ޗައިނާގައި އިމާރާތް ކުރުމުގެ ސާމާނު ވިއްކާ ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކަކަށް ކުންފުނިން ކަނޑައެޅި ސޭލް ކޯޓާ އަށް ވާސިލު ނުވެވެމުން އަދަބެއްގެ ގޮތުން، ދިރޭ މަހާއި ކުކުޅުގެ ލޭ ބޯންދިން މައްސަލަ ހޫނުވެ، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
16 އޯގަސްޓް 2019
ޗައިނާގައި އިމާރާތް ކުރުމުގެ ސާމާނު ވިއްކާ ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކަކަށް ކުންފުނިން ކަނޑައެޅި ސޭލް ކޯޓާ އަށް ވާސިލު ނުވެވެމުން އަދަބެއްގެ ގޮތުން، ދިރޭ މަހާއި ކުކުޅުގެ ލޭ ބޯންދިން މައްސަލަ ހޫނުވެ، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ކުންފުނީގެ ނަން ހާމަނުކޮށް ބައެއް މީޑިއާތަކުން ބުނީ އެތަނުން ޗައިނާގެ ގުޒޯގައި ހިންގާ ފިހާރައެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކަކަށް ދިރޭ މަހާއި ކުކުޅުގެ ލޭ ބޯން ދިނީ މި މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އަދި މިކަން ކުރީ މިދިޔަ މަހު އެ ފިހާރަ އިން ކަނޑައެޅި ވިޔަފާރީގެ ޓާގެޓް ހާސިލު ނުވުމުން މުވައްޒަފުންނަށް އަބަދު ދިނުމުގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑީއާގައި ދައުރުވެފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ކުންފުނީގެ ތަރުޖަމާން މީޑިއާތަކަށް ބުނީ ދިރޭ މަހާއި ކުކުޅުގެ ލޭ ބޯންދިނީ މަޖުބޫރުން ނޫން ކަމަށެވެ. އަދި އެއީ މުވައްޒަފުން ވޮލަންޓިއާކޮށް ލިބިގަތް އަދަބެއް ކަމަށް ވެސް ބުންޏެވެ. އޭނާ ބުނީ ކަނޑައެޅީ ކޯޓާ ސޭލް އަށް ވާސިލު ނުވެވުނު 20 މުވައްޒަފުން އަދަބު ލިބިގަތް ކަމަށެވެ.
"މިއީ އެ މީހުންނަށް ބޮޑު އަދަބެއް ދިނުމުގެ ބޭނުމުގައި ކުރި ކަމެއް ނޫން. ބޭނުމަކަށްވީ ކުރިއަށް އޮތް ތަނަށް ވެސް އެ މީހުން މޯޓިވޭޓް ކުރުން،" ތަރުޖަމާނު ބުންޏެވެ. "ކުންފުނީގެ ޓާގެޓްތައް ހާސިލްކުރަން މުވައްޒަފުންނަށް ހިތްވަރު ދިނުން."
ޗައިނާގެ ކުންފުނިތަކުން މިގޮތަށް މުވައްޒަފުންނަށް އަދަބު ދިނުމަކީ އާންމު ކަމެކެވެ. އެގޮތުން މިދިޔަ އަހަރު ވެސް ކުންފުންޏަކުން ކަނޑައެޅި އާމްދަނީ ނުލިބުމުން މުވައްޒަފުންތަކެއް މަގުމައްޗަށް ނެރެ ގަންހިންގުވާފައިވެ އެވެ.
ކުންފުނިތަކުގެ އާމްދަނީ އަށް ބޮޑެތި ކުރިއެރުން ހޯދައިދޭ މުވައްޒަފުންނަށް ބައެއް ކުންފުނިތަކުން އާދަޔާހިލާފު ހަދިޔާ ވެސް ދެ އެވެ. އޭގެ ތެރޭގައި ކުންފުނީގެ ވެރިން މުވައްޒަފުން ގޮވައިގެން ބޭރު ގައުމުތަކަށް ޗުއްޓީ އަށް ދިއުން ވަރަށް އާންމެވެ.
މުވައްޒަފުންނަށް ޕީއެސް5 އާއި އައިފޯނާއި އައިޕެޑް
މުވައްޒަފުންނަށް ފާރަލާ ކުޝަންއެއްގެ މައްސަލަ ހޫނުވެއްޖެ
އިމޯޖީއަކުން ޖަވާބު ދިނުމުން ވަޒީފާ ގެއްލިއްޖެ
އާމްދަަނީ ދަށްވުމުން މުވައްޒަފުން "ގަން ހިންގައިފި"
މެގައިން ކަނޑާލި މީހުންގެ %80 އަލުން ވަޒީފާ އަށް
ބެއިޖިންގެ ބަހާރުން، ޗޮންޗިންގެ ދެގުނަ އުފާވެރިކަމަށް
އެމެރިކާގެ ޓެރިފުން އިލެކްޓްރޯނިކް ސާމާނު އުނިކޮށްފި
ޗައިނާއިން އެމެރިކާގެ މުދަލަށް 125 ޕަސެންޓުގެ ޓެރިފް
އެމެރިކާއިން ޓެރިފް ބޮޑުކުރުން 90 ދުވަހަށް ފަސްކޮށްފި
ޗައިނާ-އެމެރިކާގެ ވިޔަފާރީގެ ހަނގުރާމަ ވަރުގަދަވެއްޖެ