12 ސެޕްޓެމްބަރ 2019
ރައްޔިތުންގެ މަޖިލިހުގެ މިދިޔަ ދައުރުގައި އެކަނި ވެސް 21 ގަރާރެވެ! މަޖިލިހަށް މެމްބަރުން ހުށަހެޅުއްވި ބިލްތައް ނަގާފައި އެންމެ ގިނަ އަދަދަކަށް މައްސަލަ ވެއްދީ ވެސް ގަރާރުގެ ގޮތުގަ އެވެ. އެއް ބައެއްގެ ނަޒަރުގައި ރައްޔިތުންނަށް އުންމީދު ގެނުވާނެ ގަރާރުތަކެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ރައްޔިތުންނަށް ދެއްކި ހުވަފެންތަކެކެވެ. ރައްޔިތުން ހިޔާލީ ދުނިޔެއެއްގައި ގެންގުޅެން ކުރި ކަމެކެވެ.
ރައްޔިތުންގެ މަޖިލިހުގެ މިދިޔަ ދައުރުގައި އެކަނި ވެސް 21 ގަރާރެވެ! މަޖިލިހަށް މެމްބަރުން ހުށަހެޅުއްވި ބިލްތައް ނަގާފައި އެންމެ ގިނަ އަދަދަކަށް މައްސަލަ ވެއްދީ ވެސް ގަރާރުގެ ގޮތުގަ އެވެ. އެއް ބައެއްގެ ނަޒަރުގައި ރައްޔިތުންނަށް އުންމީދު ގެނުވާނެ ގަރާރުތަކެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ރައްޔިތުންނަށް ދެއްކި ހުވަފެންތަކެކެވެ. ރައްޔިތުން ހިޔާލީ ދުނިޔެއެއްގައި ގެންގުޅެން ކުރި ކަމެކެވެ.
ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" ގާއިމްކުރަން ވެސް ފުރަތަމަ ގޮވާލީ ގަރާރަކުންނެވެ. ދިވެހި މަސްވެރިކަން ކުރާ ސަރަހައްދުތައް ފާހަގަކޮށް، މާ ކަނޑުގައި، "ކަންނެލި ޖަގަހަތައް" އެޅުމުގެ ގަރާރެވެ. ބޯހިޔާވަހިކަން ނެތް މީހުންނަށް ހިޔާވަހިކަން ހޯދައި ދިނުމަށް ވެސް ގަރާރެކެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މުހިންމުކަން ވެސް ފާހަގަކޮށް، ގަރާރެކެވެ. ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް ވެސް ގަރާރެކެވެ.
ބައެއް ގަރާރުތަކަށް މެމްބަރުން ބަހުސް ކުރެއްވުމުގައި މަޖިލިހުގެ އެތައް ވަގުތެއް ހޭދަކުރެއްވި އެވެ.
މަޖިލިހަށް ގަރާރުތައް ހުށަހަޅާތީ މެމްބަރުންނަށް އަމާޒުވާ ސުވާލުތައް ގިނަ އެވެ. ގަރާރުތައް ހުށަހަޅައިގެން ވަނީ ކީއްތޯ އެވެ؟ ހާސިލްވަނީ ކޮން ނަތީޖާއެއްތޯ އެވެ؟ މަޖިލިހުގެ މެމްބަރުން މަސައްކަތް ކުރާ ކަން ރައްޔިތުންނަށް ދައްކަނީތޯ އެވެ؟ ގަރާރު ހުށަހަޅައިގެން ވަގުތު ބޭކާރުކުރުމުގެ ބޭނުމެއް އޮތްތޯ އެވެ؟ ގަރާރުގެ ބަދަލުގައި ބިލް ހުށަހަޅައިގެން ބަހުސް ކުރަން ނޫޅެނީ ކީއްވެތޯ އެވެ؟
ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގައި މި ސުވާލުތަކުގެ ޖަވާބު ސާފެއް ނޫނެވެ. އެކަމަކު އެ ގަވައިދުގައި މެމްބަރުންނަށް ގަރާރުތައް ހުށަހެޅުއްވުމުގެ ބާރު އޮތީ ދީފަ އެވެ. އެއާ މެދު ބަހުސް ކުރެވޭކަށް ނެތެވެ. މެމްބަރަކަށް ހިޔާލަށް އަންނަ ކޮންމެ ކަމަކާ ބެހޭ ގަރާރެއް މަޖިލިހަށް ފޮނުވިދާނެ އެވެ.
ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް މިއަދު ޖަވާބު ދިނީ ވެރިކަން ކުރާ ކޯލިޝަންގައި އޮތް އެމްޑީޕީންނެވެ.
މަޖިލިހުގެ ގަވައިދުގެ 167 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލިހުން ހަމައެކަނި ކަމަކާ ދޭތެރޭގައި ދެކޭ ގޮތް ހާމަކުރަން ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ. އަދި މަޖިލިސް ހިންގުމުގެ އުސޫލުތައް ބަޔާން ކުރުމަށާއި އެ އުސޫލުތަކަށް ގެނެވޭ ބަދަލުތައް ފާސްކުރުމަށް ވެސް ގަރާރެއް ހުށަހެޅިދާނެ ކަމަށް އޭގައިވެ އެވެ.
އެ ގަވައިދުގެ 169 ވަނަ މާއްދާގައި ވަނީ މަޖިލިހުގެ ކޮންމެ މެމްބަރަކަށް ވެސް ގަރާރު ހުށަހެޅި ދާނެ ކަމަށެވެ. ބިލްތަކާ ހިލާފަށް، ގަރާރުގައި ދީބާޖާއެއް އެކުލެވިގެންވުމާއި އެ ގަރާރު ފާސްވުމުން ބިލް ތަސްދީގު ކުރުމަށް އޮންނަ އުސޫލުން ތަސްދީގު ކުރަން ފޮނުވަން ނުޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް
އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި 19 ވަނަ މަޖިލިހުގެ ފުރަތަމަ ދައުރުގައި ގިނަ ގަރާރުތަކެއް ހުށަހެޅީ ވަގުތު ބޭކާރުކޮށް ރައްޔިތުންނަށް ހެވާއި ލާބަ ލިއްބައި ނުދިނުމަށެވެ. އުފެއްދުންތެރި މަޖިލިހަކަށް މިދިޔަ ދައުރު ނުވަނީ ގަރާރުތަކާ ހެދި ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ. އެމީހުންގެ ނަޒަރުގައި މަޖިލިހަށް ހުށަހެޅީ ރައްޔިތުން "ބޭގަރާރު" ވާނެ، އަދި އަމަލީ ސިފައެއް ވެސް ނާންނާނެ ގަރާރުތަކެކެވެ.
މިދިޔަ ދައުރުގެ މަސައްކަތްތައް ހިނގި ގޮތަށް ބަލާ އިރު، އެންމެ ފުރަތަމަ މަޖިލިހަށް އައީ ތަފާތު މައުލޫއުތަކުގެ މައްޗަށް ފުލުފުލުގައި ގަރާރުތަކެކެވެ. އޭގެ ފަހުން އަންނަނީ އެއާ ގުޅޭ ބޮޑު ބިލެކެވެ.
އެ މައްސަލައިގައި ހިޔާލު ތަފާތުވާ މީހުން ގަބޫލުކުރާ ގޮތުގައި ބިލްތައް ފުރަތަމަ މަޖިލިހަށް ހުށަހެޅުމުގެ ބަދަލުގައި ގަރާރުތަކެއްގެ ސިފައިގައި ހުށަހެޅުމުން ނަތީޖާ ރަނގަޅެވެ. ގަރާރުތަކަށް ހިނގި ބަހުސްތަކަށް ބޭކާރު ގޮތުގައި ވަގުތު ހޭދަވެފައި ނެތް ކަމަށް ވެސް އެ މީހުން ގަބޫލުކުރެ އެވެ. އެމީހުންގެ ނަޒަރުގައި އެ ގަރާރުތައް ހުށަހެޅުމުގެ ބޭނުމަކީ ވެސް ރައްޔިތުން ހޭލުންތެރިކުރުވުމެވެ.
ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ޕާޓީގެ މެޖޯރިޓީ އޮތް 18 ވަނަ މަޖިލިހުގެ މަސައްކަތްތައް ބައްޓަންވެފައި ހުރީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގަ އާއި ރައްޔިތުންނަށް ކަންކަން މަގުފަހިވާނެ ގޮތަށް ކަމަށެވެ.
އެކަމަކު އޭނާ އަށް މިހާރުގެ މަޖިލިހުން ފެންނަނީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހުރި ކަންކަން ހާސިލް ކުރުމުގެ ބަދަލުގައި މަޖިލިހުގެ ވަގުތުތައް ގަރާރުތަކަށް ދުއްވާލާ މަންޒަރު ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުގައި ދެން ފެނުނީ، އޭނާ ވިދާޅުވި ގޮތުގައި، ބަދަލު ހިފުމުގެ ރޫހުގަ އާއި މުއައްސަސާތަކުގައި ތިބި ވެރިން ވަކިކުރަން ސަރުކާރަށް ބާރުތަކެއް ލިބޭ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަ މަންޒަރެވެ.
މަސްވެރިކަމާ ބެހޭ ގިނަ ގަރާރުތަކެއް މަޖިލިހަށް ހުށައެޅި އެވެ. އެ ގަރާރުތަކަށް ބަހުސް ކުރަން 35 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރި އެވެ. މަސްވެރިކަމުގެ ބިލް އައީ އެ ފަސް ގަރާރަށް ބަހުސްކޮށް ނިންމައި، ބައެއް ގަރާރުތައް ފާސްކޮށްފައި ވަނިކޮށެވެ.
"ގަރާރުތަކަކީ މެމްބަރުން ބަހުސް ކުރައްވާފައި ގޮތްތަކެއް ނުނިންމޭ އެއްޗެއް. ގަރާރުތައް ވައްދައިގެން އެ ގަރާރުތަކަށް ބަހުސް ކުރުމުގެ މާނައެއް ނެތް. ރައްޔިތުންގެ މަޖިލިހުގެ ރައީސް [މުހައްމަދު ނަޝީދު] މި ހައްދަވާ ގޮތަކީ ބޭނުންފުޅުވާ ވަރަކަށް ވަގުތުތައް ދެއްވަނީ. އެހެންވީމަ، އެ ދަނީ ހަގީގީ މަސައްކަތްތަކަށް ވުރެ ފަހަތަށް ނޫންތޯ؟" ޝިޔާމް ވިދާޅުވި އެވެ.
"މަޖިލިސް ރިސެސް އަށް އައިއިރު، ސަރުކާރުގެ ފަރާތުން ބޭނުންވާ ބައިވަރު ކަންކަން ނުނިމިގެން ފަސް ދުވަސް އިތުރުކޮށްގެން ނިންމާލި އިރު ވެސް އަޅުގަނޑަކަށް ނުފެނޭ ސަރުކާރުން ބޭނުންވާ ކަންތައްތަކެއް މަޖިލިހުގެ ތެރެއިން ހާސިލްކޮށް ދިން ތަނެއް."
އެކަމަކު އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި ގިނަ ގަރާރުތަކުގައި ފާހަގަކޮށްފައި ހުންނަނީ ރަނގަޅު ކަންކަމެވެ. ނަމަވެސް ފުރަތަމަ ދައުރުގައި އިސްކަން ދޭން ޖެހޭނީ ރައްޔިތުންނަށް މުހިންމުވާ ކަންތައްތަކަށް ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ފެންނަނީ، ޝިޔާމް ވިދާޅުވި ގޮތުގައި، "ކުރީގެ ސަރުކާރާ ނުނެއްޓިގެން" އުޅޭ މަންޒަރެވެ.
މިދިޔަ މެއި 28 އިން ފެށިގެން މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް މަޖިލިހަށް 31 ބިލެއް ހުށަހެޅި އެވެ. ގަރާރުތަކާއި ބިލްތަކާއި އެހެން މައްސަލަތައް ހިމަނައިގެން 161 މައްސަލައެއް މަޖިލިހަށް ވެއްދި އެވެ. އޭގެ ތެރެއިން 118 މައްސަލަ ނިމިފައި އޮތް އިރު، ނުނިމި ވަނީ 43 މައްސަލަ އެވެ. މަޖިލިހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ ދައުރުގައި 73.3 ޕަސަންޓު މަސައްކަތް ވަނީ ނިމިފަ އެވެ.
ޝިޔާމް ވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި ރައްޔިތުންނަށް ފައިދާ ހުރި ބައެއް ކަންކަން މަޖިލިހުގެ ތެރެއިން ވަނީ ނިމިފަ އެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ބިލް ފާސްވުމާއި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާހަގަކުރެއްވި އެވެ. އެކަމަކު ސަރުކާރު ކޮންޓްރޯލްވާ ގޮތަށް ބައެއް ކަންކަން މަޖިލިހަށް ހުށަހެޅި ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދު މަޖިލިހުގެ ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ މަޖިލިހުގެ މިދިޔަ ދައުރުގެ ތަފާސްހިސާބުތަކަށް ބެލިޔަސް، އެއީ އުފެއްދުންތެރި މަޖިލިހެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އެމްޑީޕީގެ އެޖެންޑާ 19 ގެ ދަށުން މި ދައުރަށް ކަނޑައެޅި ގިނަ ކަންކަން ހާސިލްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެޖެންޑާ 19 ގެ ދަށުން އެންމެ ބޮޑު ކަމަކަށް އޮތީ، އިންސާފުގެ ބައި ކަމަށްވީ އިރު، ރިޔާސީ ކޮމިޝަންތަކަށް ބާރު ލިބުމާ ގުޅިގެން އެކަން "ބަރާބަރަށް" ހިނގަމުންދާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި ކޯލިޝަން ސަރުކާރެއް އޮތަސް، އެމްޑީޕީގެ 65 މެމްބަރުން މަޖިލިހަށް ވަދެފައި ވަނީ އެޖެންޑާ 19 ގައި ހުރި ކަންކަން ތަންފީޒު ކުރުމުގެ ވައުދާ އެކުގަ އެވެ. ސަރުކާރުން ބިލެއް ހުށަހެޅުމުގެ ކުރިން ގަރާރުތަކެއްގެ ގޮތުގައި އެ ބިލާ ގުޅުން ހުރި ކަންކަން ހުށަހަޅަނީ އެމްޑީޕީގެ އެޖެންޑާ 19 ގެ ސިޔާސަތަކުގެ ތެރޭގައި ހިމެނޭ ކަން ޔަގީން ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ސަރުކާރުން ބިލް ހުށަހަޅާ އިރު، އަތުވެދާނެ ކޯލިޝަން މެނިފެސްޓޯގައި ހުރި ކަންކަން. ކޯލިޝަން މެނިފެސްޓޯއަށް ވުރެ ފަހުން، އެމްޑީޕީން މަޖިލިހަށް ހުށަހެޅި މެނިފެސްޓޯގައި އެބަހުރި ކޯލިޝަން މެނިފެސްޓޯއާ ތަފާތު ކަންކަން. އެހެންވީމަ އެމްޑީޕީން މަސައްކަތް ކުރަނީ އެޖެންޑާ 19 ގައި ހުރި ކަންކަން ހާސިލް ވާނެ ކަމުގެ ޔަގީން ކަން ހޯދުމަށް،" ނިޔާޒް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި އޭނާ ވެސް ނެންގެވީ މަސްވެރިކަމުގެ ބިލެވެ. މަސްވެރިކަމާ ގުޅޭ ގަރާރުތަކުގައި އޮފް ޝޯ ޕްލެޓްފޯމްތަކާއި ގޭދޮށު މަސް ފެކްޓަރީތައް ގާއިމްކުރަން ގަރާރުތަކުގައި ގޮވާލާފައި ވަނިކޮށް، މަސްވެރިކަމުގެ ބިލް އައި އިރު، އޭގެ ތެރެއިން ގިނަ ކަންކަން ހިމަނާފައެއް ނެތެވެ. އެހެންވެ، ކޮމިޓީ މަރުހަލާގައި ބިލް އިސްލާހުކުރީ ގަރާރުތަކުގައި ހުރި ކަންކަން ހިމަނައިގެންނެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަގުތެއް ނޫން އެ ހޭދަ ވަނީ. އަޅުގަނޑުމެންގެ ބޭނުމަކަށް ވަނީ އެޖެންޑާ 19 ގައި ހުރި ކަންކަން ރައްޔިތުންނަށް ވިސްނައި ދިނުން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލްތަކުގައި އެޖެންޑާ 19 ގެ ކަންކަން ހިމަނާފައި ވާނެ ކަމަށެވެ. އަދި މަޖިލިހުގެ މަސައްކަތާ މެދުގައި އޭނާ ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންފަ އެވެ. އަންނަ މަހު ފަށާ ދައުރުގައި އެންމެ އިސްކަމެއް ދޭނީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ކަމަށް ވިދާޅުވި އެވެ.
މަޖިލިހަށް އެންމެ ގިނަ އަދަދަކަށް ގަރާރު ހުށަހެޅުއްވި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވި ގޮތުގައި މަޖިލިހަށް ގަރާރުތަކެއް ހުށަހެޅުއްވީ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ. އޭގެ ނަތީޖާ ވަރަށް ބޮޑަށް ހާސިލްވެފައިވާ ކަން އޭނާ ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑު ހުށަހެޅި ގަރާރުތައް ފާސްނުވި ކަމުގައި ވިޔަސް، އާންމުންނަށް އެނގިއްޖެ މިއީ ކަން ކަންކަން އޮތް ގޮތަކީ. މަޖިލިހުގެ ތަޅުމުގައި އެ ގަރާރުތަކަށް މެމްބަރުންގެ މެދުގައި ވަރުގަދަ ބަހުސްތަކެއް ހިނގައިފި. އެހެންވީމަ، ގަރާރުތަކުގެ މަގްސަދު ހާސިލްވެފައި ވަނީ،" ޖާބިރު ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އާ ދައުރެއް ފަށާ އިރު، މަޖިލިހުން އިސްކަމެއް ދޭންވީ ސަރުކާރުން ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދަން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކަށް ކަމަށެވެ. ބޭކާރު ގަރާރުތައް މަޖިލިހަށް ވައްދައިގެން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަގީގަތުގައި މިހާރުގެ ރައްޔިތުންގެ މަޖިލިސް ވަރަށް ހަރަކާތްތެރި އެވެ. ހުސް ވަގުތެއް ނުދީ އަބަދު ކޮންމެވެސް މައުލޫއެއްގައި ބިޒީކޮށް މެމްބަރުން ބައިތިއްބާތަން މި މަޖިލިހުން ފެނެ އެވެ.
ބަޖެޓު ފާސް ކުރަން ޖާބިރު ވޯޓެއް ނުދެއްވި!
މަޖިލިހުގައި ހަޅޭކާއި ނިޒާމީ މައްސަލަ އާއި އަރާރުން!
މަޖިލިހުގައި އިހުތިޖާޖުކުރި މެމްބަރުން ބޭރުކޮށްފި
ހަރުކަށިކަން ހުއްޓުވަން ކުއްލި ހާލަތު އިއުލާންކުރަންޖެހޭ
ކޮމިޓީގައި ސިޓީ ކައުންސިލްގެ މެމްބަރުން ހޫނު ޒުވާބަކަށް
އިދިކޮޅުގެ ރުޅި ޖޭއެސްސީއަށް: ނިޒާމް ފުނޑާލައިފި!
މިއީ ރާއްޖެ ކަފުން ކުރަން ތައްޔާރުކުރި ބަޖެޓެއް:ޝިޔާމް
ނާޝިޒާއި ޖާބިރު، އެކަކު އަނެކަކަށް ނުގޮވާ އެއްޗެއްނެތް
ޖާބިރު ރުޅި އައީ ދިޔާނާ ފަނޑިޔާރަކަށް ނުހޮވިގެން
ހިޔާނާތުގެ ފައިސާ ރޮޒައިނާ އަށް ލިބުނު: ޖާބިރު