18 ސެޕްޓެމްބަރ 2019
ތެހެރާން (ސެޕްޓެމްބަރު 18) - ސައުދީ އަރަބިއާގެ ތެޔޮ އުފައްދާ ތަންތަނަށް ދިން ޑްރޯން ހަމަލާ އަކީ ޔަމަނުގެ ހަނގުރާމަ ހުއްޓަން ރިޔާޒަށް ދިން އިންޒާރެއް ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ މިއަދު ވިދާޅުވެއްޖެ އެވެ.
ތެހެރާން (ސެޕްޓެމްބަރު 18) - ސައުދީ އަރަބިއާގެ ތެޔޮ އުފައްދާ ތަންތަނަށް ދިން ޑްރޯން ހަމަލާ އަކީ ޔަމަނުގެ ހަނގުރާމަ ހުއްޓަން ރިޔާޒަށް ދިން އިންޒާރެއް ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ކެބިނެޓުގެ ބައްދަލުވުގައި ރޫހާނީ ވިދާޅުވީ އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގައި މިހާރު އުފެދިފައިވާ މައްސަލަތަކުގެ އަސްލަކީ އެމެރިކާ އާއި ސައުދީ އަރަބިއާ ކަމަށެވެ. ނަމަވެސް ޑްރޯން ހަމަލާ ދިނީ އީރާނުން ކަމަށް އެމެރިކާ އާއި ސައުދީން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ރޫހާނީ ވާހަކަ ދައްކަވައިފައެއް ނުވެ އެވެ.
"ސަރަހައްދުގައި ހަމަނުޖެހުން އުފައްދަން ބޭނުމެއް ނުވޭ. މި ހަމަނުޖެހުން ފެށީ ކޮން ބައެއް؟ އެކަން ފެށީ ޔަމަން މީހުންނެއް ނޫން. އެކަން ކުރީ ސައުދީ އަރަބިއާ، ޔޫއޭއީ، އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކާއި ޒަޔަނިސްޓް އިޒްރޭލުން،" ގައުމީ ޓީވީން އާއްމު ކުރި ބަޔާނުގައި ބުނެފައިވެ އެވެ.
"ޔަމަނުގެ މީހުން ހޮސްޕިޓަލަކަށް ހަމަލާއެއް ނުދޭ. އެ މީހުން ސްކޫލަކަށް ހަމަލާއެއް ނުދޭ. ވެރިރަށް ސަންއާގެ ބާޒާރަކަށް އެ މީހުން ހަމަލާއެއް ނުދޭ. އެ މީހުން ހަމަލާ ދިނީ އިންޑަސްޓްރިއަލް މަރުކަޒަކަށް،" ސައުދީ އިސްވެ އުފައްދާފައިވާ ކޯލިޝަނުގެ ހަމަލާތަކަށް އިޝާރަތް ކުރައްވައި ރޫހާނީ ވިދާޅުވި އެވެ. "މި ހަނގުރާމައިން ފިލާވަޅު ލިބިގަނެ، އިތުރު ހަނގުރާމައެއް ފެށިދާނެ ކަމަށް ވިސްނާ!"
ސައުދީ އަރަބިއާގެ އަބްގައިގާއި ޚުރައިސްގައި ހުންނަ ގައުމީ ތެޔޮ ކުންފުނީގެ ޕްލާންޓްތަކަށް ޑްރޯން ހަމަލާ ދިން ކަމަށް ޔަމަނުގެ ހޫތީން ވަނީ އެއްބަސްވެފަ އެވެ. ހޫތީންނާ ދެކޮޅަށް ސައުދީ ކޯލިޝަނުން ވައިގެ ހަމަލާތައް ދޭތާ މިހާރު ފަސް އަހަރު ވެއްޖެ އެވެ.
"ހަމަލާތަކާ ހެދި ތެޔޮ މަދުވިޔަސް ޒިންމާއެއް ނުވާނަން"
އީރާނުގެ އިންޒާރު: ބޭރު ގައުމުތަކުން ގަލްފާ ނުބޭ
ހަމަލާގައި އީރާން ބައިވެރިވާކަމުގެ ހެކި ހާމަކޮށްފި
އީރާނަށް ބިރުދައްކައިގެން ހާސިލްކުރެވޭނެ ކަމެއް ނޯންނާނެ: ރޫހާނީ
ޓްރަމްޕުގެ އަރަބި ސަމިޓަކީ ގޮތް ދެއްކުމެއް: އީރާން
ސައުދީ އަށް މުސްލިމުން އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
ސައޫދީ ސިފައިންގެ ވެރިޔާ އީރާނަށް ވަޑައިގަންނަވަނީ
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް
ސައޫދީ ރަސްގެފާނު އީރާންގެ ރައީސަށް ދައުވަތު އަރުވައިފި