01 އޯގަސްޓް 2019
ހޮސްޕިޓަލަކުން ކުޑަކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ބަދަލު ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމަކީ އެފަދަ ކަންކަމަށް ބޮޑު ބަދަލުތަކެއް އަންނާނެ ނިންމުމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ހޮސްޕިޓަލަކުން ކުޑަކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ބަދަލު ދޭން ސުޕްރީމް ކޯޓުން ކުރި ހުކުމަކީ އެފަދަ ކަންކަމަށް ބޮޑު ބަދަލުތަކެއް އަންނާނެ ނިންމުމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ހުން އައިސްގެން، މީގެ 12 އަހަރު ކުރިން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ތިން އަހަރުގެ ކުއްޖަކަށް އެ ހޮސްޕިޓަލުން ދިން ބޭހެއް ކަމަށްވާ ޖެންޓަމައިސިންގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ވަނީ ގެއްލުނެވެ. އެ މައްސަލާގައި އެ ކުއްޖާގެ ބައްޕަ ދައުލަތާ ދެކޮޅަށް ކުރި ދައުވާ ދަށު ކޯޓާއި ހައި ކޯޓުން ވެސް ނާކާމިޔާބުވެފައި ވަނިކޮށް، ސުޕްރީމް ކޯޓުގައި މިދިޔަ ހަފުތާގައި އެ މައްސަލަ ކާމިޔާބުވެ، ބަދަލުގެ ގޮތުގައި 7.1 މިލިއަން ދައުލަތުން ދައްކަން ޖެހޭނެ ކަމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެކަމާ ގުޅިގެން ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ފާހަގަކޮށްލެވޭ ބޮޑު އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި ގާނޫނީ ކަންކަމުގައި ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ އިހުމާލުން ކުރާ ކަންކަމަށް އެ މުވައްޒަފަކު ނިސްބަތްވާ އިދާރާއަކުން ވެސް ޒިންމާވާން ޖެހުމުގެ ގާނޫނީ އުސޫލު އެ މައްސަލައިގެ ތެރެއިން އަލަށް ކޯޓުން ބަލައިގެންފައިވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
އެފަދަ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ނަގައި ދިނުމާ ގުޅޭގޮތުން ވެސް އެ ހުކުމުގައި ކަންތައްތަކެއް ކަނޑައަޅާފައި ހުރި ކަން ސުއޫދުގެ ޓްވީޓްގައިވެ އެވެ. އެގޮތުން ނަގައިދޭ ބަދަލުގެ މިންވަރު އެކަށީގެންވާ މިންވަރަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ކަނޑައެޅުމުގެ އިތުރުން އެ ކުއްޖާއަށް ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލަށް ދެ މިލިއަން ރުފިޔާ އާއި މުސްތަގްބަލްގައި އެ ކުއްޖާއަށް ގެއްލިގެންދާނެ ފުރުސަތުތަކަށް ތިން މިލިއަން ރުފިޔާގެ ބަދަލެއް އެ މައްސަލާގައި ނަގައިދިން ކަން ސުއޫދު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން އާޓިފިޝަލް ވަސީލަތެއްގެ އެހީ އެ ކުއްޖާގެ އަޑު އިވުމުގެ ހިއްސުގައި މިހާރު ބޭނުން ކުރަން ޖެހޭތީ އެކަމަށް 35 އަހަރަށް ހިނގާނެ ޚަރަދުތައް ވެސް އެ މައްސަލާގައި ނަގައިދީފައިވާ ކަން ސުއޫދުގެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވެ އެވެ.
Supreme Court's landmark decision in the Gentamicin case on 25th July, will have huge impact on law and medicine in the Maldives. Firstly, for the first time the court has clearly recognized vicarious liability of the employers for the negligence of its employees; (1/3)
— Husnu Al Suood (@hsuood) August 1, 2019
ސުއޫދުގެ ޓްވީޓް
ސުއޫދަކީ އެ މައްސަލަ 2008 ވަނަ އަހަރު ދަށު ކޯޓުގައި ހިނގިއިރު އެ ކުއްޖާގެ ބައްޕަގެ ފަރާތުން ހިލޭ ވަކާލާތު ކުރެއްވި އެއް ވަކީލެވެ. ދަށު ކޯޓުން ފެށިގެން އެ މައްސަލަ ސުޕްރީމް ކޯޓުން ނިމުމާ ހަމައަށް ވެސް ހިލޭ ވަކާލާތުކޮށް ދެއްވީ ވަކީލް ޝާހިން ހަމީދެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވަނީ އެ ކުއްޖާއަށް ޖެންޓަމައިސިން ދިނުމުގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވާ ކަމަށެވެ. އެގޮތުން އެ ބޭސް ދިނުމުގެ ކުރިން އެ ކުއްޖާގެ ބަރުދަން ބަލާފައި ނެތުމާއި ހަދަންޖެހޭ ޓެސްޓްތައް ހެދުމެއް ނެތި އަދި ކޮންމެހެން އެ ބޭސް ދޭންޖެހޭ ކަން ޔަގީން ކުރުމެއް ނެތި އެ ބޭސް ދީފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެކަންކަމަކީ އެ ބޭސް ދިނުމުގައި ޑޮކްޓަރުން އަމަލު ކުރަން ޖެހޭ ޕްރޮފެޝަނަލް މިންގަނޑުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަން އެކްސްޕާޓް ޑޮކްޓަރުންގެ ބަހުން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ބޭހަކުން ކުއްޖަކު ބީރުވި މައްސަލާގެ ހުކުމް ފަސްކޮށްފި
ބޭހަކުން ކުއްޖަކު ބީރުވި މައްސަލަ ހުކުމާ ހަމައަށް
"ބޭހެއްގެ ސަބަބުން" ބީރުވި މައްސަލަ ސުޕްރީމް ކޯޓަށް
ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގައުމީ ދިރާސާއެއް ބޭނުންވޭ!
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ސުއޫދު ކޯފާވެ ޖޭއެސްސީ "ބިމާހަމަކޮށްލައިފި"!
ހޮސްޕިޓަލްގެ "އިހުމާލުން" މީހަކު މަރުވި މައްސަލައެއް!
ދިފާއުގައި "ބަރަބޮލޭ" ބުނެ ނިންމާނުލަން އެދެފި
މަދަނީ އިޖްރައާތުގެ ގާނޫނު ކިޔައިދޭން ސުއޫދުގެ ފޮތެއް
އަޖައިބެއް، ރާއްޖޭގައި އިހުމާލު މަރެއް ނެތް؟