Roadha Mihaaru

އީދަށް މޫސުން ގޯސްވެ، ކަނޑު ގަދަވާނެ: މެޓް

މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް، މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ.

އީދަށް މޫސުން ގޯސްވެ، ކަނޑު ގަދަވާނެ: މެޓް
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

07 އޯގަސްޓް 2019

މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް، މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ އަންނަ ހަފްތާ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިއަދު މެންދުރު ފަހުން ފެށިގެން މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަވާނެ ކަމަށް ލަފާކުރެ އެވެ. އަދި މާދަމާއިން ފެށިގެން މުޅި ރާއްޖެ އަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނެ އެވެ.

އަންނަ އާދިއްތަ ދުވަހު ބޮޑު އީދު ފާހަގަ ކުރާއިރު އީދާ ދިމާކޮށް ގިނަ ބަޔަކު އެކި ރަށްރަށަށް ދަތުރު ކުރަމުން އެބަދެ އެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އުތުރާއި މެދު ރާއްޖެތެރެ އަށް އާއްމު ގޮތެއްގައި 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު ދެކުނުގެ އަތޮޅުތަކަށް 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.

އެހެންވެ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މުޅި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.