02 ސެޕްޓެމްބަރ 2019
އިންސާފު ހޯދައި ދިނުމަށް މި ސަރުކާރުން ހަވާލުކުރި މަސައްކަތް ކާމިޔާބުކަމާ އެކު ކުރެވޭ ކަމުގެ އިހްސާސް ކުރެވޭ ކަމަށާއި އޭގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން އިއްޔެ ބުނެފި އެވެ.
އިންސާފު ހޯދައި ދިނުމަށް މި ސަރުކާރުން ހަވާލުކުރި މަސައްކަތް ކާމިޔާބުކަމާ އެކު ކުރެވޭ ކަމުގެ އިހްސާސް ކުރެވޭ ކަމަށާއި އޭގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން އިއްޔެ ބުނެފި އެވެ.
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާ ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، އެތަނުން ބެލި 27 މައްސަލައިގެ ތެރެއިން މިހާރު ނިންމައި ނުލެވެނީ ހަތަރު މައްސަލައެއް ކަމަށެވެ. ދެން ހުރި މައްސަލަތަކުގެ ތަހުގީގު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ، ރިޔާސީ ކޮމިޝަން އުފައްދައި މަސައްކަތްތައް ފެށިތާ ނުވަ މަސް ވިޔަސް އެ ކޮމިޝަނުން ބަލަނީ މަރުގެ މައްސަލަތަކަކަށް ވާތީ ތަހުގީގު ލަހެއް ނޫން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ކުރި މަސައްކަތަކީ ކާމިޔާބު މަސައްކަތެއް. އެވްރެޖު ގޮތެއްގައި މި ނުވަ މަހުން 27 މައްސަލަ އަށް ބަލައިފި ކަމަށް ވަންޏާ އަޅުގަނޑު ދެކޭގޮތުގައި މި މައްސަލަ [ރިލްވާންގެ މައްސަލަ] ތަހުގީގުކުރަން ހޭދަކުރި ވަގުތަކީ ކުޑަ ވަގުތެއް،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވި އެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވަނީ ރާއްޖޭގައި ދީނީ ހަރުކަށި ޖަމާއަތް ހަރަކާތްތެރިވަމުން ދާ ކަމަށާއި އަދި އެ ޖަމާއަތް މަސައްކަތްކުރާ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަރުކަށި ފިކުރު ރާއްޖެ އަށް ފެތުރިފައިވަނީ ހީކުރާ ވަރަށް ވުރެ ބޮޑަށެވެ. އަދި އެއީ ބިރުވެރިކަމެއް ކަމަށް ވިދާޅުވި އެވެ.
ހަރުކަށި ވިސްނުން މުލުން އުފުރައިލަންޖެހޭ ކަމަށާއި ޅަދަރީން ރެކްރޫޓުކޮށް ހަނގުރާމައަށް ފޮނުވައި، އެ ޖަމާއަތުން ކުރާ ވިޔަފާރިތައް ހުއްޓުވާލަން ޖެހޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
"މި ވާހަކަ ދައްކާއިރު ވެސް އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް އެ މީހުން ދެން އަންނާނީ ކޮން ދިމާލަކުންކަން ވެސް ނުރައްކާ. އެކަމަކު، އަޅުގަނޑުމެން ޖެހިލުމެއް ނުވޭ. އަޅުގަނޑުމެންނަށް ހަވާލުކޮށްފައިވާ މަސައްކަތް އަޅުގަނޑުމެން ފުރިހަމަ ކުރާނަން. މި ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދޭނަން،" ރިލްވާންގެ މައްސަލައިގައި މިހާތަނަށް ހާމަކުރި ތަފްސީލީ މައުލޫމާތުތަކަށް ފަހު ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީީގުގެ ބޮޑު ބައި ވެސް މިހާރު ނިމިފަ އެވެ. ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތްކޮށް އެ މައްސަލައިގެ ވެސް ތަފްސީލީ މައުލޫމާތު އާންމު ކުރާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ރިލްވާން ވަގަށް ނެގިތާ މިިދިޔަ އޮގަސްޓް 8 ގައި ފަސް އަހަރުވެގެން ދިޔައިރު ވެސް އޭނާ އަށް ވީގޮތެއް ފުލުހުން ކުރިން ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ވެސް މީގެ ކުރިން ބުނެފައިވަނީ ރިލްވާން ވަގަށް ނަގައިގެން ރަތް ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށެވެ. އެކަމަކު ފަހުން ވީ ގޮތެއް ނޭނގެ އެވެ.
ސުއޫދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިތަކުން އެނގޭ ކަމަށާއި އެކަމަކު، ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިކަން އަދި ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ
މަރުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޝަން އުފެއްދެވީ ނޮވެމްބަރު 17، 2018 ގަ އެވެ. އެ ކޮމިޝަނުން ބަލަނީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކެވެ.
ކޮމިޝަނަށް އަންނަ ފާޑުކިޔުންތަކަށް ޖަވާބެއް ނެތް!
ރިޔާސީ ކޮމިޝަން މާދަމާ 241 ކޮޮމިޓީ އަށް
އިންސާފު ހޯދުން ކުރިއަށް ގެންދާނެ: ކޮމިޝަން
ރިލްވާންގެ މައްސަލައާ ގުޅިގެން މީހަކު ހޯދަނީ
ހުސެއިން ވަހީދަށް ފުލުހުންގެ މައްސަލައެއް ނުފެނޭ!
ފުލުހުންގެ އޮޕަރޭޝަން ކަނޑުމަތީގައި ވެސް ފަށައިފި
ރިޔާސީ ކޮމިޝަންގެ މަގްސަދާ މެދު ޝައްކެއް ނެތް: ރައީސް
ރިލްވާންގެ ރިޕޯޓް މަޖިލިހަށް ދޭން އަންގާފައެއް ނުވާނެ
ރިލްވާންގެ މައްސަލައިގެ ކޮމިޓީ ސިއްރުކޮށްފި
ދެފުލުހުންނަށް ފިޔަވަޅުއެޅީ ރިލްވާންގެ މައްސަލައަކު ނޫން