MickailNaseem @etna295 @MNDF_Official @MariyaDidi https://t.co/Loyinpjklp
— Rilwan Latheef - Relay (@RilwanLatheef_) September 20, 2019
ރިލްވާން ލަތީފްގެ ޓުވީޓް.
ރެއާ ހަމައަށް ފިޔަވަޅު ނާޅައި އޮތް އެ ގުދަނުގެ މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ރޭ ހާދިސާ އަށް ފަހު ކަމާބެހޭ އިދާރާތަކުން މިވަނީ ދީފަ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިލްވާން ލަތީފްގެ ޓުވީޓުގައި ފާހަގަކުރި ގުދަނުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ރަސްމީކޮށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ވަގުތުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އޭނާ އަށް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
Thank you @RilwanLatheef_ for bringing this case in Galolhu Dhekunu to my attention. Have spoken with @NDMAmv and they have assured me that they will take swift action. I understand the tenant company has also now agreed to remove the chemicals; it needs to be done immediately. https://t.co/6zgW5TqmyI
— Mickail Naseem ? (@MickailNaseem) September 21, 2019
މީކާއިލްގެ ޓުވީޓް.
ޓުވީޓަކުން ރިލްވާން ލަތީފް ފާޅުކުރި ކަންބޮޑުވުމަކީ އަހަރުތަކެއް ވަންދެން ހައްލު ނުވެފައި އޮތް މައްސަލަ އެކެވެ. މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގައި ކެމިކަލް ގުދަންތަކާއި ގަރާޖުތަކާއި ވޯކްޝޮޕްތަކުގެ އިތުރުން ލަކުޑި ގުދަންތައް ހުރުމުގެ މައްސަލަ ހައްލުކުރަން ހުރިހާ ސަރުކާރުތަކުން ވެސް ޕްލޭންތައް ހެދި އެވެ.
މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެތަކުގައި ރޯވެފައި: އަލިފާން ކޮންޓްރޯލް ނުވެ ގިނަ އިރުތަކެއް ވަންދެން ފެތުރުނީ ގިނަ އަދަދެއްގެ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތަކެއްގައި ރޯވުމުން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެކަމަކުގެ ނުރައްކާ އޮތް މިންވަރު އެނގި ތިބެ ހައްލު ހޯދަން މަސައްކަތްތަކެއް ވެސް ކުރި އެވެ. ކުރީގެ ސަރުކާރުގެ ޕްލޭނަކީ އިންޑަސްޓްރިއަލް މަސައްކަތަށް ވަކި ސަރަހައްދެއް ކަނޑައަޅައި މާލެ ތެރެއިން އެފަދަ ތަންތަން ބޭރުކުރުމެވެ. އެތަންތަނުގައި އިމާރާތްތައް އަޅަން ވެސް ސަރުކާރުގެ ކުންފުނިތަކަކާ ހަވާލުކުރި އެވެ. ހިއްކައިގެން އިންޑަސްޓްރިއަލް ވިލެޖެއް ހަދައި ގުދަންތައް ބަދަލުކުރަން ތާރީޚްތަކެއް ވެސް ކަނޑައެޅި އެވެ.
މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު އެފަދަ ގުދަންތައް ބަލައި ހައްލު ހޯދޭތޯ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސިފައިން ގިނަ އަދަދެއްގެ ގުދަންތައް ޗެކްކުރި ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން 126 ގުދަން ޗެކްކުރި އިރު 82 ގުދަން ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް ވިދާޅުވި އެވެ.
"ކަންކަން ހުރީ ރަނގަޅަށްތޯ ބައްލަވައި ރަނގަޅު ކުރަން ހުރި ކަންކަން ވަނީ [ގުދަނުގެ ވެރިފަރާތްތަކަށް] އަންގަވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ތެރޭގައި ހުންނަ ގުދަންތަކަށް ހުއްދަ ދެނީ ވަކި ޝަރުތުތަކަކާ އެކުގައި ނަމަވެސް ބައެއް ފަހަރަށް ހުއްދައާ އެއްގޮތަށް އަމަލުނުކުރާ ކަން ނުވަތަ ގުދަންކުރަން ހުއްދަ ދޭ އެއްޗެހި ނޫން ބާވަތްތައް ބަހައްޓާކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާޅުކުރެއްވި އެވެ.
މާލެ ތެރޭގައި ހުރި ކެމިކަލް ގުދަންތައް ބަދަލުކުރަން ޕްލޭނެއް އެކުލަވާލަން ވަޒީރުންގެ މަޖިލީހުން ވެސް ރޭ ވަނީ މަޝްވަރާކޮށްފަ އެވެ.
އަލިފާނުގެ ހާދިސާ އަކީ ލިބުނު ފިލާވަޅެއް: ފައިސަލް
ގުދަނުގައި އަމިއްލަ އަށް ރޯވެގެން ނުވާނެ: ވެރިފަރާތް
ކެމިކަލް ގުދަންތައް ނިމުމުން ރައީސަށް ހިތްހަމަޖެހުން
ގުދަން އެންމެ ފަހުން ޗެކުކުރި އިރު މައްސަލައެއް ނެތް
ކެމިކަލް ގުދަންކުރުމާ ބެހޭ ގަވާއިދު ގެޒެޓްކޮށްފި
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
ބާރުގަދަ ގޮވުމާ އެކު، ދެ މީހުންގެ ހަށިތައް ޗިސްވެފައި
ނައިފަރު ބަނދަރުގައި އޮތް ތިން ލޯންޗެއް އަނދައިފި
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
އައްޑޫ އަލިފާންގަނޑު ކޮންޓްރޯލް ނުވެ 5 ގަޑިއިރު!