Roadha Mihaaru
ނަފްރަތު އުފައްދަން ބޭނުން ކުރީ ފޭކް އެކައުންޓެއް

އިންޑިއާގެ ބެލުމުގެ ދަށަށް ރާއްޖެ ގެންދަން ގޮވާލީ ފޭކް އެކައުންޓަކުން

10 އޯގަސްޓް 2019

އިންޑިއާގެ ބެލުމުގެ ދަށަށް ރާއްޖެ ގެންދަން ސޯޝަލް މީޑިއާގައި ގޮވާލީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ޑޮކްޓަރެއް ނޫން ކަމަށާއި އެއީ އެ ޑޮކްޓަރުގެ ނަމުގައި ހަދާފައިވާ ފޭކް އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިންޑިއާގެ ބެލުމުގެ ދަށަށް ރާއްޖެ ގެންދަން ސޯޝަލް މީޑިއާގައި ގޮވާލީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ޑޮކްޓަރެއް ނޫން ކަމަށާއި އެއީ އެ ޑޮކްޓަރުގެ ނަމުގައި ހަދާފައިވާ ފޭކް އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މީގެ ފަސް މަސް ކުރިން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށި ނޭޕާލު ޑޮކްޓަރުގެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓެއް ހެދި މައްސަލަ މިހާރު ވާނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށް އެޗްއާރްއެޗްގެ މެނޭޖަރު ޝަރަފުއްސާދާތު "މިހާރު" އަށް މިރޭ ވިދާޅުވި އެވެ. ފޭކް އެކައުންޓް ހަދާފައި ވަނީ އެޗްއާރްއެޗްގައި ޖެނެރަލް ފިޒިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޑރ. ޕްރަދީޕް ކަޓްވަލާގެ ނަމުގަ އެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށް ސާދާތު ވިދާޅުވި އެވެ.

އެޗްއާރްއެޗްއިން ކުރި ޕޯސްޓެއް

ޕްރަދީޕްގެ މައުލޫމާތާއި ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ އެކައުންޓު މިހާރު ވަނީ ޑިލީޓްކޮށްފަ އެވެ. އެ އެކައުންޓުން ފަތުރަމުން ދިޔަ މައުލޫމާތަކީ އޭނާގެ ވިސްނުމާއި ފިކުރު ހުރި ގޮތް ނޫން ކަމަށް ވެސް ޕްރަދީޕް ވިދާޅުވި އެވެ.

ޑރ. ޕްރަދީޕް ކުރި ޓްވީޓެއް

ޕްރަދީޕްގެ އިތުރުން ނޭޕާލުގެ ތިން ޑޮކްޓަރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރެ އެވެ. ޕްރަދީޕްގެ އެދުމަކީ މި އުފެދުނު މައްސަލައާ ގުޅިގެން އޭނާ އަށް އަދި އޭނާގެ އާއިލާ އަށް އެއްވެސް ގެއްލުމެއް ނުލިބުމެވެ.