12 ސެޕްޓެމްބަރ 2019
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ބަދަލު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ބަދަލު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ކުރިން އޮތްގޮތުން މީރާގެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެވެ.
އެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި ބިލް އޮތްގޮތުން އެ ބޯޑުގައި ތިއްބަވާނީ ފިނޭންސް މިނިސްޓްރީގައި ޓެކުހާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތަކާއި ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެއްގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ. އަދި ބިލް ތަސްދީގު ކުރާތާ ގިނަވެގެން 30 ދުވަސް ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަލުން ބޭފުޅުން އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.
މީގެ އިތުރުން ޓެކުހާ ގުޅޭ ނިންމުންތައް އިސްތިއުނާފް ކުރުމުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އެގޮތުން މީރާއިން ކަނޑައަޅާ ޓެކްސްގެ އަދަދާ މެދު ހިތްހަމަނުޖެހިގެން އިސްތިއުނާފް ކުރުމުގެ ކުރިން އެ ފައިސާ އެއްކޮށް ދައްކަން ޖެހޭ ގޮތަށް ގާނޫނުގައި ކުރިން އޮތަސް، އެ އިސްލާހު އޮތްގޮތުން މީރާއިން ދައްކަން އަންގާ އަދަދުގެ 30 ޕަސެންޓް ދެއްކުމަށް ފަހު އިސްތިއުނާފް ކުރެވޭނެ ކަމަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން ސަގާފީ ތަރިކައިގެ ބިލް ވެސް ރައީސް މިއަދު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
މީރާގެ ބާރުތައް ފިނޭންސް މިނިސްޓްރީއަށް، ރަނގަޅުތަ؟
ޓެކްސް ކޮމިޝަނަރު ފަތުހުﷲ އިސްތިއުފާ ދެއްވަނީ!
މަޝްވަރާއެއް ނެތި ވިޕް ނެރުމުން މަޖިލިސް ހޫނުވެއްޖެ!
ޓެކްސް މާފުކޮށްދިނުމުގެ ބާރު ރައީސަށް ދީފި
ޓެކްސް އިސްލާހެއް ހިމެނޭ ގޮތުން ދެބިލެއް އެކުލަވާލައިފި
މީރާ އަށް ކޯޓަށް ދެވޭ ބިލް ފާސްކޮށްފި
ފައިސާ ހޯދާ މައްސަލަ ހަ މަހުން ނިންމަން ލާޒިމްކުރަނީ
މީރާ އަށް ފަތުހުﷲ އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި
މީރާގެ ދައުރު ކުޑަކުރަން އެކްޝަން ޕްލޭންގައި ހިމަނައިފި
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި