17 އޯގަސްޓް 2019
ތެހެރާން (އޮގަސްޓް 17) - ޖިބްރޯލްޓާ އިން ދޫކޮށްލި އީރާނުގެ ތެޔޮ ހުރި ޓޭންކަރު ގްރޭސް 1 ހިފަހައްޓަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަމުރު ނެރެފި އެވެ.
ތެހެރާން (އޮގަސްޓް 17) - ޖިބްރޯލްޓާ އިން ދޫކޮށްލި އީރާނުގެ ތެޔޮ ހުރި ޓޭންކަރު ގްރޭސް 1 ހިފަހައްޓަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަމުރު ނެރެފި އެވެ.
ދެ މިލިއަން ފީފާގެ ސާފު ނުކުރާ ތެޔޮ ހުރި ސުޕަ ޓޭންކަރު ޖުލައި 4 ވަނަ ދުވަހު އިނގިރޭސި ސިފައިން އަރައި ޖިބްރޯލްޓާ ބޭރުން ހިފެހެއްޓީ ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ކަމަށް ތުހުމަތުކޮށްފަ އެވެ. އިނގިރޭސި ވިލާތުން ބުނެފައި ވަނީ ޔޫރަޕުން އަަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ސީރިއާ އަށް ތެޔޮ ގެންދިއުމަކީ މަނާ ކަމެއް ކަމަށެވެ.
ގްރޭސް 1 ދޫކޮށްލަން ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު އެންގުމުގެ ކުރިން އެމެރިކާ އިން ވަނީ ޓޭންކަރު ހިފަހައްޓާފައި ބޭއްވޭތޯ އެންމެ ފަހު ވަގުތާ ޖެހެންދެން ވަރަށް މަސައްކަތް ކޮށްފަ އެވެ.
އީރާނުގެ ތެޔޮ ހުރި ސުޕަޓޭންކަރު ޖިބްރޯލްޓާ ކަނޑުއޮޅީގައި އެންކާކޮށްފައި. --ފޮޓޯ؛ރޮއިޓާސް
އެމެރިކާ އިން ބުނީ ގްރޭސް 1 އާއި އޭގައި ހުރި ތެޔޮ ހިފަހައްޓަން އަމުރު ނެރުނީ އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް ޕެކްޓުގެ ދަށުން ކަމަށެވެ.
ގްރޭސް 1 ހިފެހެއްޓިތާ ދެ ހަފުތާ ފަހުން އީރާނުން ވެސް ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފަ އެވެ. އީރާނުން ބުނެފައި ވަނީ ސްޓެނާ އިމްޕެރޯ ހިފެހެއްޓީ ހާލުގައި ޖެހުނު އުޅަނދަކަށް އެހީނުވެ ދިއުމުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމުން ކަމަށެވެ. ނަމަވެސް އިނގިރޭސި ޓޭންކަރު އީރާނުން ހިފެހެއްޓީ ގްރޭސް 1 ހިފެހެއްޓުމުން ބަދަލު ހިފަން ކަމަށް ބެލެވެ އެވެ.
ޖިބްރޯލްޓާ އިން ބުނެފައި ވަނީ ގްރޭސް 1 ގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ނޫން ކަމުގެ ޔަގީންކަން އީރާނުން ދީފައިވާ ކަމަށެވެ.
ވަގަށް ތެޔޮ ބޭރުކުރި ޓޭންކަރެއް އީރާނުން ހިފަހައްޓައިފި
ޓޭންކަރުގެ ކެޕްޓަނަށް ހުށަހެޅީ 15 މިލިއަން ޑޮލަރު
"އީރާނުގެ ޓޭންކަރަށް އެހީވާ ނަމަ ފިޔަވަޅު އަޅާނަން"
ތެޔޮ ޓޭންކަރު ނުހިފެހެއްޓުމަށް އެމެރިކާއަށް އިންޒާރުދީފި
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
އެމެރިކާއިން އެދެނީ އީރާނުން ރައްދު ހަމަލާ ނުދޭން
އެމެރިކާގެ އޮފިޝަލަކު މަރަން އުޅުނު މީހަކަށް ދައުވާ
އެމެރިކާ ވެރިޔަކު މަރަން ރޭވި މީހަކު ހައްޔަރުކޮށްފި
އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެފި
އިޒްރޭލަށް ހަމަލާދިނުމުން އީރާނަށް ފިޔަވަޅު އަޅަނީ