Roadha Mihaaru
އުކުޅަސް ޓެކް ފެއާގައި އުރީދޫގެ އާ ދެ އެޕެއް

އުކުޅަސް ޓެކް ފެއާގައި އުރީދޫގެ އާ ދެ އެޕެއް

26 އޯގަސްޓް 2019

ޕްރޮފެސަރު އުގައިލްގެ އުގައިލް ފައުންޑޭޝަނުން އއ. އުކުޅަހުގައި މިއަދު ފެށި "އުކުޅަސް ޓެކް ފެއާ"ގައި އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ އެންމެ ފަހުގެ ދެ އެޕްލިކޭޝަން ދައްކާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޕްރޮފެސަރު އުގައިލްގެ އުގައިލް ފައުންޑޭޝަނުން އއ. އުކުޅަހުގައި މިއަދު ފެށި "އުކުޅަސް ޓެކް ފެއާ"ގައި އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ އެންމެ ފަހުގެ ދެ އެޕްލިކޭޝަން ދައްކާލައިފި އެވެ.

ޓެކްފެއާގައިވާ އުރީދޫގެ ސްޓޯލްތަކުގައި ދައްކާލަމުންދާ ދެ އެޕްލިކޭޝަނަކީ، މޫލީ" އަދި "އެވީ" އެވެ.

އުރީދޫގެ އެސިސްޓެންޓް ސޮފްޓްވެއާ ޑިވެލޮޕާ އަހްމަދު ސޮބާހް "މިހާރު"އަށް ވިދާޅުވީ އަދި ތަރައްގީކޮށް ނުނިމި އޮތް ނަމަވެސް "އެވީ" އަކީ ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އުފެއްދުމެއް ކަމަށެވެ. އެގޮތުން އާއްމުގޮތެއްގައި މީހުން ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތްތަކެއްގެ އެހީގައި އެ އެޕްލިކޭޝަން ބޭނުން ކުރެވޭނެ ކަމަށެވެ.

"ވައިބާ އާ މެސެންޖާއާ، ޓެލެގްރާމާ މި ހުރިހާ އެއްޗަކަށް ލޯންޗް ކޮށްލީމާ ލިބޭނެ. އަދި އޭގެ އިތުރުން ހަމަ ޑަޔަލް ކުރާ ނަމްބަރެއް ވެސް އިންނާނެ. އެ ނަމްބަރަށް ގުޅާލީމާ އެ ބޮޓް، އެކޯލް ތަކަށް ޖަވާބު ދޭނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޖަވާބުދޭ އެ ބޮޓަކީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ މައުލޫމާތު ދޭނީ އިނގިރޭސިބަހުންނެވެ. އެހެން ނަމަވެސް އެޕްލިކޭޝަން ތަރައްގީކޮށް ނިމޭ އިރު ދިވެހި ބަހުން ވެސް ޖަވާބުދެވޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމައިނުން އިންގްލިޝް އެތި ނެރޭނަން އަޅުގަނޑުމެން ޓެސްޓަށް،" އޭނާ ވިދާޅުވި އެވެ،

ކުނބު އެޕްލިކޭޝަންގެ ޑިވެލޮޕަރު އަހުމަދު މަހްފޫޒް (ކ) އަދި ޑިޒައިނަރު ރިމާހު އަހުމަދު --ފޮޓޯ:ހުސަިއން ވަހީދު/މިހާރު

ކުނބު އެޕްލިކޭޝަންގެ ޑިވެލޮޕަރު އަހުމަދު މަހްފޫޒް (ކ) އަދި ޑިޒައިނަރު ރިމާހު އަހުމަދު --ފޮޓޯ:ހުސަިއން ވަހީދު/މިހާރު

އުރީދޫން ދައްކާލި އަނެއް އެޕްލިކޭޝަނަކީ މިހާރު ވެސް ބޭނުން ކުރަމުން އަންނަ "މޫލީ" އެެވެ. އެއީ އޮންލައިންކޮށް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްލެޓްފޯމެކެވެ.

އުކުޅަސް ޓެކްފެއާ ކުރިއަށް ދަނީ އެރަށުގައި މިއަދު ފެށި ސައިންްސްވެރިންގެ ކޮންފަރެންސާ އެކު އެކުގައި ކަމަށް ވާތީ އުރީދޫއާއި އެހެނިގެން ފަރާތްތަކުގެ އުފެއްދުންތަކަށް ވެސް ބައިނަލް އަގުވާމީ ސައިންސްވެރިންގެ ހިޔާލާއި މަޝްވަރާ ލިބޭނެ އެވެ.