04 ސެޕްޓެމްބަރ 2019
ވޮޝިންޓަން (ސެޕްޓެމްބަރު 4) - އީރާނުގެ ޖައްވީ ޕްރޮގްރާމާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އިއްޔެ އަޅައިފި އެވެ.
ވޮޝިންޓަން (ސެޕްޓެމްބަރު 4) - އީރާނުގެ ޖައްވީ ޕްރޮގްރާމާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އިއްޔެ އަޅައިފި އެވެ.
އެމެރިކާ އިން ބުނީ އީރާނުން ދާދި ފަހުން އުދުއްސާލަން އުޅުނު ރޮކެޓެއް ގޮވުމަކީ، އެ ގައުމުން މިސައިލް ޕްރޮގްރާމް ކުރިއަށް ގެންދަން އުޅޭކަމުގެ ހެއްކެއް ކަމަށެވެ.
"އީރާނުން ޖައްވީ ޕްރޮގްރާމެއް ހިންގަނީ ކަމަށް ބުނެ އެ ގައުމުން ބެލިސްޓިކް މިސައިލް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެމެރިކާ އިން ނުދޭނެ،" ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ނެރުއްވި ބަޔާނެއްގައި ބުނެފައިވެ އެވެ. "އޮގަސްޓް 29 ވަނަ ދުވަހު އީރާނުން އުދުއްސާލަން އުޅުނު ރޮކެޓުން ވެސް ދޭހަވޭ އެ ގައުމުގެ ނުރައްކާ އޮތް މިންވަރު."
ޕޮމްޕެއޯ ވިދާޅުވީ އެމެރިކާ އިން ފިޔަވަޅު އަޅަނީ އީރާނުގެ ސްޕޭސް އެޖެންސީ އާއި އެ ތަނާއި ގުޅިފައިވާ ދެ ރިސާޗް ސެންޓަރަކަށް ކަމަށެވެ.
"މިއީ އީރާނުގެ ޖައްވީ ޕްރޮގްރާމަށް އެއްބާރުލުން ނުދިނުމަށް ބައިނަލްއަގުވާމީ ސައެންޓިފިކް ކޮމިއުނީޓީ އަށް ވެސް ދޭ އިންޒާރެއް. މި ރޮނގުން އީރާނަށް އެއްބާރުން ދީފި ނަމަ އެއީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން ވެވޭ އެހީއެއް،" ޕޮމްޕެއޯގެ ބަޔާނުގައި ބުނެފައި އެވެ.
އީރާނުން މިދިޔަ ބުރާސްފަތި ދުވަހު ޓެސްޓް ކުރަން އުޅުނު ރޮކެޓެއް ގޮވި މަންޒަރުގެ ފޮޓޯއަކާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެކަމުުގައި އެމެރިކާ އިން ކުރާނެ ކަމެއް ނެތް ކަމަށެވެ.
އީރާން ސަރުކާރުގެ ތަރުޖަމާން އަލީ ރާބިއީ ވިދާޅުވީ ރޮކެޓް ގޮވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި އެކަން ހިނގީ ޓެސްޓް ސައިޓެއްގައި ކަމަށެވެ.
އެމެރިކާ އިން އީރާނަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް
ސީރިއަސްވުމަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން
އެންމެ ފަހު ވަގުތު ވެސް ޓްރަމްޕް އީރާނަށް ދަތިކޮށްފި
"އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ފަޚުރެއް"
ޒަރީފަށް ފިޔަވަޅު އެޅީ ޓްރަމްޕްއާ ބައްދަލު ނުކުރުމުން
އީރާނުގެ ޚާރިޖީ ވަޒީރަށް އެމެރިކާއިން ފިޔަވަޅު އަޅައިފި
ފިޔަވަޅުތައް އުވާލައިފިނަމަ އެެމެެރިކާއާ މަޝްވަރާ ކުރާނަން
ޚާމަނާއީއާ ދެކޮޅަށް އެމެރިކާ އިން އެޅީ މޮޔަ ފިޔަވަޅެއް
ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކަށް ޚާމަނާއީ
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅަކީ އިގްތިސާދީ ޓެރަރިޒަމް