11 ސެޕްޓެމްބަރ 2019
އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމަނައި، އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމަނައި، އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
އެމެރިކާ އަށް ސެޕްޓެމްބަރު 11، 2001 ގައި ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ހަދަން ފެށި މި ލިސްޓުގައި ހިމަނާފައި ވަނީ މުހައްމަދު އަމީން ކިޔާ ދިވެއްސެކެވެ. އެމެރިކާ އިން ބުނި ގޮތުގައި އޭނާ އަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސް އަށް މަސައްކަތް ކޮށްދޭ މީހެކެވެ. ކުރިން ސީރިއާ އަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވެ އެވެ.
އެމެރިކާ އިން ބުނެފައިވަނީ އަމީނަކީ އައިސިސްގެ އިރާގު ގޮފި (އައިސިސް-ކޭ) އަށް ހަނގުރާމަވެރިން ރެކްރޫޓްކުރާ މީހެއް ކަމަށެވެ. އޭނާ ވަނީ ރާއްޖޭގެ މީޑިއާއެއްގައި މަސައްކަތްކުރާ މީހަކު އައިސިސް-ކޭ އާ ގުޅިގެން އަފްޣާނިސްތާނަށް ދާން މަހަކު 700 ޑޮލަރުގެ މުސާރައެއް ހުށަހަޅާފައި ކަމަށް ވެސް ބުނެފައިވެ އެވެ. އެ ނޫސްވެރިޔާ އަށް ހުށަހަޅާފައިވަނީ އަމީންގެ ބޭނުމަށް ލިޔުންތައް ތަރުޖަމާކުރުން ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ އޭޕްރީލް މަހާ ހަމައަށް ވެސް އަމީނަކީ އައިސިސް އަށް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެއްކަން އެނގޭ ކަމަށާއި އޭނާގެ މި މަސައްކަތުގައި އެހެން މީހުން ވެސް ބައިވެރިކުރާ ކަމަށް އެމެރިކާ އިން ބުންޏެވެ. އަމީންގެ ބައިވެރިން ހަނގުރާމަވެރިން ހޯދަން ހަފުތާ އަކު ދިހަ ވަރަކަށް ބައްދަލުވުން ބާއްވާ ކަމަށާއި އޭގެ ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާކަން އެމެރިކާ އިން ހާމަކޮށްފައިވެ އެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ކުށްވެރިންގެ ގޭންގުތަކުން މީހުން ރެކްރޫޓުކޮށް ހަނގުރާމަ އަށް ފޮނުވަން އަމީނާއި އޭނާގެ ބައިވެރިން މަސައްކަތްކުރެ އެވެ.
އެނގިފައިވާ ގޮތުގައި އަމީނަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅުނު މީހެކެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު ހުންނަނީ ދޫކޮށްލައިފަ އެވެ. މިހާރު ވެސް އޭނާ މާލެ ތެރޭގައި މިނިވަންކަމާ އެކު އުޅެ އެވެ.
އައިސިސްގެ ލިޔުން ހާމަކުރުމާ މެދު ބޮޑު ބަހުސެއް
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ
އައިއެސް އިން އެމެރިކާ އަށް ހަމަލާއެއް ދީފާނެ
އަމީނަކީ ރާއްޖޭގެ އައިއެސް ލީޑަރު: ދައުލަތް
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އާންމުކޮށްފި
މަރާލި ޒުބޭރު ސީރިއާއަށް ދިޔައީ އާއިލާ ވެސް ގޮވައިގެން
އައިސިސްއާ ގުޅުންހުރި ބަޔަކު މެލޭޝިއާއިން ހައްޔަރުކޮށްފި
ތުރުކީން އައިސިސްގެ 147 މީހަކު ހައްޔަރުކޮށްފި
ހަނގުރާމައަށް ދާން އުޅުނު ދެމަފިރިއަކު ހައްޔަރުކޮށްފި
އިސްލާމީ އިލްމުވެރިންގެ މަހާސިންތާއެއް މައްކާގައި ފަށަނީ