06 އޯގަސްޓް 2019
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްވި ކަމަށް ބުނާ އިންޒާރާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ، މެމްބަރުންގެ މެދުގައި މިރޭ ބަހުސް ފަށައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްވި ކަމަށް ބުނާ އިންޒާރާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ، މެމްބަރުންގެ މެދުގައި މިރޭ ބަހުސް ފަށައިފި އެވެ.
މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އިމްރާން، ލުތުފީ އަށް އިންޒާރުދީ ފްރޭމްކޮށް ބިރު ދެއްކުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކުށްވެރިވާނެ ކަމެއް ކަމަށާއި އެކަން އިމްރާން މުތުލަގަށް ދޮގު ކުރައްވާފައި ނުވާ ކަމަށެވެ.
ލުތުފީގެ ތުހުމަތުތަކާ ގުޅިގެން އިމްރާން ވަނީ މަގުމަތިން މީހެއްގެ ކަރުގައި ހިފައި، ބިރު ދައްކައި އޮފީހަށް ވަދެ ފްރޭމް ކުރާނެ ކަމުގެ އިންޒާރު ދެއްވާ ވަރަށް އޭނާ ގަމާރު ވާނެ ކަމަށް ދިވެހިން ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެ ލުތުފީގެ ތުހުމަތުތަކަށް ރައްދު ދެއްވައިފަ އެވެ.
ނަމަވެސް ސައީދު ހުށަހެޅުއްވި މައްސަލައިގައި ވަނީ ސިޔާސީ ވާދަވެރިން ގާނޫނީ އިމުގެ ބޭރުން ނައްތާލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މި އަމަލަކީ ޝަރީއަތްތަކަށް ސީދާ ނުފޫޒު ފޯރުވުމަށް ހިންގާފައިވާ އަމަލެއް ކަމަށް ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
ރައްޔިތުންނަށް އިންސާފުވެރިކަން ހޯދައި ދިނުމަށް ވަކާލާތުކޮށްގެން ވެރިކަމަށް އައި ސަރުކާރެއްގެ ހޯމް މިނިސްޓަރު ނާއިންސާފުން ބާރުގެ ބޭނުންކޮށް ވަކި ގޮތަކަށް ކަންކަން ނިންމުމަށް ހިންގާފައިވަނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
ކުއްލި މައްސަލައިގައިވާ ގޮތުން އިމްރާނަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުތައް ވައްޓާލުމުގެ ބައިވެރިވި ކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅަކަށްވާތީ އިމްރާންގެ އަމަލުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ވެސް ގެއްލިފައިވާ ކަމަށް އެ މައްސަލައިގައިވެ އެވެ.
މީގެއިތުރުން ޝަރުއީ ނިޒާމާއި ގާނޫނުއަސާސީގައި ބަޔާން ކުރާ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލު ކަން ގެއްލޭ ފަދަ ކަމެއް ކަމަށް ވެސް ސައީދު ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.
ރާއްޖެ އިން ބޭރުގައި މިވަގުތު ހުންނެވި ލުތުފީ، ސަންގު ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ފްރޭމްކޮށް، ހައްޔަރުކުރާނެ ކަމުގެ އިންޒާރު އިމްރާން ދެއްވި ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށް ވިދާޅުވެ، އިމްރާން އެ ބޭފުޅުންނަށް ވެސް ފޯނުން އިންޒާރު ދެއްވި ކަމަށް ލުތުފީ ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް މަހު ލުތުފީ ރަސްމީ ޗުއްޓީއެއް ނެންގެވުމަށް ފަހު، އޮފީހަށް ވަޑައިގެންފައި ނުވާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ލުތުފީ ޗުއްޓީ ނެންގެވި ގޮތަށް ދިރިއުޅުއްވަމުން ގެންދެވީ އާއިލާއާ އެކު މެލޭޝިއާގަ އެވެ.
ލުތުފީ "ގެއްލިފައި" ވަނިކޮށް ސޯޝަލް މީޑިއާގައި މިހާރު ލީކުވެގެން އުޅޭ އޯޑިއޯގައި އޭނާގެ ރައްޓެއްސަކާ ފޯނުން ދެކެވުނު ވާހަކަތަކެއްގައި ލުތުފީ ވަނީ އޭނާ އަށް އެކި ގޮތް ގޮތުން އިންޒާރު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އިމްރާންގެ އިންޒާރަކީ ނާތަހުޒީބު އަމަލެއް: އިދިކޮޅު
ލުތުފީ އަކީ އަޅުގަނޑަށް ކަމުދިޔަ ބޭފުޅެއް ނޫން:ޝިޔާމް
މެމްބަރުންގެ ރުޅި ލުތުފީއަށް، ދިފާއުކުރެއްވީ އިމްރާން!
ޖާބިރު: 20 މެމްބަރަކަށް މަރުގެ އިންޒާރު އެބަ ލިބޭ
"ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ހިންގަނީ ޖަރީމާ"
ޚިޔާނާތުގެ ލިސްޓްގައި ގިނަވާނީ އެމްޑީޕީ މީހުން: ޝިޔާމް
ނަޝީދުގެ ނުރުހުން އިމްރާނަށް!
ރާއްޖެ ވާންވީ ޖަޒީރާއަކަށް ނޫން، ނިއު ޔޯކަށް: ޖާބިރު
ފަސް މެމްބަރަކަށް ސެކިއުރިޓީ ދޭން ފަށައިފި
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!